ކުޑަރިކިލު ސްކޫލް، ބ. ކުޑަރިކިލު
ދިވެހިރާއްޖެ
ސާރވިސް ޗާޓަރ

ސާރވިސް ޗާޓަރ

 

 

 

 

 

 

ކުޑަރިކިލު ސްކޫލް

10 ޖެނުއަރީ 2022

 

ސަރވިސް ޗާޓަރ

ތަޢާރަފް:

މިއީ، ކުޑަރިކިލު ސްކޫލްގެ އިދާރީ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާއި، ޚިދުމަތުގެ ފެންވަރާއި ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށް ޚިދުމަތް ދިނުމުގައި ޢަމަލު ކުރުމަށްޓަކައި އެކުލަވާލާފައިވާ ސަރވިސް ޗާޓަރެވެ.

 

ވިޝަން:

  • ދަރިވަރުންގެ މެދުގައި އިސްލާމްދީނަށް ލޯބިޖައްސައި، ދީނީ ކަންކަމަށް އަޙުލުވެރިކުރުވައި، ޤާނޫނާއި ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށްހިތަންދަސްކޮށްދީ، އެއްކުއްޖަކު އަނެއްކުއްޖެއްގެ މެދުގައި ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު ޢާލާކުރުވުން.
  • ޖިންސުގެ، ޢާއިލީ އަދި ސިޔާސީ ތަފާތު ކުރުމެއްނެތި، ތަޢުލީމީ އަދި އިތުރުހަރަކާތްތަކުގައި މިސްކޫލުގެ ކޮންމެދަރިވަރަކަށްވެސް ހަމަހަމަ ފުރުސަތުތަކެއް ލިއްބައިދިނުން.
  • މިސްކޫލުގެ ކޮންމެދަރިވަރަކީ މުޖުތަމަޢުއަށްފައިދާހުރި ރަނގަޅުރައްޔިތަކަށް ހެދުމަށްޓަކައި ހުރިހާރޮނގަކުން ކުއްޖާތަރައްޤީކުރުން.
  • ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޚާއްޞަ ސަމާލުކަމެއްދީގެން ކިޔަވައިދިނުމާއި އިތުރު ޙަރަކާތްތައް ރާވާ ހިންގުން.
  • އަދުގެ ދުނިޔޭގައި ދިމާވަ ހުރިހާގޮންޖެހުންތަކަކަށް ލޯހުޅުވި، ކެރިގެންކުރިމަތިލުމަށް ޝައުގުވެރިކުރުވުން.

 

މިޝަން:

ސްކޫލުގެ އަމާޒަކީ، އިސްލާމްދީނުގެ ރިވެތި އުސޫލުތަށް ދަރިވަރުންގެ ކިބައިގައި އަށަގަންނުވައި، ޤާނޫނާއި ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށްހިތައި، ޤައުމިއްޔަތުވަންތަކަމާއި ޘަޤާފަތްދިރުވައި، ފަރުވާތެރިކަމާއި އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި، އެންމެ ފެންވަރު ރަނގަޅު ތަޢުލީމެއް ދަރިވަރުންނަށްފޯރުކޮށްދީ، ދިވެއްސަކަށްވީތީވެ، ހިތްވަރާއި ޢަޒުމާއިއެކު މާދަމާގެ ދުނިޔެއަށް ކުރިމަތިލާންކެރޭދަރިންތަކެއްކަން ކަށަވަރުކޮށްދިނުމަށްޓަކައި، އެދަރިވަރަކަށް ލިބިފައިވާ ހުނަރެއް އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމުގެ ފުރުޞަތުހޯދައިދިނުމެވެ.

 

ޚިދުމަތް ދިނުމުގައި ހިފަހައްޓާނެ މައިގަނޑު އަސާސްތައް:

 

  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހިނިތުން ވުމާއިއެކު މަރުހަބާ ކިޔައި، އިޙްތިރާމާއިއެކު މުޢާމަލާތް ކުރުން.
  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ބޭނުންތައް އަޑުއަހައި، ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން.
  • ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުން.
  • ނަޒާޙަތްތެރި ކަމާއިއެކު ހަމަހަމަކަމާއިއެކު ހާމަކަން ބޮޑުގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުން.
  • ޚިދުމަތް ހޯދުމަށް އައި ތަރުތީބަށް އިސްކަންދީގެން ޚިދުމަތް ދިނުން.
  • ފޯނުން ކުރާ މުޢާމަލާތްތަކުގައި އުފާވެރި އަޑަކުން މަޑުމައިތިރިކަމާއި ޢަދަބުވެރިކަމާއިއެކު ރިވެތި ބަހުން ވާހަކަދެއްކުން.

 

އޮފީހުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަގު ޗާޓު

 

#

ޚިދުމަތްތައް

ޚިދުމަތުގެ ފެންވަރާއި މުއްދަތު

އެކަޑަމިކް ސެކްޝަން

އޮފީހުގެ ފޯނަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބު ދިނުން

1

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

  • ރަސްމީ ދުވަސް ދުވަހު ހެނދުނު 8.00 ން 14.00 އަށް ޚިދުމަތް ހޯދަން ގުޅުއްވާ ފަރާތްތަކަށް ޚިދުމަތް ލިބިގަންނަވާނެ.
  • ޚިދުމަތް ހޯދަން ގުޅި ފަރާތުން ބޭނުންވާ ޚިދުމަތެއް އޮޅުންފިލުވައި، ބޭނުންވާ ޚިދުމަތާއި ބެހޭ މުވައްޒަފަކު އެކަމަކާ ގުޅިގެން ދޭންޖެހޭ ޖަވާބެއް ދެވޭނެ.

ޢާއްމު ފަރާތްތަކުން ހުށައަޅާ ސިޓީތަކަށް ޖަވާބުދާރީވުން

2

ޢާއްމު ފަރާތްތައް ހުށައަޅާ ސިޓީތަކަށް ޖަވާބުދާރީވުން

  • ރަސްމީ މަސައްކަތު 03 ދުވަހުގެ ތެރޭގައި ޖަވާބު ނުދެވޭނަމަ، ޖަވާބު ދިނުން ލަސްވާ ސަބަބު އޮޅުންފިލުވައި ދެވޭނެ ، ނުވަތަ ވަގުތީ ޖަވާބެއް ރަސްމީ މަސައްކަތު 03 ދުވަހުގެ ތެރޭގައި ދެވޭނެ.
  • ދައުލަތުގެ އެހެން މުއައްސަސާއަކުން މަޢުލޫމާތު ހޯދައިގެން ޖަވާބު ދެވޭނެ މައްސަލަ ތަކަށް ، ރަސްމީ މަސައްކަތު 03 ދުވަހާއި 10 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޖަވާބު ދެވޭނެ.

އެޕޮއިންޓްމަންޓަށް އެދި ހުށައެޅުން

3

އެޕޮއިންޓްމަންޓަށް އެދި ހުށައެޅުން

  • އޮފީހުގެ ވެރިޔަކާއި ބައްދަލުކުރުމަށް އެދި އެޕޮއިންޓްމަންޓަކަށް އެދިފައިވާނަމަ ، ބައްދަލު ކުރައްވާ ވެރިޔަކު ނިންމަވާ ގޮތެއްގެ މަތިން އެޕޮއިންޓްމަންޓަށް އެދޭ ފަރާތްތަކަށް ގިންވެގެން ރަސްމީ މަސައްކަތު 01 ދުވަހާއި 03 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެއެވެ.

ދަރިވަރުން ރެޖިސްޓަރ ކުރުމަށް ސްކޫލަށް ނަން ފޮނުވުން

4

ދަރިވަރުން ރެޖިސްޓަރ ކުރުމަށް ސްކޫލަށް ނަން ފޮނުވުން

  • ދަރިވަރުންގެ " ރެޖިސްޓްރޭޝަން ފޯމް " ދޫކުރުމާއި ބަލައިގަތުން.

ދަރިވަރުން ސްކޫލްގައި ރެޖިސްޓަރ ކުރުން

5

ދަރިވަރުން ސްކޫލްގައި ރެޖިސްޓަރ ކުރުން

  • ދަރިވަރުންގެ " ރެޖިސްޓްރޭޝަން ފޯމް " ސްކޫލަށް ބެލެނިވެރިޔާ ހުށައެޅުން.
  • ދަރިވަރުންގެ އިންޑެކްސް ނަމްބަރު ދިނުމާއި ރެޖިސްޓަރ ކުރުން.
  • ބެލެނިވެރިންނާއި މަޢުލޫމާތު ޙިއްސާ ކުރުން.

ދަރިވަރުން ސްކޫލުން ވަކިވުން ނުވަތަ ޓްރާންސްފަރވުން

6

ދަރިވަރުން ސްކޫލުން ވަކިވުން ނުވަތަ ޓްރާންސްފަރވުން

  • ދަރިވަރުން ސްކޫލުން ވަކިވުމަށް ނުވަތަ ޓްރާންސްފަރ ވުމަށް ހުށައެޅުން.
  • އެންމެހައި ލިޔެކިއުންތައް ހަމަކުރުމަށްފަހު މެމިސްގެ ތެރެއިން ދަރިވަރު ސްކޫލުން ވަކިކުރުން ނުވަތަ ޓްރާންސްފަރ ކުރުން.

ދަރިވަރުންގެ ތަޢުލީމީ ރެކޯޑްތައް ބެލެހެއްޓުން

7

ދަރިވަރުންގެ ތަޢުލީމީ ރެކޯޑްތައް ބެލެހެއްޓުން

  • ދަރިވަރުންގެ ރެކޯޑްތައް (ކޮންމެ ޓާރމް އެއް ވަކިން) މިމީސްގައި އަދާ ހަމަކުރުން.

ބަޖެޓް ސެކްޝަން

ބިޑް ކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތަކަށް އިޢުލާނު ކުރުން

8

ބިޑް ކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތަކަށް އިޢުލާނު ކުރުން (ސެކިއުރިޓީ ބެލެހެއްޓުން، މަރާމާތާއި ތަކެތި ހޯދުން ފަދަ ކަންކަން)

  • އިޢުލާން ގެޒެޓްކުރުން، ނަންނޯޓު ކުރުމަށް މުއްދަތު  ދިނުން، އެކަމަކަށް މަޢުލޫމާތުތައް އެއްކޮށް ލިޔުމުން އެފަރާތްތަކަށް ދިނުން.
  • ނަންނޯޓު ކުރާ ޝީޓް ތައްޔާރުކުރުން.
  • މަޢުލޫމާތު ހޯދުމަށް އަންނަ ފަރާތްތައް ނަން ނޯޓުކުރާ ޝީޓް ތައްޔާރުކުރުން.
  • ބިޑް ފޮތް ތައްޔާރުކުރުން.
  • މަޢުލޫމާތު ހޯދުމަށް އަންނަ ފަރާތްތަކުގެ ނަން ނޯޓު ކުރާ ޝީޓް ތައްޔާރުކުރުން.

އަހަރީ ބަޖެޓް ތައްޔާރުކުރުން

9

ފައިސާ ބަލައިގަތުން (ޓެބްލެޓް ނުވަތަ އެސެޓެއް ގެއްލިގެން ނުވަތަ އިހުމާލުން ހަލާކުވެގެން ދައްކާ ފައިސާ)

  • ބެލެނިވެރިޔާ ކްލާސް ޓީޗަރަށް ރިޕޯޓްކުރުން، އިންވެންޓްރީ ބަލަހައްޓާ މުވައްޒަފަށް އެންގުން.
  • ޕޮލިސް ރިޕޯޓް އާއިއެކު ކަން ހިނގިގޮތް ބަޔާންކޮށް ސިޓީ ބެލެނިވެރިޔާ ސްކޫލް އޮފީހަށް ހުށައެޅުން.
  • 3 ދުވަސް ތެރޭގައި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބެލެނިވެރިޔާއަށް އެންގުން.

އިމާރާތާއި ތަކެތި ކުއްޔަށް ދޫކުރުން.

10

އިމާރާތާއި ތަކެތި ކުއްޔަށް ދޫކުރުން.

  • ސިޓީއަކުން ސްކޫލަށް ހުށައެޅުން.
  • ތަނާއި ތަކެތި ދޫކުރެވެން އޮތްކަން ނުވަތަ ނޫންކަން އެފަރާތްތަކަށް ލިޔުމުން އެންގުން.
  • ސިޓީ ހުށައަޅާ ތާރީޚުން ފެށިގެން 03 ދުވަސް
  • އެކަމަށް އެދޭ ފޯމް ފުރުން.

ހިއުމަން ރިސޯސް ސެކްޝަން

11

މުވައްޒަފުން ބޭނުންވާ މަޤާމް ތަކަށް އިޢުލާން ކުރުން

  • ސިވިލް ސަރވިސްގެ ޤަވާޢިދާއި އެއްގޮތަށް އިޢުލާން ގެޒެޓް ކުރުން. (އިޢުލާނުގައި ހުށައަޅަން ޖެހޭ ލިޔުންތަކާއި، އެޕްލިކޭޝަން ފޯމްގެ ލިންކް، އައްޔަން ކުރުމުގެ އުޞޫލުގެ ލިންކް އަދި އެޕްލިކޭޝަން ފޯމް ހުށައަޅަންވީ މެއިލް ހިމަނާފައިވުން.)

 

12

ވަޒީފާއަށް އެދި ހުށައަޅާ ފޯމްތައް ބަލައިގަތުން

  • އީމެއިލް މެދުވެރިކޮށް ހުށައެޅިފައިވާ ފޯމްތައް ޗެކްކޮށް ރަސްމީ ބަންދު ނޫން 03 ދުވަހުގެ ތެރޭގައި އިދާރާއަށް ފޯމް ބަލައިގަތް ކަމުގެ ސްލިޕް އީމެއިލްގެ ޛަރިއްޔާއިން އެފަރާތަށް ފޮނުވުން.
  • އިދާރާއަށް ހުށައެޅޭ ފޯމް ބަލައިގަތުމަށް ކަނޑައެޅިފައިވާ ހުރިހާ ގަޑިއެއްގައި ބަލައިގަނެވޭނެ އިންތިޒާމް ހަމަޖެއްސުން އަދި ފޯމް ޗެކްކުރުމަށް ފަހު އިދާރާއަށް ފޯމް ބަލައިގަތްކަމުގެ ސްލިޕް ވަގުތުން އެފަރާތަށް ޙަވާލުކުރުން.
  • ކޮންމެހެން ބޭނުންވާ ލިޔުންތައް ހަމަނުވާނަމަ އިޢުލާންގެ މުއްދަތު ހަމަވުވުގެ ކުރިން އެންގުން.

 

13

ސްކްރީނިންގ މަރުހަލާ

  • ވަޒީފާއަށް އެދި ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ޝަރުތު ހަމަވާ ފަރާތްތަކާއި ޝަރުތު ހަމަނުވާ ފަރާތްތައް ވަކިކޮށް އިދާރާގެ ވެބްސައިޓްގައި ނުވަތަ ގެޒެޓްގައި ޢާއްމުކުރުން.
  • ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކާއި އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް ސަބަބު ބަޔާންކޮށް ލިޔުމުން އެންގުން (އިންޓަވިއު ބޭއްވުމުގެ ކުރިން).

 

14

އިންޓަރވިއު ބޭއްވުން

  • ވަޒީފާގެ އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތައް ކަނޑައެޅުމުން އިންޓަރވިއު ޕެނަލް އެކުލަވާލައި އިންޓަރވިއު ބާއްވާނެ ތާރީޚާއި ގަޑި އަދި ތަން ކެންޑިޑޭޓަށް އެންގުން. އަދި ޕްރެކްޓިކަލްއަށް ތައްޔާރުވާންޖެހޭ ގޮތުގެ މަޢުލޫމާތު ކެންޑިޑޭޓަށް އެންގުން.

 

15

އޭ.ޓޫ ޝީޓް ޢާއްމުކުރުމާއި ޝަކުވާ ހުށައެޅުން

  • އިންޓަރވިއު ބޭއްވުމަށްފަހު ރަސްމީ ބަންދު ނޫން 03 ދުވަހުގެ ތެރޭގައި އޭ.ޓޫ ޝީޓް އިދާރާގެ ވެބްސައިޓްގައި ނުވަތަ ގެޒެޓްގައި ޢާއްމުކޮށް ކޮންމެ ކެންޑިޑޭޓެއްގެ ނަމްބަރ އަށް އެންގުން. އަދި ޝަކުވާއެއް ވާނަމަ އެކަން ހުށައެޅުމަށް ތިން ދުވަހުގެ މުއްދަތެއް ދިނުން.
  • ޝަކުވާ ހުށައެޅުމަށް ދެވިފައިވާ މުއްދަތުގައި ހުށައެޅޭ ޝަކުވާތައް ބެލުމަށްފަހު އެކަން ލިޔުމުން ޝަކުވާ ހުށައެޅި ފަރާތަށްއެންގުން. އަދި ހުށައެޅޭ ޝަކުވާ އާއި ގުޅިގެން އޭ.ޓޫ ޝީޓަށް ބަދަލެއް އައިސްފިނަމަ އިސްލާޙުކޮށް އަލުން ގެޒެޓްގައި ޢާއްމުކުރުން.

 

16

ވަޒީފާ ހަމަޖެއްސުން

  • އޭ.ޓޫ ޝީޓަށް ހުށައެޅޭ ޝަކުވާ ހުށައެޅުމުގެ މުއްދަތުގައި ހުށައެޅޭ ޝަކުވާތައް ބަލައި އެފަރާތްތަކަށް ޖަވާބު ދިނުމަށްފަހު އޭ.ޓޫ ޝީޓުން އެންމެ މަތިން މާރކްސް ލިބުނު ފަރާތަށް އެކަން އަންގައި ލިޔުންތައް ފުރިހަމަކޮށް ވަޒީފާ ހަމަޖެއްސުމަށްޓަކައި ފޮނުވުން.

 

ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި. ފާޑުކިޔުން ހުށައެޅުން

 

  • އޮފީހުންދޭ ޚިދުމަތާއި ގުޅޭގޮތުން ނުވަތަ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނުވަތަ ޚިދުމަތަކަށް ފާޑުކިޔުމުގެ ގޮތުން ހުށައަޅާ ހުށައެޅުންތަކަށް މަރުޙަބާ ކިޔަމުއެވެ. ހުށައެޅުންތައް ފޮނުވާނީ [email protected] މި އީ-މެއިލްގެ ޛަރިއްޔާއިންނެވެ. ނުވަތަ އޮފީހުގެ އިސްބޭފުޅަކަށް އެޑްރެސް ކޮށްފައި ސިޓީއަކުންނެވެ. ހުށައެޅުން ހުށައަޅާ ފަރާތްތަކަށް އެ ހުށައެޅުން ލިބުނުކަން ލަސްވެގެން ރަސްމީ މަސައްކަތު 05 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
  • މީގެއިތުރަށް އޮފީހުގެ ޢާއްމު ނަމްބަރު ކަމުގައިވާ 6600019 އަށް ގުޅުއްވައިގެންވެސް ހުށައެޅޭނެއެވެ.
  • މިފަދަ ހުށައެޅުންތައް ބަލައިގަނެ ވަގުތުން ރަނގަޅު ކުރެވެންހުރި ކަންކަން ރަނގަޅުކޮށް ޚިދުމަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެއެވެ.

 

ފޯނު ނަމްބަރ:6600019

އީ-މެއިލް: [email protected]

ވެބްސައިޓް: ގެޒެޓް

 

 

 

ކުޑަރިކިލު ސްކޫލް

 ބ. ކުޑަރިކިލު ، ދިވެހިރާއްޖެ

10 ޖަނަވަރީ 2022
ހޯދާ