ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ޝަރުޢީ އަގުކޮމިޓީގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ

މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޝަރުޢީގޮތުން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުމަށާއި، އިންސްޕެކްޓްކުރުމަށާއި، އެސެސްމަންޓްތައް ހެދުމަށް ބޭނުންވާތީ އެފަދަ ތަންތަނާއި ތަކެތި އަގުކޮށްދޭނެ ފަރާތްތައް އައްޔަނުކޮށް އަގު ކޮމިޓީގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ.

އަގުކުރާ ތަންތަނާއި ތަކެތީގެ ތެރޭގައި ހިމެނޭ މަސައްކަތްތަކުގައި ތަފާތު އެކި ފަންނުތައް ހިމެނޭތީ، އަގު ކޮމިޓީގެ ދަފްތަރުގައި ބައިވެރިވުމަށް ޝައުޤުވެރިވާ މީހުން އެމީހަކު ފަންނުވެރިވެފައިވާ ކަމެއް ނުވަތަ ދާއިރާއެއް ބަޔާންކޮށް، އެދާއިރާއަކުން ލިބިފައިވާ ތަމްރީނާއި ތަޖުރިބާ އަންގައިދޭ ލިޔުންތަކާއި، ސެޓްފިކެޓުތަކުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

އަގުކޮމިޓީގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މަސައްކަތް ޙަވާލުކުރެވޭނީ އޭގެ ތެރެއިން އެވަގުތަކު ކުރަން ބޭނުންވާ ކަމަކާއި ގުޅޭގޮތުން އެންމެ ބޮޑަށް މަޢުލޫމާތާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ.

 

  • އަގުކޮމިޓީގެ މުއްދަތު: ދަފްތަރުގައި މެންބަރުން ހިމެނުމަށް ހަމަޖެހިފައިވަނީ 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
  • މަސައްކަތުގެ އުޖޫރަ: މަސައްކަތުގައި އުޅޭ ކޮންމެ ދުވަހަކަށް -/300 (ތިންސަތޭކަ) ރުފިޔާ.
  • · ހުށަހަޅަންޖެހޭ ތަކެތި:

- މިކަމަށް އެދި ހުށަހަޅާ ސިޓީ.

- އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި މި ދާއިރާއިން ތަމްރީނެއް ނުވަތަ ތަޖުރިބާއެއް ލިބިފައިވާނަމަ އެކަން އެނގޭނެފަދަ ލިޔުމެއް.

ޝަރުޠު:

- ގޯތިގެދޮރާއި އެހެންވެސް އެފަދަ ތަންތަނާއި ތަކެތި އަގު ކުރުމުގެ ފަންނީ މަޢުލޫމާތު ލިބިފައިވުމާއި އަދި އެކަމަށް އެކަށީގެންވާ މިންވަރަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިވުން.

- އަތޮޅުގެ އެހެން ރަށަކަށް އަގުކުރުމަށް ދާންޖެހިއްޖެ ޙާލަތެއްގައި ދަތުރުކުރެވޭފަދަ މީހަކަށްވުން.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިދަފްތަރަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ފޯމު ފުރިހަމަކުރުމަށްފަހު އިސްވެ ދެންނެވުނު ލިޔުންތަކާއި އެކު މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

17 ޖަނަވަރީ 2022
ހޯދާ