މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Asian Academy of Aeronautics gai pilot license course furihamakuramundhiya dharivarunnah Maldivian Aviation Academy gai Refresher Program furihamakurumah loan dhinun

އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ގައި ޕައިލެޓް ލައިސަންސް ކޯސް ފުރިހަމަކުރަމުންދިޔަ ދަރިވަރުންނަށް މޯލްޑިވިއަން  އޭވިއޭޝަން އެކަޑަމީގައިރިފްރެޝަރ ޕްރޮގްރާމް ފުރިހަމަކުރުމަށް ލޯނު ދިނުން

މި ފުރުޞަތަށް ކުރިމަތިލެވޭނީ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ގައި ޕައިލެޓް ލައިސަންސް ފުރިހަމަކުރަމުންދިޔަ ދަރިވަރުންގެ ތެރެއިން މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ކޯހުގެ ބާކީބައި ފުރިހަމަކުރުމަށް ހަދަންޖެހޭ ރިފްރެޝަރ ޕްރޮގްރާމްގައި ރެޖިސްޓަރވެފައިވާ ފަރާތްތަކަށެވެ.

ކުރިމަތިލެވޭނެ ފަރާތްތައް:

  1. ދަރިވަރުގެ އައިޑީ ކާޑުގެ ކޮޕީ
  2. ގެރެންޓަރގެ އައިޑީކާޑުގެ ކޮޕީ
  3. ލޯން އެހީގެ ފައިސާ ޖަމާކުރުމަށް ދަރިވަރު އެދޭ އެކައުންޓް ނަންބަރު، އެނގޭނެހެން ބޭންކް ޑިޕޮސިޓް ސްލިޕް ނުވަތަ އެކައުންޓް ނަންބަރު އެނގޭނެހެން ބެންކް ލިޔުން
  4. ކޯސް ފެށޭ ތާރީޚާއި ނިމޭ ތާރީޚް ނުވަތަ ކޯހުގެ މުއްދަތު އެނގޭނެހެން މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ ގައި ރިފްރެޝަރ ޕްރޮގްރާމް ފުރިހަމަކުރުމަށް އެންރޯލް ވެފައިވާކަމުގެ ލިޔުން

ހުށަހަޅަންޖެހޭ ތަކެތި:

26 ޖެނުއަރީ 2022 ވާ ބުދަ 13.30

އެޕްލިކޭޝަން ހުށަހެޅޭނެ ސުންގަޑި:

އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ގައި ޕައިލެޓް ލައިސަންސް ކޯސް ފުރިހަމަކުރަމުންދިޔަ ދަރިވަރުންނަށް މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ރިފްރެޝަރ ޕްރޮގްރާމް ފުރިހަމަކުރުމަށް ރެޖިސްޓަރވެފައިވާ ދަރިވަރުންނަށް ލޯނު ދިނުމުގެ އުސޫލު މި އިޢުލާނާއިއެކު ވާނެއެވެ. ލޯނުއެހީއަށް އެދޭ ފަރާތްތަކުން މިއުސޫލުގައިވާ ކަންކަމަށް ސަމާލުކަން ދިނުން އެދެން.

އިތުރު މަޢުލޫމާތު:

ލޯނަށް އެދި ފޯމު ހުށަހަޅާނީ  https://myedu.egov.mvޕޯޓަލް މެދުވެރިކޮށެވެ. ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅުމުގައި ޗެކްލިސްޓަށް ސަމާލުކަންދެއްވުން އިލްތިމާސްކުރަމެވެ.

ލޯނަށް އެދި ފޯމު ހަށަހަޅާނެ ގޮތް:

  އިތުރު މަޢުލޫމާތު ސާފުކުރަން ގުޅާނީ 3026971، 3026927، 3026924 ފޯން ނަމްބަރަށެވެ.

12 ޖަނަވަރީ 2022
ހޯދާ