މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ދޭކުރެހުމާއި ދެވޭ މައުލޫމާތާއި އެއްގޮތަށް ކުރީގެ މިސްކިތުގައި ޕާޓިސަން ޖަހާ އޮފީސް އިމާރާތުގައި ހުރި ތަކެތި ބަދަލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ         

     އުނގޫފާރު ، ދިވެހިރާއްޖެ                                                         ނަންބަރު: IUL/303-AS/2022/02           

އިޢުލާން

މިކައުންސިލުން ދޭކުރެހުމާއި  ދެވޭ މައުލޫމާތާއި އެއްގޮތަށް ކުރީގެ މިސްކިތުގައި ޕާޓިސަން ޖަހާ އޮފީސް އިމާރާތުގައި ހުރި ތަކެތި ބަދަލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.  

                     

           މިކައުންސިލުން ދޭކުރެހުމާއި  ދެވޭ މައުލޫމާތާއި އެއްގޮތަށް ކުރީގެ މިސްކިތުގައި ޕާޓިސަން ޖަހާ އޮފީސް އިމާރާތުގައި ހުރި ތަކެތި ބަދަލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިމަސައްކަތް ކޮށްދިނުމަށް ސައުގުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 26 ޖަނަވަރީ 2022ވާ ބުދަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތް ކުރުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ފެބުވަރީ 2022 ވާ ބުދަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އޮފީސް އިމާރަތް  ބަދަލްކުރުމުގެ މަސައްކަތް ކުރުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.             

           އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.                 

  ތިރީގައި އެވަނީ އޮފީސް އިމާރާތް ތަކެތި ބަދަލްކުރުމުގެ މަސައްކަތަށް މާކުސްދިނުމަށް ހަމަޖެހިފައިވާގޮތެވެ.

  1. ކުރެހުމާއި ދެވޭމައުލޫމާތާއި އެއްގޮތަށް އޮފީސް ބަދަލްކުރުމުގެ މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގަށް (ހަތްދިހަ ފަސްމާކުސް)         
  2. ތަޖުރިބާ ފަންނީ ގާބިލްކަމަށް  (ފަސްމާކުސް)
  3. ހުށަހަޅާ މުއްދަތައް        (ދިހަމާކުސް)
  4. މާލީތަނަވަސް ކަމަށް       (ދިހަމާކުސް)

        ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

        17  ޖުމާދަލްއާޙިރު 1443

        20  ޖަނަވަރީ  2022  

 

20 ޖަނަވަރީ 2022
ހޯދާ