މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

          މިހިނގާ 2022 ވަނަ އަހަރު ނެޝަނަލް ސެންޓަރ ފޮ ދި އާޓްސްއާއި ގުޅިގެން ވިޝުއަލް އާޓްސް (ކުރެހުން، ވީޑިއޯ އުފެއްދުން، ފޮޓޯގުރަފީ) އަދި ޕާރޕޯމިންގ އާޓްސް (މިއުޒިކް، ނެށުން، ސްޓޭޖް ޑްރާމާ) ދާއިރާއިން ޓްރެއިނިންގ ޕްރޮގްރާމް ހިންގުމަށާއި މުބާރާތްތަކާއި މައުރަޒު ފަދަ ހަރަކާތްތައް ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކާއި ދާއިރާތައް ފާހަގަކޮށް ފޮނުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

          ވީމާ އިސްވެބުނެވުނު ޓްރެއިނިންގ ޕްރޮގްރާމް ހިންގުމަށާއި މުބާރާތްތަކާއި މައުރަޒު ފަދަ ހަރަކާތްތައް ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން  10 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން މިއިދާރާގައި ނަންނޯޓްކުރެއްވުން އެދެމެވެ.

20 ޖަނަވަރީ 2022
ހޯދާ