ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް
ދިވެހިރާއްޖެ
ދަރުމަވެރިންގެ ގޮތުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާނެ ކޯޗުން ހޯދަން

މި އިޢުލާންވަނީ 18 ޖަނަވަރީ 2022 10:06 ގައި ބާތިލް ކުރެވިފައެވެ.


ސްޕެޝަލް އޮލިމްޕިކްސް (އެސް-އޯ މޯލްޑިވްސް) އިން ކުރިއަށް ގެންދަން ބޭނުންވާ ކުޅިވަރުތަކުގައި ދަރުމަވެރިންގެ ގޮތުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާނެ ކޯޗުން ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 1 ފެބްރުވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެސް-އޯ މޯލްޑިވްސްގެ އީ-މެއިލް [email protected]  އަށް މިކަމަށް އެދި ސިޓީއަކުން ހުށަހެޅުން އެދެމެވެ.

ކުޅިވަރުތައް:

  • ފުޓްބޯޅަ
  • ސްވިމިންގ
  • ބެޑްމިންޓަން
  • އެތުލެޓިކްސް
  • ބާސްކެޓް

ސިޓީއާއި އެކު ހުށަހަޅަންޖެހޭ އިތުރު ލިޔުންތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ސިވީ.
  • ކޯޗިންގެ ދާއިރާއިން ލިބިފައިވާ ސެޓްފިކެޓުތައް.
  • މިހާރު އެއްވެސް ތާކު ކޯޗުކަން އަދާ ކުރާނަމަ އެތަނެއްގައި ކޯޗުކަން އަދާކުރާކަމުގެ ލިޔުން.
  • މިނޫންވެސް މިކަމާ ގުޅުންހުރި ލިޔުންތައް

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އެސޯސިއޭޝަންގެ ނަންބަރު 7939944 އަށް ގުޅުއްވުން އެދެމެވެ.

 

18 ޖަނަވަރީ 2022
ހޯދާ