މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިމިނިސްޓްރީގެ ޚިދުމަތްތަކާއި ގުޅިގެން ޤާއިމްކޮށްފައިވާ ސަރވިސް ސެންޓަރާ ގުޅޭ

                                                   އިޢުލާން

 

މި މިނިސްޓްރީގެ ޚިދުމަތްތަކާއި ގުޅިގެން ޤާއިމްކޮށްފައިވާ "1500 ހެލްޕް" ސަރވިސް ސެންޓަރާ ގުޅޭ 

 

             މި މިނިސްޓްރީއިން ދެމުން ގެންދާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޚިދުމަތާއި، ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެނެވޭ ބިދޭސީންނަށް ހުއްދަ ދިނުމުގެ ޚިދުމަތާއި، ޖޮބްސެންޓަރުގެ ޚިދުމަތްތައް އޮންލައިން ކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ދާއިރު، މި ޚިދުމަތްތަކަށް އޮންލައިންކޮށް އެދޭފަރާތްތަކަށް ދިމާވާ ދަތިތައް ހައްލު ކޮށްދިނުމަށް އެހީތެރިވެދިނުމަށާ، މި ދެންނެވުނު ޚިދުމަތްތަކާ ބެހޭ މަޢުލޫމާތާއި އެހީތެރިކަން ޢާއްމުންނަށާއި ވިޔަފާރިތަކަށް ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަށްޓަކައި، މާލޭ ގެ ބޮޑުތަކުރުފާނު މަގުގައި ޤާއިމްކުރެވިފައިވާ އެމް. ޓީ. ސީ. ސީ ގެ ހުޅުމާލެ ފެރީ ގިމަތަ އިމާރާތުގައި "1500 ހެލްޕް" ގެ ނަމުގައި  ސަރވިސް ސެންޓަރެއް ވަނީ ޤާއިމްކުރެވިފައެވެ. 

 

              މިސަރވިސް ސެންޓަރ ހުޅުވިފައި ހުންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.00 އިން ހަވީރު 5:00 އަށެވެ. 

 

    މިސަރވިސް ސެންޓަރުން ފޯރުކޮށްދޭނެ ޚިދުމަތްތަކަކީ:-

  • މި މިނިސްޓްރީގެ ޚިދުމަތްތަކާ ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުން.
  • މި މިނިސްޓްރީގެ ޚިދުމަތްތަކަށް އެދި އޮންލައިން ކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަނެއް ޕްރޮސެސްވުމުގައި ދައްޗެއް ދިމާވެއްޖެ ހާލަތުގައި، ޗެކްކޮށްދިނުމާއި ހައްލު ނުކުރެވި ހުރި މައްސަލަތަކަށް ހައްލު ހޯދައި ދިނުމުގައި އެހީތެރިވުން.
  • މިނިސްޓްރީގެ ޚިދުމަތަކަށް އެދި އޮންލައިންކޮށް ހުށަހެޅުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމާއި އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންވާ އެހީތެރިކަން ފޯރު ކޮށްދިނުން. 

            ވީމާ މަތީގައި ދެންނެވިފައިވާ ޚިދުމަތްތައް ހޯއްދަވަންބޭނުންފުޅުވާ ފަރާތްތަކުން "1500 ހެލްޕް" ސަރވިސް ސެންޓަރަށް ޒިޔާރަތް ކުރެއްވުމަށް ދަންނަވަމެވެ.

 

 

17 ޖަނަވަރީ 2022
ހޯދާ