މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖޫނިއަރ ކިއު.އޭ އިންސްޕެކްޓަރ

ނަމްބަރ : 01/AFC/HR/2022

 

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 ޖޫނިއަރ ކިއު.އޭ އިންސްޕެކްޓަރ

ބޭނުންވާ ޢަދަދު

 1 (އެކެއް)

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (01 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ކޮލިޓީ އެޝުއަރެންސް ޑިޕާޓްމެންޓު/ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް / ސ.ހުޅުމީދޫ

މުސާރަ:

8401.00 ރުފިޔާ (އަށްހާސް ހަތަރުސަތޭކަ އެކެއް )

އިތުރު ޢިނާޔަތްތައް:

އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. 

ކޮއްތުފައިސާގެ ގޮތުގައި ދުވާލަކަށް 60/- ރުފިޔާ ދެވޭނެއެވެ.         

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައި ވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. އަދި މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ މީހެއް ކަމުގައި ވުން.
  •  ކޮމްޕިއުޓަރުން އަހުލުވެރިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ކަލެކްޓަރ އުޅަނދުތަކުންނަގާ ރޯމެޓީރިލްސްގެ ސެންސަރީ އިވެލުއޭޝަން ހެދުން، އުޅަނދުތަކުގެ ރެކޯޑުތަށް ވެރިފައިކުރުން، މަހުގެ ބެކޮބޯން ޓެމްޕަރޭޗަރ މޮނީޓަރ ކުރުން، ސާމްޕްލިންގ ޕްލޭންއާ އެއްގޮތްވާ ގޮތުގެމަތިން ހިސްޓަމީން ސާމްޕަލްތައް ނެގުން، އަދި ރިޕޯރޓްތައް ބެލެހެއްޓުން.
  2. ދޯނިން ނަގާ މަހުގެ ސެންސަރީ އިވެލުއޭޝަން ހެދުން، ސާމްޕްލިންގ ޕްލޭންއާ އެއްގޮތްވާ ގޮތުގެމަތިން ހިސްޓަމީން ބެލުމަށްޓަކައި ސާމްޕަލް ނެގުން، އަދި ރިޕޯރޓްތައް ބެލެހެއްޓުން.
  3. މައިއުޅަނދުތަކުން ގަނޑުކޮފައިވާ މަސްނަގާއިރު، ގަނޑުކޮށްފައިވާ މަހުގެ ބިބީޓީއާއި ގަނޑުކޮށްފައިވާ މަހުގެ ޠަބީޢަތް ( ހުރިގޮތް ) މޮނީޓަރ ކުރުން، އަދި ހިސްޓަމީން އެނަލަސިސްއަށް ސާމްޕަލްނެގުމާއި، ރިޕޯރޓްތައް ބެލެހެއްޓުން.
  4. ލޮނުފެނަށް ކްލޮރިން އެޅުމާއި، ކްލޮރިން ހުރި މިންވަރު ޓެސްޓްކޮށް ބެލުން، އަދި ޕްރޮސެސިން އޭރިޔާއާއި އައިސްޕްލާންޓްގެ ސާފުފެނާއި، ލޮނުފެނަށް ކްލޮރިން އަޅާފައިވާ މިންވަރު ބެލުން ( ހޭންޑް ޑިޕް އަދި ފުޓް ޑިޕް ) އަދި ކޮލޮރިން ޗެކްކުރުމަށް ހަދަންޖެހޭ ޓެސްޓްތައް ކޮންމެދުވަހަކު ހެދުން.
  5. ކޮންމެ ހަތަރުގަޑިއިރަކުން، ކޯލްޑްސްޓޯރާއި ބްރައިންފްރީޒަރުގެ ފިނިހޫނުމިން މޮނީޓަރކޮށް، ރިޕޯރޓްތައް ބެލެހެއްޓުން.
  6. މަސްޓޭންކުތަކުގައި ލޮނުގެ ކޮންސެންޓްރޭޝަން ޗެކްކޮށް، އެއާއިގުޅުންހުރި ރިޕޯރޓްތައް ބަލަހައްޓާ، އެފް.ޕީ.އެލް.ޑީ ޑިޕާރޓްމެންޓަށް އެންގުން.
  7. އެއްކުރެވިފައިވާ ސާމްޕަލްތަކުގެ ހިސްޓަމީން އެނަލަސިސްހަދާ، ރިކޯރޑްތައް ބެލެހެއްޓުން.
  8. ކެމިކަލްސްތަކާއި، ރީއެޖެންޓްސް ތައްޔާރުކޮށް، ސްޓޭންޑަޑައިޒްކުރުން.
  9. ފިނިހޫނުމިން ބެލުމަށް ބޭނުންކުރާ ތަރމޯމީޓަރުތަކާއި، ކިރަން ގެންގުޅޭ އާލާތްތަކާއި ބިއްލޫރިސާމާނު، އެއެއްޗިހި ހުންނަންޖެހޭ މިންގަނޑުގައި ހުރިތޯބަލައި އެމިންގަނޑުގައި ބެލެހެއްޓުން.
  10. ރިޕޯރޓްތައް ބެލެހެއްޓުން.
  11. ޝެޑިއުލްއާއި އެއްގޮތްވާ ގޮތުގެމަތިން، ފެނާއި އައިސްގެ މައިކްރޮބައޮލޮޖިކަލް އެނަލިސިސް ހެދުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއު ކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އިންޓަވިއު އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީހުގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ (އެކްރެޑިޓް ކުރެވިފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ) ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީސް ރިސެޕްޝަން އަށް ނުވަތަ
  • އީމެއިލް ކުރައްވާނީ  [email protected]
  •             [email protected]
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 26 ޖަނަވަރީ 2022 ވަނަ ދުވަހުގެ މެންދުރު 14:30 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ސިޓީތައް ބާތިލްކުރެވޭނެއެވެ.

ނޯޓް:މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ސ. ހުޅުމީދޫގައެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 778-7186 ފޯނަށް ގުޅުއްވުން އެދެމެވެ.

18 ޖަނަވަރީ 2022
ހޯދާ