މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޤުރްއާން ޕެނަލް ގެ ހިންގާ ޤަވާޢިދު

ތަޢާރަފާއި ނަން

1.

(ހ)

މިއީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޤުރުއާން ޕެނަލް ގެ ހިންގުމާއި، އެ ޕެނަލް ގެ ޖަލްސާތައް ބޭއްވުމާއި، އެ ޕެނަލް ގެ  ނިންމުންތަކާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށްޓަކައި ޤާނޫނު ނަންބަރު 2021/7 (މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ދަށުން ބާރު ލިބިގެން އެކުލަވާލެވިފައިވާ، ޤަވާޢިދެވެ. 

(ނ)

މި ޤަވާޢިދަށް ކިޔާނީ "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޤުރުއާން ޕެނަލް ގެ ހިންގާ ގަވާއިދު" އެވެ.

ޤަވާޢިދު ގެ މަޤްޞަދު

 

މި ޤަވާޢިދުގެ މަޤްޞަދަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޤުރުއާން ޕެނަލް ގ ހިންގުމާއި، އެ ކޮމިޓީގެ ޖަލްސާތައް ބޭއްވުމާއި، އެ ކޮމިޓީގެ ނިންމުންތަކާގުޅޭ އެންމެހާ އުޞޫލުތައް ކަނޑައެޅުމެވެ.

މާނަކުރުން

3.

މި ޤަވާޢިދުގައި ޢިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެ ވަނީ، އެ ޢިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިމިވާ މާނަކުރުމެވެ.

(ހ)

"އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ" އަށެވެ.

(ށ)

"މަތީ ތަޢުލީމު ދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކަށެވެ.

(ނ)

"ޕެނަލް" ކަމަށް ބުނެފައި އެވަނީ އޮތޯރިޓީގެ ޤުރްއާން ޕެނަލް އަށެވެ.

ޕެނަލްގެ މެމްބަރުން

4.

(ހ)

 މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޤުރްއާން ޕެނަލް އެކުލެވިގެންވަނީ އޮތޯރިޓީން އައްޔަން ކުރާ އަންނަނަވި 7 (ހަތް) މެމްބަރުންގެ މައްޗަށެވެ.

(1)

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ސީއީއޯ ކަނޑއަޅާ އޮތޯރިޓީގެ މުވައްޒަފެއް؛

(2)

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އިން ކަނއަޅާ  އެ މިނިސްޓްރީ ގެ މުވައްޒަފެއް؛

(3)

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން ކަނޑައަޅާ އެ މަރުކަޒުގެ 2 (ދޭއް) މުވައްޒަފުން.

(4)

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ކަނޑައަޅާ އެ ޔުނިވަރސިޓީ ގެ 2 މުވައްޒަފެއް.

(5)

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ސީއީއޯ ކަނޑައަޅާ ޤުރުއާނުގެ އިލްމުގެ ދާއިރާގެ  މެންބަރެއް.

ޗެއަރޕާސަން

5.

(ހ)

ޤުރްއާން ޕެނަލް ގެ ޗެއަރޕާސަން އަކީ "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޤުރްއާން ޕެނަލް" ޖުމްލަ މެމްބަރުން ގެ  އަޣްލަބިއްޔަތުން ފާސްކޮށް ހަމަޖައްސާ ޤުރްއާން ޕެނަލް ގެ މެމްބަރެކެވެ.

(ށ)

ޗެއަރޕާސަން ޢައްޔަންކުރާނީ ކޮމިޓީގެ ފުރަތަމަ ބޭއްވޭ ބައްދަލުވުމުގައެވެ.

(ނ)

ޗެއަރޕާސަން ރިޕޯޓް ކުރާނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ސީ.އީ.އޯ އަށެވެ.

(ރ)

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޤުރްއާން ޕެނަލް ގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ޕެނަލް ގެ ޗެއަރޕާސަން އެވެ.

(ބ)

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޤުރްއާން ޕެނަލް ގެ ރިޔާސަތު ބަލަހައްޓާ ފަރާތުގެ ޒިންމާތަކަކީ، އެ ޕެނަލް ގެ މަސައްކަތްތައް ރާވައި ހިންގުމާއި އެ ޕެނަލް ގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމެވެ.

(ޅ)

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޕެނަލް ގެ ރިޔާސަތު ބަލަހައްޓާ ފަރާތުގެ ހައިސިއްޔަތުން ޗެއަރޕާސަން ކުރަންޖެހޭ ކަމެއް ކުރުމަށް އޭނާ އުޒުރުވެރިވެއްޖެ ޙާލަތެއްގައި، އެކަން ކުރުމަށް ބޯޑުގެ މެންބަރުންގެ ތެރެއިން މީހަކާ ޗެއަރޕާސަން ޙަވާލުކުރަންވާނެއެވެ.

ޕެނަލްގެ މަސްއޫލިއްޔަތުތައް

6.

(ހ)

ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ކުރިއަށްގެންދާ ކީރިތި ޤުރުއާނާއި ކީރިތި ޤުރުއާނުގެ ޢިލްމާ ގުޅުންހުރި ދާއިރާތަކުގެ ތަޢުލީމީ ޕްރޮގްރާމްތަކުގެ މިނިމަމް ސްޓޭންޑަރޑްތައް ކަނޑައެޅުން.

 

އެމް.ކިޔު.އޭ އިން އެޕްރޫވްކުރާ ކީރިތި ޤުރުއާނާއި ކީރިތި ޤުރުއާނުގެ ޢިލްމާ ގުޅުންހުރި ތަޢުލީމީ ޕްރޮގްރާމްތަކުގެ ސްޓޭންޑަރޑް ކަނޑައެޅުން.

ކޮމިޓީގެ މުއްދަތު

7.

(ހ)

ކޮމިޓީގެ މުއްދަތަކީ ކޮމިޓީގެ މަސްއޫލިއްޔަތުގެ ގޮތުގައި މި ޤަވާޢިދުގެ މާއްދާ 6 ގެ ދަށުން ކަޑައަޅާފައިވާ މަސްއޫލިއްޔަތު އަދާކޮށް ނިމުމާ ހަމައަށެވެ.

ޕެނަލްގެ ބައްދަލުވުންތައް

8.

(ހ)

ޤުރްއާން ޕެނަލް ގެ ބައްދަލުވުންތަކަށް ދަންނަވާނީ ޗެއަރޕާސަންގެ އިރުޝާދާ އެއްގޮތަށް ސެކެއްޓޭރިއެޓުންނެވެ.

(ށ)

ޤުރްއާން ޕެނަލް ގެ ބައްދަލުވުމެއް، އާންމުގޮތެއްގައި ދެ ހަފުތާއިން އެއް ފަހަރު، އަދި މަދުވެގެން މަހަކު އެއް ފަހަރު ބާއްވަންވާނެ އެވެ.

(ނ)

ޤުރްއާން ޕެނަލް ގެ އެއްވެސް ބައްދަލުވުމެއް ބޭއްވޭނީ ޕެނަލްގެ ޖުމްލަ 7 މެމްބަރުންގެ ތެރެއިން މަދުވެގެން 5 މެންބަރުން ހާޒިރުވެގެންނެވެ.

(ރ)

ޤުރްއާން ޕެނަލް ގެ ރިޔާސަތު ބަލަހައްޓާނީ ޗެއަރޕާސަން ނުވަތަ ޕެނަލްގެ މެންބަރުންގެ ތެރެއިން އޭނާ ކަނޑައަޅާ މީހެކެވެ.

(ބ)

ޤުރްއާން ޕެނަލް ގެ ބައްދަލުވުންތަކުގައި ކުރެވޭ މަޝްވަރާއަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދުމުގެ ބޭނުމުގައި އިތުރު ފަރާތްތަކަށް ބައްދަލުވުންތަކަށް ޗެއަރޕާސަން އަށް ދަޢުވަތު ދެވިދާނެ އެވެ.

(ޅ)

ޕެނަލް ގެ މެންބަރަކު ބައްދަލުވުމެއް އެޖެންޑާ ކުރުމަށް އެދޭނަމަ އެކަމެއް ބައްދަލުވުމުގެ ހަތަރު ދުވަސް ކުރިން ރިޔާސަތައް އެޑްރެސްކޮށް އޮތޯރިޓީއަށް ލިޔުމަކުން (ސިޓީއަކުން، ނޯޓަކުން ނުވަތަ އީމެއިލަކުން) ހުށަހަޅަންވާނެއެވެ.

(ކ)

އާދަޔާ ޚިލާފު ޙާލަތެއް މެދުވެރިވެގެން މެނުވީ، ބައްދަލުވުމުގެ ކުރިއަށް ތިން ދުވަހުގެ ނޯޓިހެއް ދޭންވާނެއެވެ. ކުއްލި ހާލަތެއް އަދި ބައްދަލުވުމަކަށް ދަންނަވާލުމުގެ އިޚްތިޔާރު ޗެއަރޕާސަން އަށް ލިބިގެންވެއެވެ. ނަމަވެސް ކޮންމެ ޙާލަތެއްގައި ވެސް ޖަލްސާ އަށް ދަންނަވާ ދެންނެވުން ލިޔެކިޔުންތަކުން ބަލަހައްޓަންވާނެ އެވެ.

(އ)

ބައްދަލުވުމަކަށް ދަންނަވާއިރު، އެޖެންޑާއާއި އެޖެންޑާގައި ހިމެނޭ ކަންކަމާ ބެހޭ ލިޔުންތައް، އިލެކްޓްރޯނިކްކޮށް ނަމަވެސް، ބޯޑުގެ މެންބަރުންނަށް ފޮނުވަންވާނެ އެވެ.

ޕެނަލްގެ ސެކްރެޓޭރިއެޓް

9.

ޤުރްއާން ޕެނަލް ގެ ބައްދަލުވުންތަކުގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ސީ.އީ.އޯ ހަމަޖައްސަވާ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މުވައްޒަފެއް ނުވަތަ ނުވަތަ މުވައްޒަފުންތަކެކެވެ.

ޔައުމިއްޔާއާއި ރެކޯޑް ބެލެހެއްޓުން

10.

(ހ)

ޤުރްއާން ޕެނަލް ގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ސެކެރެޓޭރިއެޓުން ލިޔެ ބަލަހައްޓަންވާނެއެވެ. އަދި ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ ޖެހިގެން އޮންނަ ބައްދަލުވުމެއްގެ 24 ގަޑިއިރު ކުރިން މެންބަރުންގެ ކޮމެންޓަށް ފޮނުވަންވާނެ އެވެ. މެންބަރަކު އިޞްލާޙެއް ހުށަހަޅައިފި ނަމަ، އެ އިޞްލާޙެއް ޤުރްއާން ޕެނަލް ގެ މެންބަރުންނަށް ޔައުމިއްޔާ ފާސްކުރުމުގެ ކުރިން އަންގަވަންވާނެ އެވެ.

(ށ)

ޤުރްއާން ޕެނަލް ގެ ކޮންމެ ބައްދަލުވުމެއްގައި އޭގެ ކުރީ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރަންވާނެ އެވެ.

ޕެނަލްގެ ނިންމުންތައް

11.

(ހ)

ޤުރްއާން ޕެނަލް އަށް ހުށަހެޅޭ ހުށަހެޅުންތައް ނިންމާނީ ބައްދަލުވުމަށް ޙާޒިރުވެ، ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

(ށ)

ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޤުރްއާން ޕެނަލް ގައި ކުރެވުނު މަޝްވަރާގެ ޚުލާޞާއާއި، ޤުރްއާން ޕެނަލުން ނިންމާ ނިންމުން ސާފުކޮށް އެނގޭނޭ ގޮތަށް ސެކެއްޓޭރިއެޓުން ލިޔެ ޔައުމިއްޔާ ކުރަންވާނެ އެވެ.

ޕެނަލް ގެ މެމްބަރުކަމުން ވަކިކުރުމާއި ވަކިވުން

12.

(ހ)

ޤުރްއާން ޕެނަލް ގައި އެ މެންބަރަކު ތަމްސީލުކުރައްވާ ޙައިސިއްޔަތު ގެއްލިއްޖެނަމަ ޕެނަލް ގެ މެންބަރު ކަމުން ވަކިވާނެ އެވެ.

ށ)

ވަކި ސަބަބެއް އެންގުމަކާ ނުލާ ކޮމިޓީގެ 3 ބައްދަލުވުމަށް މެންބަރަކު ޙާޒިރު ނުވާނަމަ އެ މެންބަރަކު ކޮމިޓީން ވަކިކުރުމުގެ ބާރު އޮތޯރިޓީ އަށް ލިބިގެންވެއެވެ.

(ނ)

ޤުރްއާން ޕެނަލް ގެ މެންބަރުކަމުން މެންބަރަކު ވަކިވާން ބޭނުންވާ ނަމަ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ސީ.އީ.އޯ އަށް ލިޔުމަކުން ހުށަހަޅަން ވާނެއެވެ.

މި ޤަވާޢިދު އިޞްލާޙުކުރުން

13.

މި ޤަވާޢިދު އިޞްލާހުކުރެވޭނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑަށް ހުށަހަޅައި ބޯޑުންނެވެ.

މި ޤަވާޢިދަށް ޢަމަލުކުރަން ފެށުން

14.

މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

 

17 ޖަނަވަރީ 2022
ހޯދާ