ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަހައްދުތަކާއި، އަވަށްބޭރު މަގުތައް ކުނިކަހައި ސާފުކޮށްދޭނެ ފަރާތެއް ހޯދުން.

އިޢުލާން

އިޖްތިމާޢީ ސަރަހައްދުތަކާއި، އަވަށްބޭރު މަގުތައް ކުނިކަހައި ސާފުކޮށްދޭނެ ފަރާތެއް ހޯދުން.

          މިރަށު އިޖްތިމާޢީ ސަރަހައްދުތަކާއި، އަވަށްބޭރު މަގުތައް 2022ވަނަ އަހަރުގެ ނިޔަލަށް ކުނިކަހައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

         ވީމާ، މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާ ފޯމް ފުރިހަމަކުރައްވައި 2022 ޖަނަވަރީ 27ވާ ބުރާސްފަތި ދުވަހުގެ  13.00އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެ ދެއްވުން އެދެމެވެ.

         މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2022 ޖަނަވަރީ 24ވާ ހޯމަ ދުވަހުގެ 13.00ގައި މިއިދާރާގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ބޭފުޅުންނަށެވެ. ކޮމްޕެނީ، ކުލަބު، ޖަމްޢިއްޔާ، ކޮމެޓީތަކުން އަންދާސީ ހުށަހަޅަން ދުރުވާއިރު އެތަނެއްގެ ރަސްމީ ސިޓީއެއް ގެންނަންޖެހޭނެއެވެ. ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތަކާއި، ފޯމްގައިވާ މަޢުލޫމާތު ފުރިހަމަނުވާ ފޯމްތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައެވެ.

         މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުން ފުޅުވާނަމަ މިއިދާރާގެ ނަމްބަރ: 6740015 ފޯނަށް ގުޅުއްވުން އެދެމެވެ.

13 ޖުމާދަލްއާޚިރު 1443

16 ޖަނަވަރީ 2022

16 ޖަނަވަރީ 2022
ހޯދާ