މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ބަލަހައްޓަމުން ގެންދާ 16 މިސްކިތާއި 6 ޕާރކްގައި ކުރަންހުރި މަރާމަތުތަކުގެ މަސައްކަތްތައް ކޮށްދޭނޭ ޓެކްނިކަލް ޓީމެއް (ގްރޫޕް2) ހޯދުމަށް ކޮށްފައިވާ ނަންބަރު: IUL)425-A2/1/2021/337) އިޢުލާނާއި ގުޅޭ.

 

މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ބަލަހައްޓަމުން ގެންދާ 16 މިސްކިތާއި 06 ޕާރކްގައި ކުރަންހުރި މަރާމާތުތަކުގެ މަސައްކަތް ކޮށްދޭނޭ ޓެކްނިކަލް ޓީމެއް (ގްރޫޕް2) ހޯދުމަށް، ބޭނުންވެގެން ކޮށްފައިވާ ނަންބަރު IUL)425-A2/1/2021/337) (29 ޑިސެމްބަރ 2021) އިޢުލާނަށް، ބިޑް ހުށަހެޅުމަށް ދެވިފައިވާ ތާރީޙް ތިރީގައިވާ ތާވަލާއި އެއްގޮތަށް ބަދަލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަގުހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާއެއްގޮތަށް މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

އަގު ހުށަހެޅުން

18 ޖެނުއަރީ 2022 (އަންގާރަ)

14:00

އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަން

ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ މަޢުލޫމާތު ސެޝަނަށް ވަޑައިގެން ފަރާތްތަކަށެވެ.

  • އިތުރު މަޢުލޫމާތު: 

-   މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ/4 ވަނަ ފަންގިފިލާ)  އަމީނީމަގު، ފޯން: 3025407   / އީމެއިލް: [email protected]

 

10 ޖަނަވަރީ 2022
ހޯދާ