މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް (ޓޫރިޒަމް ޓޯކް) ވީޑިއޯ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
އިޢުލާން
ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް (ޓޫރިޒަމް ޓޯކް) ވީޑިއޯ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މަޢުލޫމާތު ދެވިފައިވާ ގޮތަށް 24 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ މެންދުރު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 20 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިނިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ. މިއިއުލާނާއިއެކު ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހާ ޖަދުވަލުތައް އެއްކަރުދާސް ކުރަމެވެ.
10 ޖުމާދުލްއާޙިރާ 1443
13 ޖަނަވަރީ 2022
ހޯދާ