މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ރެހެންދި އެވޯޑު 2022 އުސޫލަށް ބަދަލު ގެނައުމާ ގުޅޭ

ރެހެންދި އެވޯޑު 2022 އުސޫލަށް ބަދަލު ގެނައުމާ ގުޅޭ

 

މި މިނިސްޓްރީގެ ނަންބަރު: (IUL)459-GR/459/2022/5 13 ޖަނަވަރީ 2022ގެ އިޢުލާން އާއި ޙަވާލާދީ ދަންނަވަމެވެ.

      

ރެހެންދި އެވޯޑު 2022 އުސޫލަށް އިސްލާޙު ގެނެވިފައިވާތީ، އެކަން އިޢުލާން ކުރަމެވެ.

 

އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުސަތު އަދި އިދާރާތަކާއި މުއައްސަސާތަކުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނާއި ކުލަބް ޖަމުޢިއްޔާ ޖަމާޢަތްތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މިއެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުމުގެ ތަފުސީލު ރެހެންދި އެވޯޑަށް ނަން ހުށަހަޅާ ފޯމުގައި ހިމަނާފައިވާނެއެވެ.

މިއެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ އުސޫލާއި އެޕްލިކޭޝަން ފޯމު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ވެބްސައިޓު www.gender.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ. އަދި މި މިނިސްޓްރީގެ ކައުންޓަރުންނާއި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑަރަންސް ސަރވިސް ސެންޓަރތަކުންވެސް ލިބެން ހުންނާނެއެވެ. އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 10 ފެބުރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް، މިނިސްޓްރީގެ އީމެއިލް [email protected] އިންނާއި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (މ. ސީޓްރެކްސް ބިލްޑިންގ 7 ވަނަ ފަންގިފިލާ، ގުރާބުތުނޑި ހިނގުން)ގެ ކައުންޓަރުންނެވެ.  

16 ޖަނަވަރީ 2022
ހޯދާ