ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީއިން 23 ޖެނުއަރީ 2022 ވާ އާދިއްތަ ދުވަހު ފަތުރުވެރިކަމުގެ ސިނާއަތަށް ޚާއްސަކޮށްގެން ކުނި މެނޭޖުކުރުމާއި ގުޅޭގޮތުން މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ވަނީހަމަޖެހިފައެވެ. މި މަސައްކަތު ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި އުފެދޭ ކާބޯތަކެތީގެ ބާކީއާއި ކުރުމުއްދަތެއްގައި އަމިއްލައަށް ނެތިފަނާވާ ޒާތުގެ ކުނި މެނޭޖުކުރުމަށް ދާއިމީ ހައްލެއް ހޯދުމަށް މަޝްވަރާ ކުރެވިގެންދާނެއެވެ. ހަމައެހެންމެ، މި ބާވަތުގެ ކުނި ނައްތާލުމުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭނުންކުރާ އާލާތްތަކާއި، ގޮތްތައް ރާއްޖެއަށް ތަޢާރުފުކޮށް، ސަޕުލައިކޮށްދޭ ފަރާތްތަކާއި، މިފަދަ އާލާތްތަކުގެ މަޢުލޫމާތު މި ބައްދަލުވުމުގެ ބައިވެރިންނާއި ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، ފަތުރުވެރިކަމުގެ ދާއިރާގައި އުފެދޭ ކުނި، ޚާއްސަކޮށް ކުރުމުއްދަތެއްގައި އަމިއްލައަށް ނެތިފަނާވާ ޒާތުގެ ކުނި މެނޭޖުކުރުމަށް ބޭނުންކުރާ އާލާތްތައް ސަޕްލައިކޮށްދޭ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް މިބައްދަލުވުމަށް ދަޢުވަތު އަރުވަމެވެ.
ވީމާ، މިބައްދަލުވުމުގައި ބައިވެރިވެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މިނިސްޓްރީގެ އީމެއިލް [email protected] އަށް 20 ޖެނުއަރީ 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އީމެއިލް ކުރައްވާއިރު ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.
- އަމިއްލަ ފަރުދެއް ނަމަ:
ފުރިހަމަ ނަން:
ގުޅޭނެ ފޯނު/މޯބައިލް ނަންބަރު:
ހުށަޅަން ގަސްތުކުރާ ޢާލާތްތަކާއި ގުޅޭ ކުރު ހުލާސާއެއް:
2. ކުންފުންޏެއް ނަމަ:
ކުންފުނީގެ ފުރިހަމަ ނަން:
ބޭރު ކުންފުންޏެއް ނަމަ ކުންފުނި ރަޖިސްޓްރީ ކޮށްފައިވާ ގައުމު:
ގުޅޭނެ ފޯނު/މޯބައިލް ނަންބަރު:
ހުށަހަޅަން ގަސްތުކުރާ ޢާލާތްތަކާއި ގުޅޭ ކުރު ހުލާސާއެއް:
08 ޖުމާދުލްއާޚިރާ 1443ހ