މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލިދޫ ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި (ކާޑުގެ) 1 އަދި 3 ނަންބަރު ގުދަންތަޅާ ބިން ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

 (IUL)297-EP/297/2022/9ނަންބަރު

 

 

 

 

އިޢުލާން

މަަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ނ.ވެލިދޫ ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި (ކާޑުގެ) 1 ނަންބަރާއި 3 ނަންބަރު ގުދަންތަޅާ ބިންސާފުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

މިކަމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން (ރަސްމީ ވަގުތުގައި) 30 ޖަނަވަރީ 2022ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާގެ ފޯން 6560010 އަށް ގުޅުއްވާ ބިޑުގައި ރަޖިސްޓްރީކުރައްވާ މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ އަގު ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު 31 ޖަނަވަރީ 2022ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅިގެން އިތުރު ޕްރީބިޑް ބައްދަލުވުމެއް ނޯންނާނެއެވެ.

ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލް

  1. ކާޑުގެ ގޯތިތެރޭގައި ހުރި ތަކެއްޗާއި، 1 އަދި 3 ނަންބަރު ގުދަނުގައި ހުރި ތަކެތި ގެނެސް ރަންވެލި ގޯތިތެރެއާއި، ރަންވެލި ތެރޭގައި ކައުންސިލުން އަންގާ ގޮތަކަށް ބެހެއްޓުން.
  2. ދެގުދަނުގެ ފުރާޅުގެ އެންމެހައި ތަކެއްޗާއި، ތަންތަން ރޫޅުމުގައި ނަގާ އެންމެހައި ތަކެތިވެސް (ތެޅުމުގެ ތެރޭގައި ނެގޭ ގަލާއި ގާކުނޑި ފިޔަވައި) ރަންވެލިއަށް ގެނެސް ބެހެއްޓުން.
  3. އިމާރާތުގެ ހުޅަނގުފާރާއި، އުތުރުފަރާތް ތަޅާނީ ކާޑުގެ ގޯތި މަގުފާރުގެ އުސްމިނަށެވެ. އެހެން ފާރުތައް ބިމާހަމައަށް ތަޅައި ތެޅިތަކެތި ނަގައި ރަށުގެ ހުޅަނގުފަރާތު ގޮނޑުދޮށަށް އަޅަންވާނެއެވެ.
  4. މިންތައް: ދެކުނުފާރު '37 ފޫޓު، މެދުފާރު '35 ފޫޓު، އުތުރުފާރު '25 ފޫޓު، ހުޅަނގުފާރު '20 ފޫޓު، އިރުމަތިފާރު '31 ފޫޓު.

އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، މިފަދަ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވާނަމަ އެކަމުގެ ލިޔުމާއި ހުށަހަޅާފަރާތުގެ ބަދަލުގައި އެހެން ފަރާތެއް އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާނަމަ އެކަން އަންގައިދޭ ރަސްމީ ލިޔުން (ކޮންސެންޓް ލެޓަރ) ހުށަހަޅަންވާނެއެވެ.

 

 

މާކްސް ދެވޭނެގޮތުގެ ތަފްސީލް

ޕަސެންޓޭޖް

ޚިދުމަތުގެ އަގު

70%

މަސައްކަތުގެ ތަޖުރިބާ

15%

މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތު

15%

 

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.               

20 ޖަނަވަރީ 2022
ހޯދާ