ވޮލެންޓިއަރކޮށް މަސައްކަތްކޮށްދޭނެ ފަރާތްތައް ހޯދުން (އިންޓަރން 6 މަސް ދުވަހަށް)
|
ނަންބަރު: IUL)88-ADHR/88/2022/8
|
ތާރީޚް: 18 ޖަނަވަރީ 2022
|
އޮފީސް ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ، ކ. މާލެ
|
ބޭނުންވާ އަދަދު:
|
5 (ފަހެއް)
|
އެލަވަންސް:
|
މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/175 ރ (ސަތޭކަ ހަތްދިހަ ފަސް ރުފިޔާ)
|
މަޤާމުގެ ޝަރުތު:
|
ދަށްވެގެން ގްރޭޑް 10 ނިންމާފައިވުން.
|
މައިގަނޑު މަސްއޫލިއްޔަތު:
|
ޓީ.އޯ.އާރ ގައި ހިމެނިފައި
|
މީހުން ހޮވުމުގައި ބަލާނެކަންތައްތައް:
|
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު
- ދިވެހި އަދި އިގިރޭސިބަހުން މުޢާމަލާތްކުރުމުގެ ހުނަރު
- ޓީ.އޯ.އާރ ގައި ހިމެނިފައިވާ ކަންކަން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު
- އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- އިންޓަރންޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްގެ ކޮޕީ
|
ސުންގަޑި:
|
25 ޖަނަވަރީ 2022 (އަންގާރަ) ދުވަހުގެ 12:00 ގެ ނިޔަލަށް
|
އިތުރު މަޢުލޫމާތު
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3022226 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުތު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ ފަރާތްތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް އީ-މެއިލްގެ ޒަރީއާއިން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާ މުއްދަތުން ފެށިގެން 2 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު މި މިނިސްޓްރީގައި އޮންނާނެއެވެ.
އިންޓަރންޝިޕަށް އެދޭ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް https://www.tourism.gov.mv/en/downloads/application_forms
އިން ލިބިވަޑައިގަންނަވާނެއެވެ.
|
އިންޓަރން ޝިޕަށް އެދެންވީގޮތް:
|
ޝައުޤުވެރިވާ ފަރާތްތަކުން މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ [email protected] އަށެވެ.
|