ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫން ގޯތި ނުވަތަ ބޯހިޔާވަހިކަން ބޭނުންވާ ރަށުން ބޭރު ފަރާތްތަކުގެ މަޢުލޫމާތު ހޯދުން.

ޢިއުލާން

ތިނަދޫން ގޯތި ނުވަތަ ބޯހިޔާވަހިކަން ބޭނުންވާ ރަށުން ބޭރު ފަރާތްތަކުގެ މަޢުލޫމާތު ހޯދުން.

ތިނަދޫ އަކީ ހަލުއިމިނެއްގައި އާބާދީ އިތުރުވަމުން އަންނަ ރަށަކަށްވެފައި ތަރައްޤީގެ އައު އުސްމިންތަކަކަށް ވާޞިލުވުމަށް ކައުންސިލުން ހިފާފައިވާ އަމާޒަށް ވާޞިލުވުމަށްޓަކައި އެހެން ރަށްރަށުގެ ލޮބުވެތި ރައްޔިތުންވެސް ހިމަނައިގެން ސަރަޙައްދީ ތަރައްޤީގެ ތެރެއިން އެންމެންނަށް ލާބަ ހުރި ގޮތްތައް ހޯދައި އެމަގުން މަސައްކަތްކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ.  

ހަމައެހެންމެ، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ހިންގާ އެކިއެކި ޙަރަކާތްތަކާއެކު ތިނަދޫއން ގޯތި ނުވަތަ ބޯހިޔާވަހިކަން ބޭނުންވާ ރަށުން ބޭރުގެ ފަރާތްތަކަށް ގޯތި ނުވަތަ ބޯހިޔާވަހިކަން ދޫކުރުމަށް މިކައުންސިލުން ގަސްތުކުރަމެވެ.

ވީމާ، ކައުންސިލުން ރާވާފައިވާ ގޯތި ނުވަތަ ބޯހިޔާވަހިކަމުގެ ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށްޓަކައި ތިނަދޫން ގޯތި ލިބުމަށް ޝައުޤުވެރިވާ ރަށުން ބޭރުގެ ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯމު މެދުވެރިކޮށް 31 މާރިޗް 2022 ގެ ކުރިން މަޢުލޫމާތު ޙިއްސާ ކުރެއްވުން އެދި މިކަން ޢާއްމުކޮށް އިޢުލާނު ކުރީމެވެ.

https://docs.google.com/forms/d/e/1FAIpQLSfqf9BVSAD-rN03Z5SgprwyXOTmRu1HsNBouX5iL4xyc9Pwpw/viewform?usp=pp_url

06 ޖަނަވަރީ 2022
ހޯދާ