ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއް ގަހުގެ ވެރިން ހޯދުމަށް

ރުއް ގަހުގެ ވެރިން ހޯދުމަށް

 

މި ރަށުގައި ހިނގަމުންދާ ފެނާއި، ނަރުދަމާގެ މަޝްރޫއުގެ ހޮޅިވަޅުލުމައް ބޭނުންވާ ބައެއް މަގުތަކުގައި ހުރި ރުއްގަހުގެ ވެރިން ހޯދުމަށް ބޭނުންވެއްޖެއެވެ.

 

  1. ގޮނޑުގެ ދެކުނުންއޮތް މަގު
  2. ރަސްމީ ފުޓްބޯޅަ ދަނޑުގެ ދެކުނުން އޮތްމަގު
  3. ރަސްމީ ފުޓްބޯޅަ ދަނޑުގެ އިރުމަތީ މަގު
  4. ރަސްމީ ވޮލީ ކޯޓް އިރުމަތީ މަގު
  5. ވޮލީކޯޓް ދެކުނުމަގު، ހަސްތީ ކިޔާ ގޯއްޗާއި ހަމައަށް
  6. އާރު ކިޔާ ގޯތީގެ ދެކުނުމަގު، އޯކިޑްމާގެއާއި ހަމައަށް
  7. ފުޓްސަލްދަނޑުގެ އުތުރުން އޮތްމަގު، މީމްހާ ގެއާއި ހަމައަށް
  8. ހއ.ވަށަފަރު ޞިއްހީ މަރުކަޒުގެ ހުޅަނގުން އޮތްމަގު
  9. ކާނިގަސްދޮށުގެ އުތުރުން އޮތް މަގު، ކާނިގަސްދޮށުގެއިން ފެށިގެން ވާދީއާއި ހަމައަށް
  10. ސިސިލްފަރު އުތުރުން އޮތް މަގު، ސިސިލްފަރު ގެއިން ފެށިގެން ޖަމުއިއްޔާގޯތި ހުޅަނގުކޮޅާއި ހަމައަށް
  11. ޖަމުއިއްޔާ ގޮޓި ހުޅަނގުން އޮތްމަގު
  12. ޕްރިންސް ކިޔާ ގޯތީގެ ދެކުނައް އޮތް މަގު، ޕްރިންސް ގޯތިން ފެށިގެން ނޫވިލް ގެއާއި ހަމައަށް
  13. ފިނިރޯޅި ގެސްޓްހައުސް އުތުރުން އޮތްމަގު ސިޓީހޮޓާ އާއި ހަމައަށް
  14. މައުވާ ކިޔާގޯތީގެ އުތުރުން އޮތްމަގު ސިތީހޮޓާ އާއި ހަމައަށް
  15. ރިވާ ކިޔާގޯތީގެ އުތުރުން އޮތްމަގު ރިވާ ކިޔާގޯތިންފެށިގެން ވަވެލާކިޔާ ގޯއްޗާއި ހަމައަށް
  16. ފުލްމޫން އެސްކޭޕް ކިޔާގޯތީގެ އުތުރުން އޮތްމަގު، ފުލްމޫންއެސްކޭޕް އިން ފެށިގެން ކައުންސިލް އިދާރާއާއި ހަމައަށް

 

ވީމާ، މި ދަންނަވާ މަގުތަކުގައި ހުރި ރުއްގަސްތަކުގެ ވެރިފަރާތެއްވާނަމަ 2022 ޖަނަވަރީ 18 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ރުއްގަހުގެ ތަފްޞީލް އެނގޭނެ ލިއުމެއް މި ކައުންސިލައް ހުށަހެޅުން އެދެމެވެ.

11 ޖަނަވަރީ 2022
ހޯދާ