ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްތައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 

އިޢުލާން

         

ހަނިމާދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

            ހަނިމާދޫ ކައުންސިލް އިދާރާގެ ގޯތިތެރެއާއި، ގޯތިތެރޭގައި ހުރި ޢިމާރާތްތަކާއި ރައްޔިތުންގެ ވެހިކަލް ގަރާޖާއި، އިދާރާގެ ގޯތީގެ ވަށައިގެންވާ އިންފާރުތައް ހިމެނޭގޮތަށް މީލާދީ 1 (އެކެއް) އަހަރުގެ މުއްދަތަށް ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

           ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން، 2022 ފެބުރުއަރީ 02 ވަނަ ދުވަހުގެ ހެނދުނު 11:30 އަށް  މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

           ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  2022  ފެބުރުއަރީ 10 ވަނަ ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގެ  ކޮންފަރެންސް ރޫމްގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ޖުމާދަލްއާޚިރު 1443

20  ޖަނަވަރީ  2022

20 ޖަނަވަރީ 2022
ހޯދާ