އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އޮޑިޓަރ، ދެކުނު ސަރަހައްދީ އޮފީސް (ގްރޭޑް 1)

މަޤާމް :އޮޑިޓަރ، ދެކުނު ސަރަހައްދީ އޮފީސް (ގްރޭޑް 1)
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭތަން

އޮޑިޓަރ ޖެނެރަލްގެ އޮފީސް / ދެކުނު ސަރަހައްދީ އޮފީސް (ސ.ހިތަދޫ އޮފީސް)

ޑިޕާޓްމަންޓް

ދެކުނު ސަރަހައްދީ އޮފީސް

އަސާސީ މުސާރަ

6,500/- (ހަ ހާސް ފައް ސަތޭކަ) ރުފިޔާ

ސަރވިސް އެލަވަންސް

ދުވާލަކަށް 196/67ރ (ސަތޭކަ ނުވަދިހަ ހަރުފިޔާ ފަސްދޮޅަސް ހަތްލާރި)

ލިވިންގ އެލަވަންސް

-/2،000ރ (ދެ ހާސް) ރުފިޔާ

އޮޑިޓް އެލަވަންސް

-/2،000ރ (ދެ ހާސް) ރުފިޔާ

ޕްރޮފެޝަނަލް އެލަވަންސް

އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ -/750ރ (ހަތްސަތޭކަ ފަންސާސް) ރުފިޔާ

ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ -/500ރ (ފައް ސަތޭކަ) ރުފިޔާ

އަސާސީ ޝަރުތު

  1. މަސައްކަތުގެ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ، ހާސިލްކޮށްފައިވުމާއެކު އޮޑިޓްކުރުމާއި އެޝުއަރެންސް ސަރވިސަސްގެ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން ޑިޕްލޮމާ، ހާސިލްކޮށްފައިވުމާއެކު އޮޑިޓްކުރުމާއި އެޝުއަރެންސް ސަރވިސަސްގެ ދާއިރާއިން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  3. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު

  1. މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން  ޢަމަލުކުރަންޖެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގައިގެންމެނުވީ އެމަސައްކަތެއް ނުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
  2. ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތު

  1. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާފައިވާ ތާރީޚްތަކަށް މަސައްކަތްކޮށް ނިންމުމުގެ (އަދި މާލިއްޔަތުގެ ގާނޫނާއި ކުންފުނީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް  މަސައްކަތްކޮށް ނިންމޭނެފަދަގޮަތަކަށް މަސައްކަތްކޮށް ނިންމައި، އެތާރީޚްތަކަށް އޮޑިޓް ރިޕޯޓު ޝާއިޢުކުރުމުގެ)  މަޤްޞަދުގައި، އޮޑިޓަރާއި ހަވާލުކުރެވޭ އޮޑިޓެއްގެ ބައިތައް އޮޑިޓްކޮށް ނިންމުން.
  2. އޮޑިޓް ޕްލޭން ތައްޔާރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުން އޮޑިޓަރާއި ހަވާލުކުރެވޭ މަސައްކަތްތައްކުރުން.  އެގޮތުން އެނަލެޓިކަލް ރިވިއު ތައްޔާރު ކުރުމާއި، ބޮޑަށް ބަލަން ޖެހޭކަންތައްތައް ދެނެގަތުމާއި (ރިސްކް އައިޑެންޓިފިކޭޝަން)، މަސައްކަތް ރޭވިފައިވާގޮތުގެ ނިޒާމުގެ ޚުލާޞާ ކަރުދާސް އެކުލަވާލުމާއި (ސިސްޓަމް ޑިސްކްރިޕްޝަން)، ބޮޑަށް ބަލަންޖެހޭނެކަމަށް ފާހަގަކޮށްފައިވާ ކަންތައްތައް މިނެކިރުމާއި، އޮޑިޓް ޕްރޮގުރާމްތައް އެކުލަވާލުމައި އަދި އެލިޔުންތައް އޮޑިޓް ޕްލޭނުގައި ހިމެނުމަށް އޮޑިޓް ސުޕަވައިޒަރާއި ޙަވާލުކުރުން.
  3. އޮޑިޓްގެ ޢަމަލީ މަސައްކަތުގެ (ފީލްޑް ވަރކް) ތެރެއިން އޮޑިޓަރާއި ހަވާލުކުރެވިފައިވާ އެކައުންޓުގެ ބައިތައް ކޮށްނިންމުން. އަދި އެމަސައްކަތް އިންޓަރނޭޝަނަލް އޮޑިޓިން ސްޓޭންޑަޑް ތަކާއި އެއްގޮތްވާގޮތުގެ މަތިން ބަރާބަރު ގަޑިއަށް ނިންމުން. 
  4. އޮޑިޓްގައި ކުރެވޭމަސައްކަތްތަކުގެ މައްޗަށް ބިނާކޮށް މަސައްކަތްތަކުގެ ޚުލާޞާއެއް އެކުލަވައިލުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
  2. ކަވަރ ލެޓަރ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ

5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)

6. ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ  ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.

7. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.

އެހެނިހެން

  1. އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް  ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
  2. ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
  3.  ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
  4. މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
  5. މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  6. އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި

24 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން.

https://www.audit.gov.mv/vacancies

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348200، 3348275 ނަންބަރު ފޯނަށެވެ. 

13 ޖަނަވަރީ 2022
ހޯދާ