މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގެ "ހެޑް، އިންވެސްޓްމެންޓް އެންޑް އެޑްވައިޒަރީ ސަރވިސަސް" ގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލުން

މި އޮފީހުގެ "ހެޑް، އިންވެސްޓްމެންޓް އެންޑް އެޑްވައިޒަރީ ސަރވިސަސް" ގެ މަޤާމަށް މީހަކު ހޯދުމަށް 2021 ވަނަ އަހަރުގެ ޑިސެންބަރު 14 ވަނަ ދުވަހު ކުރި ނަންބަރު: ‎216MPAO-CA/IUL/2021/49  އިޢުލާނަށް އެކަށީގެންވާފަދަ ތަރުޙީބެއް ލިބިިފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލާ ވާހަކަ ދަންނަވަމެވެ.

މަޤާމް: ހެޑް، އިންވެސްޓްމެންޓް  އެންޑް އެޑްވައިޒަރީ  ސަރވިސަސް

ޑިޕާޓްމަންޓް:
 އިންވެސްޓްމެންޓް  އެންޑް އެޑްވައިޒަރީ  ސަރވިސަސް

ބޭނުންވާ ޢަދަދު: 01

ވަޒީފާގެ ބާވަތް: ދާއިމީ  ( 01  އަހަރުގެ  ކޮންޓްރެކްޓް، 3 މަހުގެ ޕްރޮބޭޝަނާއެކު، 1 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)

ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)

ތަޢުލީމީ ފެންވަރު ނުވަތަ ޝަރުތު:

  1. އިކޮނޮމިކްސް،ފައިނޭންސް ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާއިން ބެޗެލަރސް ޑިގްރީއެއް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް7) ހާޞިލްކޮށްފައިވުން ނުވަތަ އެއާ އެއްފެންވަރެއްގެ ޕްރޮފެޝަނަލް ސެޓިފިކޭޝަނެއް (ޗާޓަރޑް ފައިނެންޝަލް އެނަލިސްޓް، ސީ.އެފް.އޭ) ހާޞިލްކޮށްފައިވުން.

  1. މަތީގައި ބަޔާން ކޮށްފައިވާ ތަޢުލީމީ ސަނަދު ޙާޞިލުކުރުމަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއަކުން، މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މުސާރަ އާއި އިނާޔަތްތައް:

  • އަސާސީ މުސާރަ: 20,000.00ރ އާއި - 24,000.00 ރ  ދެމެދު (ޙާޞިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުގައި ހޯދާ މާރކްސް އަށް ބިނާކޮށް) 

  • ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 4،500.00 ރ ދެވޭނެއެވެ.

  • މެނޭޖިރިއަލް އެލަވަންސްގެ ގޮތުގައި މަހަކު 4،000.00 ރ ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތައް:

މިމަޤާމުގެ މަސްއޫލިއްޔަތު ތަކުގެ މަޢުލޫމާތު މިއިއުލާނާއެކު އެވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައިވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް  www.pension.gov.mv ގައި އިޢުލާނާއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

މިމަގާމަށް ޝައުގުވެރިވެ ވަޑައިގަންވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިވާ މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ. 

  • މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ) ނުވަތަ އީމެއިލް

  • ފުރިހަމަ ކުރެވިފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" (ފޯމު މިއޮފީހުގެ ވެބްސައިޓް www.pension.gov.mv ގައިވާ އިޢުލާނާއިއެކު ހިމަނާފައި)

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 

  • ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ)  ކޮޕީ 

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިވާ) 

  • ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް

  • ޕޮލިސް ރިޕޯޓް (04 މަސް ނުވާ)

  • ސޮއި ކުރެވިފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" ގައިވާ ޗެކްލިސްޓް 

ނޯޓް:

  • އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

  • މިމަޤާމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

  • މި މަޤާމުގެ ތަޖުރިބާގެ ގޮތުގައި ކަނޑައެޅިފައިވާ 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ބެލޭނީ، ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުންތަކަކުންނެވެ.

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

މިމަޤާމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެމަތިން މާރކްސް ލިބޭ ފަރާތަކަށެވެ.

އިންޓަރވިއު އާއި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާނު 26 ޖަނަވަރީ 2022 އިން 17 ފެބުރުވަރީ 2022  އާއި ދެމެދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު ކުރުމާއި އިމްތިޙާނު އޮންނާނީ، މި އޮފީހުންއިން ކަނޑައަޅާ މެމްބަރުން (މަދުވެގެން 03 މެމްބަރުން) ގެ މައްޗަށް އެކުލެވޭ ޕެނަލްއަކުންނެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ޖަނަވަރީ 2022 އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އެލައިޑް ބިލްޑިންގ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން:  1441 

އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ހުށަހަޅާނަމަ، މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން (އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެއްޗާއިއެކު) ފޮނުވާނީ [email protected] އީމެއިލް އެޑްރެހަށެވެ.)

 

11 ޖަނަވަރީ 2022
ހޯދާ