މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކޮންޓްރެކްޓް ސްޓާފް

ވަޒީފާގެ ފުރުޞަތު

މަޤާމު:

ކޮންޓްރެކްޓް ސްޓާފް 

ބޭނުންވާ އަދަދު:

4 (ހަތަރެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، 7 ވަނަ ފަންގިފިލާ،މ. އައިރިސް، ފަރީދީ ގޯޅި، ކ. މާލެ.

މުސާރަ:

ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިން

މަޤާމުގެ ޝަރުޠު:

  1. އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
  2. ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން އެނގުން.
  3. މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތަކަށް ފަރިތަވުން.
  4. އިވެންޓް މެނޭޖްމަންޓް ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  5. ކަނޑު ދަތުރު ފަތުރު ގެ އިވެންޓެއްގައި މަޝްޢޫލުވެ އުޅެވޭނެ ފަރާތަކަށްވުން.
  6. ކޮވިޑް ވެކްސިން 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތަކަށްވުން.
  7. ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

މި ކުންފުނިން 2022 ފެބުރުވަރީ 01 އިން 20 އަށް ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް ބޭއްވުމަށް ހަމަޖެހިފައިވާ "ސަވާދީއްތަ ދަތުރު" ޔޮޓް ރެލީގެ އެންމެހާ އިންތިޒާމްތަކުގައި ޢަމަލީ ގޮތުން މަސައްކަތް ކުރުން.

މުއްދަތު:

23 ޖަނަވަރީ ން 24 ފެބްރުއަރީ 2022  ގެ ނިޔަލަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.

http://mitdc.com.mv/assets/source/docs/New_job_/Application.pdf

  1. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ.
  3. އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
  4. ޕޮލިސް ރިޕޯޓް

ސުންގަޑި:

މަތީގައި ދެންނެވުނު ލިޔެކިޔުންތައް ހަމަކުރެއްވުމަށްފަހު، 13 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން.

 

06 ޖަނަވަރީ 2022
ހޯދާ