މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ވީޑިއޯ ކްލިޕް ހެދުމުގެ މުބާރާތް 2021 ގެ ރެޖިސްޓްރޭޝަން މުއްދަތު އިތުރުކޮށް ކުރި މި މިނިސްޓްރީގެ ނަންބަރު (IUL)142-C1/142/2021/159 (17 އޮކްޓޫބަރު 2021) އިޢުލާން ބާޠިލްކޮށް އަލުން ރެޖިސްޓަރވުމުގެ ފުރުޞަތު ހުޅުވާލުން.

 

އިޢުލާން

 

 

ވީޑިއޯ ކްލިޕް ހެދުމުގެ މުބާރާތް 2021 ގެ ރެޖިސްޓްރޭޝަން މުއްދަތު އިތުރުކޮށް ކުރި މި މިނިސްޓްރީގެ ނަންބަރު (IUL)142-C1/142/2021/159 އިޢުލާން ބާޠިލްކޮށް އަލުން ރެޖިސްޓަރވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މުބާރާތުގައި ހުށަހެޅުމަށް ހަމަޖެހިފައިވާ ކްލިޕްތަކުގެ ދާއިރާ (ކެޓަގަރީ)ތައް:

1. ކީރިތި ރަސޫލާ މީސްތަކުންނާ މުޢާމަލާތް ކުރެއްވި ގޮތް

2. ކީރިތި ރަސޫލާ ގެ ހޭދަކުރެއްވުން

3. ކީރިތި ރަސޫލާ ގެ އިޤްތިޞާދު ކުރެއްވުން

4. ކީރިތި ރަސޫލާ ގެ ދީންވެރިކަމާއި، އަޅުވެރިކަން ދުނިޔަވީ ކަންކަމުގައި ހަމަހަމަ ކުރެއްވިކަން

5. ކީރިތި ރަސޫލާ ގެ ޢާއިލީ ގުޅުންތައް

 

މި މުބާރާތުން ވަނަތައް ހޯދާ ފަރާތްތަކަށް އިނާމު ހުށަހަޅާފައިވެ އެވެ. އެއީ:

  1. އެއްވަނަ އަށް  5000ރ. (ފަސްހާސް ރުފިޔާ)
  2. ދެވަނަ އަށް   4000ރ. (ހަތަރުހާސް ރުފިޔާ)
  3. ތިންވަނަ އަށް  3000ރ. (ތިންހާސް ރުފިޔާ)
  4. ހަތަރުވަނަ އިން ފެށިގެން ހަތްވަނަ އަށް 2000ރ. (ދެހާސް ރުފިޔާ)
  5. އަށްވަނަ އިން ފެށިގެން ދިހަވަނަ އަށް 1000ރ. (އެއްހާސް ރުފިޔާ)

 

ވީމާ، މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށްޓަކައި 23 ޖެނުއަރީ 2022 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މި އިޢުލާނާއެކު މިވާ ލިންކް މެދުވެރިކޮށް ފޯމު ފުރިހަމަކުރެއްވުން އެދެމެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠު ހަމަވާ ފަރާތްތަކަށް ވީޑިއޯ ކްލިޕް ކަނޑައެޅިފައިވާ ތާރީޚެއްގައި ހުށަހެޅުމަށް އެންގޭނެއެވެ. މި މުބާރާތުގެ އުސޫލާއި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު، މި މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv އިން އަދި މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ މެއިލް [email protected] މެދުވެރިކޮށް ނުވަތަ ރަސްމީ ގަޑީގައި މި މިނިސްޓްރީގެ 3020243 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

* ވީޑިއޯ ކްލިޕް ހެދުމުގެ މުބާރާތުގެ އުޞޫލު މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

* ރެޖިސްޓްރޭޝަން ފޯމްގެ ލިންކް: https://forms.office.com/r/y4mY3e8ASU

 

12 ޖަނަވަރީ 2022
ހޯދާ