މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ދޮނައެރި ކަނޑޫދޫއިން ބިން ކުއްޔަށް ދޫކުރުން

އިޢުލާން

 ނ.ދޮނައެރި ކަނޑޫދޫއިން ދަނޑުވެރިކަމަށް ބިން ކުއްޔަށްދޫކުރުން 

މިއިދާރާއިން އާއްމުކޮށްފައިވާ "ނ.ދޮނައެރި ކަނޑޫދޫއިން ދަނޑުވެރިކަމަށް ބިން ދޫކުރުމާއި އެދަނޑުބިންތަކުގައި ދަނޑުވެރިކަން ކުރުމާބެހޭ އުސޫލު" ގެދަށުން  ކަނޑޫދޫގައި ދަނޑުހެއްދުމަށް ބިންދޫކުރުމަށްވަނީ ނިންމާފައެވެ.

ވީމާ، ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން  16 ޖެނުއަރީ 2022 ހޯމަ  ދުވަހުގެ 13:00 ކުރިން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އިތުރު މަޢޫލޫމާތު ސާފުކުރެއްވުމަށް ކައުންސިލް އިދާރާގެ ހޮޓްލައިން ނަންބަރު 7897744 ގުޅުއްވުމަށް ދަންނަވަމެވެ.

ކުއްޔަށް ދޫކުރާ ބިންތަކާއިބެހޭ މައުލޫމާތު

  1. ބިން އޮތްތަން: ނ.ދޮނައެރި ކަނޑޫދޫ (ދަނޑުހައްދާ ސަރަހައްދު)
  2. ބިމުގެ ބޮޑުމިން: 5000 (އަކަފޫޓް) ގެ 16 ބިން
  3. ބިމުގައި ކުރެވޭނެ ބޭނުން: ދަނޑުވެރިކަންކުރުމާއި ދިރޭޖަނަވާރު ގެންގުޅުމަށް.
  4. ބިން ކުއްޔަށް ދޫކުރާ މުއްދަތު: 3 އަހަރާއި 6 މަސް
  5. ބިމު ކުލީ: 50ލާރި އަކަފޫޓަކަށް

   ބިން ކުއްޔަށް ހިފާ ފަރާތުގައި ހުންނަން ޖެހޭ ޝަރުޠު:

   ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިކަން ހުރި ވެލިދޫގެ އާއްމު ފަރުދެއް ނުވަތަ ވިޔަފާރިއެއް ކަމުގައިވުން.

                               ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

06 ޖަނަވަރީ 2022
ހޯދާ