މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ،ކޯޕަރޭޓް ފައިނޭންސް

އިއުލާން

ވަޒީފާގެ ފުރުސަތު:

މެނޭޖަރ،ކޯޕަރޭޓް ފައިނޭންސް

މަޤާމް

މެނޭޖަރ

ކްލެސިފިކޭޝަން

މަހަކު 15,200އާއި 17,900 ރުފިޔާއާއި ދެމެދު (ހާސިލްކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މުސާރަ

ލިވިންގް އެލަވަންސް: މަހަކު 4،000 ރުފިޔާ

އެޓެންޑަންސް އެލަވަންސް: މަހަކު 3،000 ރުފިޔާ

އެގްޒެކެޓިވް ރެސްޕޮންސިބިލިޓީ އެލަވަންސް : މަހަކު 5,000 ރުފިޔާ

އެހެނިހެން އިނާޔަތްތައް

1 (އެކެއް)

ބޭނުންވާ އަދަދު

ފައިނޭންސް

ބޭނުންވާ ސެކްޝަން

މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

  • މެމްބަރ އޮފް އެސޯސިއޭޝަން އޮފް ޗާޓާޑް ސަރޓިފައިޑް އެކައުންޓަންޓް (އޭސީސީއޭ)، ނުވަތަ ސަރޓިފައިޑް ޕްރެކްޓިސިންގ އެކައުންޓިންގ (ސީޕީއޭ) ނުވަތަ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް (ސީއައިއެމްއޭ) ނުވަތަ އައިއެފްއޭސީ އިން ޤަބޫލުކުރާ ޕްރޮފެޝަނަލް މެމްބަރަށް ވުމާއެކު މަދުވެގެން 5 އަހަރު މީގެތެރެއިން 4 އަހަރު ފައިނޭންޝަލް ނުވަތަ ކޯޕަރޭޓް ރިޕޯޓިންގ ގެ ތަޖުރިބާ ހުރުމާއެކު މަދުވެގެން 3 އަހަރު ކޯޕަރޭޓް މާޙައުލެއްގެ ސީނިއަރ މެނޭޖްމަންޓް ތަޖުރިބާ ހުރުމާއެކު އައިއެފްއާރުއެސްގެ މަޢުލޫމާތު ހުރުން
  • އެކައުންޓިންގ، ފައިނޭންސް ނުވަތަ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ޙާސިލްކޮށްފައިވުމާއެކު މަދުވެގެން 7 އަހަރު މީގެތެރެއިން 5 އަހަރު ފައިނޭންޝަލް ނުވަތަ ކޯޕަރޭޓް ރިޕޯޓިންގ ގެ ތަޖުރިބާ ހުރުމާއެކު މަދުވެގެން 3 އަހަރު ކޯޕަރޭޓް މާޙައުލެއްގެ ސީނިއަރ މެނޭޖްމަންޓް ތަޖުރިބާ ހުރުމާއެކު އައިއެފްއާރުއެސްގެ މަޢުލޫމާތު ހުރުން
  • އެކައުންޓިންގ، ފައިނޭންސް ނުވަތަ ގުޅޭ ދާއިރާއަކުން ބެޗެލަރސް ޑިގްރީއެއް ޙާސިލްކޮށްފައިވުމާއެކު މަދުވެގެން 10 އަހަރު މީގެތެރެއިން 5 އަހަރު ފައިނޭންޝަލް ނުވަތަ ކޯޕަރޭޓް ރިޕޯޓިންގ ގެ ތަޖުރިބާ ހުރުމާއެކު މަދުވެގެން 5 އަހަރު ކޯޕަރޭޓް މާޙައުލެއްގެ ސީނިއަރ މެނޭޖްމަންޓް ތަޖުރިބާ ހުރުމާއެކު އައިއެފްއާރުއެސްގެ މަޢުލޫމާތު ހުރުން

މަޤާމުގެ ޝަރުތުތައް

  • ކުންފުނީގެ ފައިނޭންޝަލް ސްޓްރެޓީޖިކް ޕްލޭންއެއް އެކުލަވާލައި އެއާއި އެއްގޮތްވާ ގޮތުގެމަތިން ކުންފުނީގެ ފައިނޭންސް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
  • ކުންފުނީގެ ރައުސުލްމާލު އިތުރުކޮށް ޓާރގެޓްސްތަށް ހާސިލްކުރާނެ ގޮތްތަކަކާއިމެދު ލަފާއެރުވުން.
  • ކުންފުނިން ދައްކަން  ޖެހޭ ޓެކްސް އަދި މީރާއާއި ގުޅިގެން ކުރަން ޖެހޭ ހުރިހާ މުއާމަލާތްތަކެއް ކުރުން.
  • ކުންފުނިން ކުރާނެ އިންވެސްޓްމެންޓްތަކާއި ގެންގުޅެން އެންމެ ރަނގަޅު އުކުޅުތަކާއި ގުޅޭ ގޮތުން މެނޭޖްމަންޓަށާއި ބޯޑަށް ލަފާއެރުވުމާއި ކުންފުނިން ހިންގާ މަޝްރޫޢުތަކުގެ ޚަރަދު ބެލެހެއްޓުން.
  • ފައިނޭންޝަލް މޮޑެލިންގް ބޭނުންކޮށްގެން ކުންފުނީގެ ކޭޝް ފްލޯ ފޯކާސްޓް ތައްޔާރުކުރުން.
  • ވިޔަފާރީގެ މަރުހަލާގައި ހިގާ މަޝްވަރާތަކުގައި ލަފާ ދިނުމާއި ވިޔަފާރީކުރާނެ ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާކުރުން.
  • ފައިނޭންސް ޑިޕާޓްމެންޓްއާއި ގުޅުންހުރި ލީގަލް ލިޔެކިއުންތައް އަދި ޕްރޮސްޕެކްޓަސް ތައްޔާރުކުރުން.
  • ފައިނޭންޝަލް ރިސްކްސް އަދި ރިޓަރން ޕްރެޑިކްޓް ކުރުން
  • ބިޑް ޕްރޮޕޯސަލް ތައްޔާރުކުރުމަށް ލަފާދިނުން އަދި އެއަށް ބޭނުންވާނޭ ފައިނޭންޝަލް ފޯކާސްޓް ތައްޔާރުކުރުން
  • އޮޑިޓް މަސައްކަތް ރާވާ ހިންގުން.
  • ފައިނޭންސް ސެކްޝަންގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމްތައް ރާވާ ހިންގުން.
  • ބޭންކުގެ މުޢާމަލާތްތައް މޮނީޓަރކުރުން.
  • ކުންފުނީގެ ފައިނޭންޝަލް ރިޕޯޓުތައް ކަޑައެޅިފައިވާ އުސޫލުގެ މަތިން ތައްޔާރުކުރުން.
  • ކުންފުނީގެ މަހުން މަހަށް ކުރާ ޚަރަދުތައް ބެލެހެއްޓުން.
  • ކުންފުނިން ހިންގާ މަޝްރޫޢުތަކަށް ބޭނުންވާނޭ ފައިނޭންސް ހޯދުމުގައި ސަރުކާރާއި ބޭންކްތަކާއި  އަދި އެހެނިހެން ފައިނޭންޝަލް އިންސްޓިޓިއުޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
  • ކުންފުނީގެ އޮޑިޓް ކޮމެޓީއަށް ބޭނުންވާ ފައިނޭންޝަލްސްތައް ޤަވާޢިދުން ތައްޔާރުކޮށް ކޮމެޓީއަށް ހުށަހަޅާ މެމްބަރުންނަށް ކުންފުނީގެ ފައިނޭންޝަލްސްގެ މިސްރާބުދާގޮތް ސާފުކޮށް އަންގާދިނުން،
  • ވަޒީފާއާއި ގުޅިގެން ހަދާފައިވާ ނުވަތަ ހެދިފައިވާ އެނުއަލް ވަރކްޕްލޭން ތައްޔާރުކޮށް އަދި އެސް.އޯ.ޕީ އާއި އެއްގޮތަށް މަސައްކަތްތައް ރާވާ ކުރިއަށް ގެންދިއުން،
  • ޙަވާލުކުރެވޭ މަސައްކަތާއި ގުޅިގެން އަދާލކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު އަދާކުރުން
  • ކޯޕަރޭޝަންގެ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • ކޯޕަރޭޝަންގެ ސިއްރު ހިފެހެއްޓުމާއި ކޯޕަރޭޝަންގެ އެކިއެކި ވަސީލަތްތަކަށް ރައްކާތެރިވުން
  • މީގެ އިތުރުން ޚާއްސަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް އަދި މެޖޭނިންގ ޑިރެކްޓަރ ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

މި މަޤާމަށް ކުރިމަތިލާ، ފަރާތްތަކުގެ ތެރެއިން އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި އެފަރާތްތަކާ އެކު ކުރެވޭ ކޮމްޕީޓެންސީ ބޭސްޑް އިންޓަވިއު ޖެނުއަރީ  25 އާއި ފެބުރުވަރީ 5 އާއި ދޭތެރޭ ބޭއްވޭންއެވެ.

އިންޓަވިއުކުރުން

  • ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  • ތަޢުލީމީ ސެޓްފިކެޓް
  • އިންޓަވިއުއިން ލިބޭ މާރކްސް

މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް

  • ވަޒީފާއަށް އެދޭ ފޯމު (މި އިޢުލާންއާއިއެކުވާ ލިންކުން ޑައުންލޯޑްކުރެވޭނެ)
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.(އެޓެސްޓް ކުރެވި އެކްރެޑިޓް ކުރެވިފައި)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
  • ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ ލިޔުންތައް

20 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގް ޑިރެކްޓަރއަށް އެޑްރެސްކޮށް ގަލޮޅު ދަނޑުގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.

ސުންގަޑި

މަޢުލޫމާތު ހޯދުމަށް (ހެނދުނު 9:00 އިން މެންދުރު 13:00 ދެމެދު) ގުޅާނީ، 3336725 ނަންބަރު ފޯނަށް

އިތުރު މަޢުލޫމާތު

13 ޖަނަވަރީ 2022
ހޯދާ