ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެފޭ، ރެސްޓޯރެންޓް އަދި ސައި ހޮޓާ ހިންގާ ފަރާތްތަކަށް އެފަދަ ތަންތަނުގެ ބޭރުގައި ގޮޑި، މޭޒް ބަހައްޓައިގެން ވިޔަފާރިކުރުމުގެ ހުއްދަ ދިނުމާއި ބެހޭ އުޞޫލް

ކެފޭ، ރެސްޓޯރެންޓް އަދި ސައި ހޮޓާ ހިންގާ ފަރާތްތަކަށް އެފަދަ ތަންތަނުގެ ބޭރުގައި ގޮޑި، މޭޒް ބަހައްޓައިގެން ވިޔަފާރިކުރުމުގެ ހުއްދަ ދިނުމާއި ބެހޭ އުޞޫލް

 

ތަޢާރަފާއި ނަން

1

ހ.

 

 

 

 

ށ.

މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ބ) އަދި އެޤާނޫނުގެ 24 ވަނަ މާއްދާގެ (ފ)ގެ ދަށުން ތަފާތު އެކިއެކި ބޭނުންތަކަށް ވިޔަފާރި އުޞޫލުން، ކޮޅުމަޑުލު ގުރައިދޫއިން ބިން ދޫކޮށްފައިވާ ކެފޭ، ރެސްޓޯރެންޓް އަދި ސައި ހޮޓާ ހިންމުމަށް ދޫކޮށްފައިވާ ހުއްދައިގެދަށުން އެފަދަ ތަންތަނުގެ ބޭރުގައި ގޮޑި، މޭޒް ބަހައްޓައިގެން ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރުމުގައި ކޮޅުމަޑުލު ގުރައިދޫ ކައުންސިލުން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުޞޫލެވެ.

މިޢުސޫލަށް ކިޔަނީ " ކެފޭ، ރެސްޓޯރެންޓް އަދި ސައި ހޮޓާ ހިންގާ ފަރާތްކަށް އެފަދަ ތަންތަނުގެ ބޭރުގައި ގޮޑި، މޭޒް ބަހައްޓައިގެން ވިޔަފާރިކުރުމުގެ ހުއްދަ ދިނުމާއި ބެހޭ އުޞޫލް" އެވެ.

ޢަމަލުކުރަން ފެށުން

2

 

މިޢުސޫލަށް ޢަމަލުކުރަންފަށާނީ ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރާ ދުވަހުން ފެށިގެންނެވެ.

 ހުއްދަ ދޫކުރުން

3

 

މި އުސޫލުގެ ދަށުން ކޮޅުމަޑުލު ގުރައިދޫއިން ކެފޭ، ރެސްޓޯރެންޓް އަދި ސައި ހޮޓާ ހިންގާ ފަރާތްކަށް އެފަދަ ތަންތަނުގެ ބޭރުގައި ގޮޑި، މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރެވޭނީ، އެފަދަ ތަންތަނުގެ ކުރިމަތީގައި ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތިން ލޭންޑް އެންޑް ސާރވޭ އޮތޯރިޓީން ކައުންސިލްގެ ބިމެއްކަމުގައި ކަނޑައަޅައި ހުއްދަލިބިފައިވާ ބިމެއް ކަމުގައި ވާނަމައެވެ

ހުއްދައަށް އެދުން

4

 

އުސޫލްގައި ކަނޑައަޅާފައިވާ ހުއްދަ ހޯދުމަށް އެދި ހުށަހަޅާނީ ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާއިން " ކެފޭ، ރެސްޓޯރެންޓް އަދި ސައި ހޮޓާ ހިންގާ ފަރާތްކަށް އެފަދަ ތަންތަނުގެ ބޭރުގައި ގޮޑި، މޭޒް ބަހައްޓައިގެން ވިޔަފާރިކުރުމުގެ ހުއްދަ ދިނުމާއި ބެހޭ އުޞޫލް" ގެޒެޓް ކޮށް އާންމު ކުރުމުން ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާއަށެވެ.

ދޫކުރެވޭނެ ބިމުގެ ބޮޑުމިން

6

ހ.

ހުއްދައަށް އެދި ހުށަހަޅާ ފަރާތް ހިންގަމުން ގެންދާ ކެފޭ، ރެސްޓޯރެންޓް ނުވަތަ ސައިހޮޓާ ކުރިމަތީގައި، މި އުސޫލްގެ 3ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ބިމެއް ވާނަމަ އެ ބިމުގެ ބޮޑުމިނަށް ބެލުމަށްފަހު  ހުއްދަ ދޭނެ ބިމުގެ ބޮޑުމިން ކަނޑައަޅާނި ކައުންސިލްގެ ބައްދަލުވުމަކުންނެވެ.

މުއްދަތު:

7

 

ހުއްދަ ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ 10 (ދިހައެއް) އަހަރު ދުވަހެވެ.   ނަމަވެސް ކައުންސިލުން ބިން ބޭނުންވެއްޖެ ހިދެއްގައި ހުއްދަ ދޫކުރެވިފައިވާ ފަރާތުން ހުއްދަ ބާތިލް ކުރެވޭނެއެވެ.

ކުލި ނެގުން

8

 

ހ.

 

ށ.

 

ނ.

 

މިއުޞޫލަށް ޢަމުލުކުރާ ތާރީޚުން ފެށިގެން ކުލި ނެގޭނީ ހުއްދަ ދޭ ބިމުގައި ބެހެއްޓުމަށް ވެރިފަރާތުން ހުއްދަ އަށް އެދޭ މޭޒުގެ އަދަދަށް ބެލުމަށްފަހު މޭޒަކަށް މަހަކު 50.00ރުފިޔާގެ ރޭޓުންނެވެ.

މި ފައިސާ ކޮންމެ މަހެއްގެ 10ވަނަ ދުވަހުގެ ކުރިން ކޮޅުމަޑުލު ގުރައިދޫ ކައުންސިލަށް ދައްކަންވާނެއެވެ.

 

ބެހެއްޓޭ މޭޒްތަކުގެ ބޮޑުމިން 3ފޫޓް 3ފޫޓަށް ވުރެ ބޮޑުވެގެން ނުވާނެއެވެ.

އެގްރިމެންޓް ކުރުން:

9

ހ.

 

ށ.

އެއްވެސް ފަރާތަކަށް މި އޫސޫލްގެ ދަށުން ހުއްދަ ދޫކުރެވޭނީ ހުއްދައަށް އެދޭ ފަރާތާއި ކޮޅުމަޑުލު ގުރައިދޫ ކައުންސިލާއި  ދެމެދުގައި ވެވޭ އެގްރިމެންޓެއްގެ ދަށުންނެވެ.

މިގޮތުންވެވޭ އެގްރިމެންޓްގައި ބިމުގެ ބޮޑުމިނާއި މޭޒް ބެހެއްޓޭނެ އަދަދާއި ކުއްޔާއި ކުއްޔަށް ގެނެވޭ ބަދަލާއި، އަދި ކުއްޔަށްދެވޭ މުއްދަތާއި ބިން އަތުލެވޭނެ ޙާލަތާއި ބިމާއި މެދު ޢަމަލުކުރެވޭނެ އުޞޫލުތައް ބަޔާން ކުރެވިފައި ހުންނަން ވާނެއެވެ.

އެގްރިމަންޓް ބާތިލްކުރުން.

 

10

ހ.

 

 

ށ.

 

ހުއްދަ ލިބޭ ފަރާތުން އެގްރިމެންޓާއި ހިލާފު ވެއްޖެނަމަ 10 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެކަން 10 ދުވަހުގެ މުއްދަތުގެތެރޭގައި ރަނގަޅު ނުކޮށްފިނަމަ އެގްރިމެންޓް ބާތިލްކުރުމުގެ އިޚުތިޔާރު ކޮޅުމަޑުލު ގުރައިދޫ ކައުންސިލަށް ލިބިގެންވެއެވެ.

އެގްރިމެންޓް ކުރެވިފައިވާ ހުއްދައިގެ އެގްރިމެންޓް ބާތިލް ކޮށްފިނަމަ 01 (އެކެއް) މަސްދުވަހުތެރޭގައި ބިން ދޫކޮށްފައިވާ ފަރާތުން އެފަރާތުގެ ތަކެތި ދޫކޮށްފައިވާ ބިމުން ނަގައި އެބިންސާފުކުރުމަށްފަހު ކޮޅުމަޑުލު ގުރައިދޫ ކައުންސިލާއި ޙަވާލުކުރަންވާނެއެވެ.

ޖޫރިމަނާ ކުރުން:

11

ހ.

 

 

ށ.

 

އެގްރިމެންޓްގެ މުއްދަތު ހަމަވެގެން ނުވަތަ އެގްރިމެންޓް ބާތިލްވެގެން ސާފު ކުރަންޖެހޭ ބިމެއް ސާފު ނުކުރާނަމަ -/ 1000(އެއްހާސް) ރުފިޔާއާއި -/10000 (ދިހަހާސް) ރުފިޔާއާއި ދެމެދުގެ ޢަދަދަކުން އެގްރިމެންޓް ކުރެވިފައިވާ ފަރާތް ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު ރަށުކައުންސިލަށް ލިބިގެންވެއެވެ.

 އެގްރިމެންޓްގެ ދަށުން ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުވަތަ ޖޫރިމަނާއެއް ކަނޑައެޅޭ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަ އެފައިސާއެއް ހޯދުމަށްޓަކައި މައްސަލަ ކޯޓަށް ހުށައެޅޭނެއެވެ.

ޢިމާރާތް ކުރުން:

12

ހ.

ށ.

ދޫކުރެވޭ ހުއްދައިގެ ދަށުން ބިން ދޫކުރެވޭ ސަރަހައްދުގައި އެއްވެސް އިމާރާތެއް ނުކުރެވޭނެއެވެ.

މޭޒު ބެހެއްޓުމަށް ދެވޭ ހުއްދައިގެ ދަށުން ހުއްދަ ދޫކުރެވޭ ކޮންމެ މޭޒަކަށް ކުޑައެއް ޖެހިދާނެއެވެ.

ސާފުކޮށް ބެލެހެއްޓުން:

14

 

މޭޒު ބެހެއްޓުމަށް ހުއްދަ ލިބޭ ބިމުގައި ކުރާ މަސައްކަތެއްގެ ސަބަބުން ހަޑިވާ ހަޑިވުން ސާފު ކުރުމުގެ އިތުރުން  އެބިމެއްގެ އިމުން ފެށިގެން ވަށައިގެން 05 (ފަސް)ފޫޓް ސާފުކޮށް ބަލަހައްޓަންވާނެއެވެ. އަދި މަގަކާއި އިންވެގެން އޮވެއްޖެނަމަ އެމަގެއްގެ 1/2 ސާފުކުރަންވާނެއެވެ.

މާނަ ކުރުން:

15

ހ.

ށ.

ނ.

ރ.

 

ބ.

މި އުޞޫލަށް ކިޔާނީ" ކެފޭ، ރެސްޓޯރެންޓް އަދި ސައި ހޮޓާ ހިންގާ ފަރާތްތަކަށް އެފަދަ ތަންތަނުގެ ބޭރުގައި ގޮޑި، މޭޒް ބަހައްޓައިގެން ވިޔަފާރިކުރުމުގެ ހުއްދަ ދިނުމާއި ބެހޭ އުޞޫލް " އެވެ.

ރަށުކައުންސިލް ކަމަށް ބުނެފައި އެވަނީ ކޮޅުމަޑުލު ގުރައިދޫ  ކައުންސިލަށެވެ.

 އެގްރިމެންޓް ކަމަށް ބެލެވޭނީ ކޮޅުމަޑުލު ގުރައިދޫ  ކައުންސިލާއި ހުއްދަ ލިބޭ ފަރާތާއި ދެމެދު މި އުޞޫލަށް ރިޢާޔަތްކޮށް ވެވިފައިވާ އެއްބަސްވުމަށެވެ.

ލޭންޑްޔޫސް ޕްލޭންކަމަށް ބުނެފައިވަނީ މުސްތަޤުބަލުގައި ރަށުގެ މަގުތަކާއި ގޯޅިތަކާއި މީހުންއުޅޭ ސަރަހައްދާއި ވިޔަފާރި އަދި އެހެނިހެން ސަރަޙައްދުތައް ފާހަގަކޮށް ވަކި ހަމަތަކެއްގެ މަތިން ތަރުތީބުކުރެވިފައިވާ ތަރުތީބު ކުރެވުމަކަށެވެ.

19 ޖަނަވަރީ 2022
ހޯދާ