ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް

އިޢުލާން

މަޤާމު:

އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް

މަޤާމްގެ ނަންބަރ:

J-337537

ބޭނުންވާ ޢަދަދު:

01

މަޤާމްގެ ގިންތި:

ދާއިމީ

މަޤާމްގެ ރޭންކް:

އެމް.އެސް 3

މަޤާމްގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ

މުސާރަ:

7035 ރުފިޔާ

ސަރވިސް އެލަވަންސް:

2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް 900.00 ރުފިޔާ
  2.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލް ސަރވިސްގެ މުވައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

1- ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ އިރުޝާދާއި މަޝްވަރާގެމަތިން ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހައި މަސައްކަތްތައް އިންތިޒާމުކޮށް ހިންގައި ބަލެހެއްޓައި، އިދާރީ ކަންކަމުގައި ކައުންސިލަށާއި ، ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.

2- ދައުލަތުގެ މާލިއްޔަތު ޤާނޫނު ހިންގުމުގައި ކައުންސިލާއި ސެކްރެޓަރީ ޖެނެރަލަށް އެހީތެރިވެ އެ ޤާނޫނު ހިންގުމުގައި ޙަވާލުކުރެވޭ މަސްއޫލިއްޔަތު ތަކުގައި ޒިންމާވުން.

3- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ހެދިފައިވާ ކައުންސިލްގެ ހިންގާ ޤަވާޢިދުގައިވާ ގޮތުގެމަތިން ކައުންސިލުން ނިންމާ ކަންތައްތައް ކުރުން.

4- ދިވެހި ސިވިލް ސާރވިސްގެ ޤަވާޢިދާއި އެއްގޮތަށް އަދި ކޮމިޝަނުގެ މަޝްވާރާގެމަތިން ކައުންސިލްގެ އިދާރާއަށް ބޭނުންވާ އިދާރީ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ، ވަޒީފާއިން ވަކިކުރުމާއި ވަޒީފާ އަދާކުރާތަން ބަދަލުކުރުމާއި ، މުވައްޒަފުންނަށް ކަނޑައެޅޭ މުސާރައާއި ޢިނާޔަތާއި ބެހޭކަންތައްތައް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ އިދާރީ އިންތިޒާމު ހަމަޖައްސައި މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތްކޮށް ބެލެހެއްޓުން.

5- ކައުންސިލްތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އުފައްދާ އިދާރާތަކުގެ މަޤާމުތައް ކަނޑައަޅައި އެ މަޤާމުތަކަށް މުވައްޒަފުން ޢައްޔަންކޮށް ވަކިކުރާނީ ކައުންސިލްތަކުގެ މަޝްވަރާއާއެކު ސިވިލް ސަރވިސް ކޮމިޝަނުން ކަމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކުރެވިފައި ވުމާއެކު، ކޮމިޝަނުން އެކަނަތައްތައް ހިންގުމުގައި ބޭނުންވާ މަޝްވަރާ ހޯދުމުގައި މެދުވެރިވެ އެކަންތައްތައް ވިލަރެސްކުރުން.

6- ކޮންމެ މީލާދީ އަހަރެއް ފެށުމުން މުވައްޒަފުންގެ މަޝްވަރާއެކު، މުވައްޒަފުންގެ ޗުއްޓީ ތާވަލް ތައްޔާރުކޮށް މުވައްޒަފުންނާއި ޙިއްޞާކުރުން.

7- ކޮންމެ އަހަރެއްގެ ފެބުރުވަރީމަސް ނިމުމުގެކުރިން މުވައްޒަފުންގެ ވަޒީފާ ބަޔާންތައް، ސެކްރެޓަރީ ޖެނެރަލްގެ މަޝްވަރާގެމަތިން އަލުން ބަލައި މުރާޖާކޮށް ގެންނަންޖެހޭ އިޞްލާޙުތައް ގެނެސް މުވައްޒަފުންނާއި މަސައްކަތް ޙަވާލުކޮށް، މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ވަޞީލަތްތައް ޤާއިމުކޮށްދިނުން.

8- މުވައްޒަފުން ސަލާމް ބުނުމާއި، ޗުއްޓީ ދިނުމުގައި ބަލަންޖެހޭ އެންމެހާ ކަންތައްބެލުން

9- ދިވެހި ސިވިލް ސަރވިސްގެ މަސައްކަތު ފެންވަރުބެލުމާއިބެހޭ އުސޫލާއި އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅިފައިވާ މުއްދަތުގައި އެމަސައްކަތް ހިންގައި ބެލެހެއްޓުން

10- މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ވަޒީފާއާއި ގުޅޭ ތަފާތު ތަމްރީނު ޕްރޮގުރާމްތައް އިންތިޒާމް ކުރުމާއި ބައިވެރި ކުރުވުން

11- މުވައްޒަފުން މަސައްކަތް ކުރާ މިންވަރާއި ސުލޫކީ މިންގަނޑަށް ބަލައި އިސްލާހީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނާމެދު ސެކްރެޓަރީ ޖެނެރަލްގެ ލަފައާއި މަޝްވަރާގެމަތިން ފިޔަވަޅު އެޅުން.

12- ކައުންސިލްގެ އިދާރާއަށާއި މިސްކިތްތަކަށާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނަށް ބޭނުންވާ އެންމެހާ ތަކެތި މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ހޯދައި ބަލައިގަތުމާއި ސްޓޮކަށް ވެއްދުން

13- ކައުންސިލުން އެކިއެކި ފަރާތްތަކުން ޚިދުމަތާއި ތަކެތި ހޯދަމުންދަނީ ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށްތޯބަލައި ، ޚިދުމަތަށާއި ތަކެތީގެއަގު އަދާކުރުމުގެ މަސައްކަތް.

14- ކައުންސިލްގެ ބަޖެޓް ތައްޔާރުކޮށް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން.

15- ކައުންސިލްގެ ބަޖެޓާއި އެހެނިހެން ފައިސާ ޚަރަދުކުރުމާއިބެހޭ އެންމެހައި ކަންތައް ހިންގައި ބެލެހެއްޓުން އަދި ކައުންސިލްގެ އިދާރާއަށާއި ، ދައުލަތުގެ އާމްދަނީ އަށް ލިބޭފައިސާ ބަލައިގަންނަމުންދަނީ ޤަވާޢިދާއިދާއި އެއްގޮތަށްތޯ ބެލުމާއެކު ހިސާބު ބެލެހެއްޓުން.

16-  ބަޖެޓާއި ފައިސާއާއިބެހޭ މަސައްކަތާއިގުޅިގެން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތަކާއި ލިޔެކިއުންތައް ޖެމްސް މެދުވެރިކޮށް ފޮނުވުން

17-  ކައުންސިލުންދޭ ޚިދުމަތްތަކާއި ކައުންސިލުން މެދުވެރިވެގެންދޭ ޚިދުމަތްތަކަށް   ކަނޑައެޅިފައިވާ ފީ ބަލައިގަތުމާއެކު ހިސާބުތައް ޤަވާޢިދުން ބެލެހެއްޓުން

18- ކުއްޔަށް ދޫކުރެވޭ ބިންބިމާއި ތަންތަނުގެ ކުލި ޤަވާޢިދުން ނަގަމުން ގެންދިއުމާއި، ޤަވާޢިދުން ކުލި ނުދައްކަވާ ފަރާތްތަކުގެ މައްސަލަ ކޮންމެ މަހެއް ނިމުމުން ކައުންސިލާއި ޙިއްޞާކުރުން. 

19-  ޤާނޫނުގައި ބަޔާންކުރާ 6 މަސްދުވަހުގެ ރިޕޯރޓާއި އަހަރީ ރިޕޯރޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގެކުރިން ކަމާއިބެހޭ އިދާރާތަކަށް ފޮނުވުން.

20-  ކައުންސިލް އިދާރާއިން ފޮނުވަންޖެހޭ ފައިސާގެ ރިޕޯރޓްތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން

21- ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނުން ނީލަންކިޔަންޖެހޭ ތަކެތި، ނީލަންކިއުމާއިބެހޭ އެންމެހާ މަސައްކަތްކުރުން

22- ކައުންސިލްގެ އިދާރާ ހުޅުވައި ލެއްޕުން ނުވަތަ ހުޅުވައި ލެއްޕުމުގެ އިންތިޒާމު ހަމަޖެއްސުން.

23- ކައުންސިލުން ފާހަނގަކުރާ އެކިއެކި މުނާސަބާތަކާއި، ޙަފްލާތަކާއި ބައްދަލުވުންތައް އިންތިޒާމުކޮށް ބެލެހެއްޓުން

24- ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްގެ މަޝްވަރާއެކު ރަށުގައި ހުކުރު ކުރުމާއި ޢީދު ނަމާދުކުރުމާއި ކޭތަނަމާދު ކުރުމުގެ އިންތިޒާމު ހަމަޖައްސަމުންދިއުން. 

25- ކައުންސިލްގެ އިދާރާއިން އެކިއެކި ޚިދުމަތް ޙޯއްދަވާ  ފަރާތްތަކަށް ލުއި ، ފަސޭހަ އަވަސް އަދި ޚަރަދު ކުޑަ ގޮތްތައް ހޯދައި ތަޢާރަފްކޮށް ، އެކަންކަން އިތުރަށް ކުރިއަރުވަން މަސައްކަތް ކުރުމާއި އަދި އެކަންކަން އެގޮތަށް ކުރުމަށް މަގުފަހިކުރުވުމަށް ބޭނުންވާ އުޞޫލުތައް އެކުލަވައި ހާމަކޮށްދީ ކަންހިނގާގޮތް މޮނީޓަރކޮށް ފަސޭހައިން ކަންކަން ކުރެވޭނެގޮތް ހޯދައިދިނުން.

26- އަދި މިނޫނަސް ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކާއި، ވަޒީފާގެ ދާއިރާއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތަކުގައި ބައިވެރިވެ ކުރަންޖެހުނު ކޮންމެ މަސައްކަތެއްކުރުން 

މާޤާމުގެ ޝަރުޠު:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން  
  2. ނުވަތަ،
  3. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4.  
  5. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ގެ ސަނަދެއް ޙާޟިލުކޮށްފައިވާވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތްކޮށް ތަޖުރިބާލިބިފައިވުން.

 

ތަޢުލީމީ ރޮނގުތައް:

  • އެކައުންޓިންގ، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، އެގްރިކަލްޗަރަލް ސައިންސް، އެންތްރޯޕޮލޮޖީ، އާކިޓެކްޗަރ، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިންގ، ކޮމާސް، ކޮމިޔުނިޓީ ޑިވެލޮޕްމަންޓް، ކޮމްޕިއުޓަރ ސައިންސް، ކައުންސިލް އެޑްމިނިސްޓްރޭޝަން، ކަލްޗަރ އެންޑް ހެރިޓޭޖް، ޑިމޮގްރަފީ،  ޑިވެލޮޕްމަންޓް ސްޓަޑީޒް، އިކޮނޮމިކްސް، އެންވަޔަރަންމެންޓަލް ސައިންސް، ފައިނޭންސް، ގަވަރނަންސް، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް،  ހިއުމަން ރިސޯސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އިންޓަނޭޝަނަލް ރިލޭޝަންސް، ލޯ، ލީޑަރޝިޕް، ލައިބްރަރީ ސައިންސް، ލޯކަލް ގަވަރނަންސް، މެރިން ސައިންސް، މާކެޓިންގ، އޮފީސް އެޑްމިނިސްޓްރޭޝަން، ޕޮލިސީ ސްޓަޑީޒް، ޕޮލިޓިކަލް ސައިންސް، ޕްރޮޖެކްޓު މެނޭޖްމަންޓު، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މޭނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް ރިލޭޝަންސް، ޝަރީޢާ އެންޑް ލޯ، ސޯޝަލް ސައިންސް، ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ، ސްޕޯޓްސް މެނޭޖްމަންޓް، ސްޓެޓިސްޓިކްސް، ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް، އަރބަން ޕްލޭނިންގ، އާރބަން ސްޓަޑީޒް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

  • އެކައުންޓިންގ، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް, އެގްރިކަލްޗަރަލް ސައިންސް، އެންތްރޯޕޮލޮޖީ، އާކިޓެކްޗަރ، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިންގ، ކޮމާސް، ކޮމިޔުނިޓީ ޑިވެލޮޕްމަންޓް، ކޮމްޕިއުޓަރ ސައިންސް، ކައުންސިލް އެޑްމިނިސްޓްރޭޝަން، ކަލްޗަރ އެންޑް ހެރިޓޭޖް، ޑިމޮގްރަފީ، ޑިވެލޮޕްމަންޓް ސްޓަޑީޒް، އިކޮނޮމިކްސް، އެންވަޔަރަންމެންޓަލް ސައިންސް، ފައިނޭންސް، ގަވަރނަންސް، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް، ހިއުމަންސް ރިސޯސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އިންޓަނޭޝަނަލް ރިލޭޝަންސް، ލޯ، ލީޑަރޝިޕް، ލައިބްރަރީ ސައިންސް، ލޯކަލް ގަވަރނަންސް، މެނޭޖްމަންޓް، މެރިން ސައިންސް، މާކެޓިންގ، އޮފީސް އެޑްމިނިސްޓްރޭޝަން، ޕޮލިސީ ސްޓަޑީޒް، ޕޮލިޓިކަލް ސައިންސް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް ރިލޭޝަންސް، ޝަރީޢާ އެންޑް ލޯ، ސޯޝަލް ސައިންސް، ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ، ސްޕޯޓްސް މެނޭޖްމަންޓް، ސްޓެޓިސްޓިކްސް، ސްޓްރަކްޗަރަލް އިންޖީނުއަރިންގ، ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް، އަރބަން ޕްލޭނިންގ، އާބަން ސްޓަޑީޒް

މަޤާމުގެ ޕްރިފަރޑް އަދި ކޯ ޑިސިޕްލިން

  • ނެތް

 

 

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

http://www.csc.gov.mv/downloads/15151

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ) މުއްދަތުހަމަވެފައިވީ ނަމަވެސް)  ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އަ.އި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓޤރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި،މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)، ވަކިވަކީން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން    https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް  ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިއވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒިފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކީން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން ( މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޯށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ވުނަތަ ބައިނަލްއަޤްވާނީ ޖަމްޢިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފަގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮސްފައިވީ ނަމަވެސް) ވަކިންވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމް"

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށްދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާން ނުވަތަ ޕްރެކްޓިކަލް)

15

ޕްރެސެންޓޭޝަން

10

އިންޓަރވިއު

30

މަޤާމަށް ޢައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %60 (ފަސްދޮޅަސް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 23 ޖަނަވަރީ 2022 ވަނަ ދުވަހުގެ 13.00 ގެ ކުރިން، ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

އިންޓަވިއު:

 

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2022 ޖަނަވަރީ 16 އާއި 2022 ފެބްރުވަރީ 16 އާ ދެމެދު، ގއ ކޮލަމާފުށީ ކައުންސިލްގެ އިދާރާގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު) އާންމުކުރުން:

 

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާ ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6820017 އަށެވެ. އީމެއިލް ކުރާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" ލިޔުންތައް ސިވިލ ސަރވިސް ކޮމިޝަނުގެ ވެބްސައިޓް http://www.csc.gov.mv/recruitment-usoolu އިން ލިބެންހުންނާނެއެވެ.

13 ޖަނަވަރީ 2022
ހޯދާ