ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖުތިމާޢީ ސަރަޙައްދު ސާފުކޮށްބަލަހައްޓާދޭނެ މުވައްޒަފުން ހޯދުމަށް ބޭނުންވެއްޖެ

ރަށުގެ އިޖްތިމާޢީ ސަރަޙައްދުތަކާ ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ބިންތަކާއި މަގުތައް ކުނިކަހައި، ސާފުކުރުމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް އެދޭ ފަރާތްތަކުން ހަމަޖެހިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން އުޞޫލާއި އެއްގޮތަށް މި އިދާރާއަށް ހުށަހެޅުމަށް ދެންނެވީމެވެ.

މަޤާމު.

މަސައްކަތު 

މަޤާމްގެ ނަންބަރު.

-

ބޭނުންވާ ޢަދަދު.

30 (ތިރީސް)

މަޤާމުގެ ގިންތި

 މަސައްކަތު

މަޤާމުގެ ރޭންކް.

ވަގުތީ

މަޤާމުގެ ކްލެސިފިކޭޝަން.

ސަޕޯޓް ސަރވިސް 

ވަޒީފާ އަދާކުރަންޖެހޭ ތަން.

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ.

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން.

 މުނިސިޕަލް ސަރވިސަސް

މުސާރަ.

މަސައްކަތް ކުރާ ގަޑިއަކަށް -/50 (ފަންސާސް ރުފިޔާ)

ސަރވިސް އެލަވަންސް.

-

އެހެނިހެން އެލަވަންސްތައް.

 -

އިތުރު އިނާޔަތްތައް:

-

މަސައްކަތް ކުރަންޖެހޭ ދުވަހާއި ގަޑި

  1. މަސައްކަތް ކުރަންޖެހޭ ދުވަސް: ކޮންމެ ހަފްތާއެއްގެ 2 ދުވަހު.
  2. މަސައްކަތްކުރަންޖެހޭ ގަޑި: ހެނދުނު، ނުވަތަ ޙަވީރު، 2 ގަޑިއިރު.
  3. އަދި ދިމާވާ މުހިއްމު ކަންކަމާ ގުޅިގެން ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރަންޖެހޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް.

  1. ރަށުގެ ބަދަރާއި ރަށުގެ މޫނުމަތީ ސަރަޙައްދު ކުނިކަހައި ސާފު ކުރުމާ އަދި ސާފުކުރަންޖެހޭސަރަޙައްދު ތަކުގައި ހުންނަ ޕްލާސްޓިކް ފުޅިތަކާއި ކުނިތައް ނަގައި ސާފުކުރުން.
  2. މިސްކިތް މަގު މައިދާނާއި ކުޑަކުދިންގެ ޕާކާއި އަދި އެނޫންވެސް އެފަދަ ތަންތަން ކުނިކަހައި ސާފުކުރުން.
  3. ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ސަރުކާރާއި ރައްޔިތުންގެ އިމާރާތް ތަކުގެ ތެރެއިން މަސައްކަތު މީހުން ހަމަޖެހިފައިނުވާ ތަންތަނާއި ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ގޯތިތަކާއި އެ ގޯތިތަކާއި ގުޅިފައިވާ މަގުތައް ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ކުނިކަހައި ސާފުކުރުން.
  4. ކައުންސިލުން ހަދާފައިވާ ތަންނާ ޕާކްތައް ބެލެހެއްޓުމާއި އެފަދަ ތަންތަން ދިރުވާ އާލާކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި އެހީތެރިވުމާއި، ރަށުގެ އިޖްތިމާޢީ ސަރަޙައްދުގައި ހިމެނޭ މަގުތައް ކުނިކަހައި ސާފުކުރުމާ އަދި މަގުތައް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެއްބާރުލުމާއި އެހީތެރިކަން ދިނުން.
  5. އެކި ހަފުލާތަކާ މުނާސަބާތަކާ ރަސްމިއްޔާތުތަކަށް ވަޑައިގަންނަވާ ސަރުކާރުގެ ޓީމުތަކާއި ދިވެހި ދައުލަތުގެ މަތީދަރަޖައިގެ ވެރިންނަށް މަރްޙަބާ ދެންއނެވުމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގައި ކައުންސިލްގެ އިދާރާއަށް އެހީތެރިވެދީ އެފަދަ މަސައްކަތުގައި ޙަރަކާތްތެރިވުން.
  6. ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ދިމާވާ މުހިއްމު، އަދި ކުއްލި ގޮތެއްގައި ދިމާވާ ކަންކަމުގައި ކައުންސިލްގެ އިދާރާއިން އަންގައި ގޮތުގެމަތިން މަސައްކަތް ކުރުން.

ޝަރުޠު

  1. އަސާސީ ތަޢުލީމް ފެންވަރު ހުރި މީހެއްކަމުގައިވުން.
  2. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަދަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން.
  3. އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން.

ހުށައަޅަންޖެހޭ ލިޔުންތައް.

  1. ވަޒީފާއަށް އެދޭކަމުގެ ސިޓީ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ސާފު ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ތައުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި.

1. މި މަޤާމަށް އެދިހުށަހަޅަންޖެހޭނީ: އެދެންޖެހޭނީ: ސިޓީއަކުން.

2. ސުންގަޑި:  16 ޖަނަވަރީ 2022 ވަނަ ދުވަހު، 13:00ގެ ކުރިން އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ފޮނުވުން.

3. ވަޒީފާއަށް އެދޭ ފޯމް ނުވަތަ ސިޓީ ލިޔުންތަކާއެކު [email protected] މެދުވެރިކޮށް އީމެއިލުން ފޮނުވުމުން ބަލައި ގަނެވޭނެއެވެ.

4. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

5. ވަޒީފާއަށް އެދި ހުށަހަލަންޖެހޭ ތަކެތި މެއިލުން ފޮނުވިނަމަ ސުންގަނޑި ހަމަވުމުގެ ކުރިން އެ ތަކެތި މި މި އިދާރާއަށް ލިބިފައިވާކަން އެފަރާތުން ކަށަވަރު ކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު.

1. މި މަޤާމަށްމީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 18 ޖަނަވަރީ 2022 އާއި 24 ޖަނަވަރީ 2022 އާއި ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ.

2. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބުމަށް ދެންނެވީމެވެ.

ޝޯޓް ލިސްޓްކުރުން.

1. މި މަޤާމަށް އެދި ހުށައަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 45 އަށްވުރެ ގިނަ ނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 35 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

2. މިހެންވެ އިންޓަވިއު ކުރުމުގެ ކުރިން ޝޯޓްލިސްޓް ކުރެވުނު ގޮތް އެފަރާތްތަކަށް އެންގޭނެއެވެ.

މާކްސް ދިނުމުގައި ބެލޭނެ މުހިއްމު ދާއިރާތައް.

  1. އަސާސީ ތައުލީމް: %20
  2. މަސައްކަތުގެ ތަޖްރިބާ: %30
  3. އިންޓަވިއު: %35
  4. ޞިއްޙީ ދުޅެހެޔޮކަމާ ރީތި އަޚްލާޤާއި ސުލޫކީ މިންގަނޑު:
  5. ޤާނޫނާއި ޤަވާޢިދު: %5

އޭ ޓޫ ފޯމް އާއްމުކުރުމާއި ޝަކުވާ ހުށަހެޅުން.

  1. އިންޓަވިއު ނިމުމުން އޭ ޓޫ ފޯމް އާމްކުރެވޭނެއެވެ. އަދި ހަމަޖެހިފައިވާ އުޞޫލުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ލިބޭނެއެވެ.
  2. ހުށަހެޅުނު ޝަކުވާތައް ބަލައި އެފަރާތްތަކަށް ޖަވާބު ދެވޭނެއެވެ.  

އިތުރު މައުލޫމާތު.

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މިއިދާރާގެ ނަންބަރު  6500013 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތަކާއި ފޯމާއެކު ހުށަހަޅުއްވާ ލިޔުންތައް އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް މެއިލް ކުރި ނުވަތަ ފޯމްފޮނުއްވި ފަރާތުގެ ޒިންމާއެކެވެ.

 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

06 ޖަނަވަރީ 2022
ހޯދާ