ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޕްރޮގްރާމް އޮފިސަރ

ވަޒީފާގެ ފުރުޞަތު

 

މި އެސޯސިއޭޝަންގެ ތިރީގައި މިވާ މަޤާމަށް މީހަކު ހޯދަންބޭނުންވެއެވެ.

މަޤާމް

ޕްރޮގްރާމް އޮފިސަރ

ބޭނުންވާ ޢަދަދު

01 (އެކެއް)

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް

ވަޒީފާ އަދާކުރަންޖެހޭތަން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

މުސާރަ

ދެފަރާތް އެއްބަސްވާ މުސާރައެއް

ޝަރުތު:

 ހ. ޖީސީއީ އޭލެވަލް އިމްތިޙާނުގައި ދެމާއްދާއިން ދަށްވެގެން ސީ ފާސްލިބިފައިވުން އަދި ޖީސީއީ އޯލެވަލްގައި ދަށްވެގެން އިނގިރޭސިން "ސީ" ފާހެއް ނުވަތަ  އެފެންވަރުގެ އެހެން އިނގިރޭސިފާހެއް ލިބިފައިވުމާއެކު އެސްއެސްސީ އިމްތިޙާނުން  ދިވެހިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

ނ. ކުޅިވަރު ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ

 

އިންޓްވިއުކުރުން

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ވީ.އޭ.އެމް އިން ރާވާހިންގާ އެންމެހައި މުބާރާތްތަކާއި ކޯސްތައް އަދި ސެމިނަރ ފަދަ އިވެންޓްތަކުގެ ލިޔެކިޔުމުގެ މަސައްކަތްތައް ބެލެހެއްޓުން.
  2. މުބާރާތްތަކުގެ ޚަރަދުގެ ހިސާބު ބެލެހެއްޓުމާއި ރިކޮންސިލިއޭޝަން ތައްޔާރުކުރުން.
  3. ޓެކްނިކަލް ޑިޕާރޓްމަންޓަށް ލިބޭ ސިޓީތަކަށް ޖަވާބު ދިނުމާއި ފޮނުވަންޖެހޭ ސިޓީ ފޮނުވުން.
  4. މަސައްކަތުގެ ގޮތުން ފައިލް ކުރަންޖެހޭ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  5. އެސޯސިއޭޝަން އަދި ޓެކްނިކަލް ޑިޕާރޓްމަންޓް ގެ އިންވެންޓްރީ ބެލެހެއްޓުން.
  6. އޮފީހުން ޙަވާލުކުރާ އިތުރު މަސައްކަތްތައް ކުރުން.
  7. މުބާރާތްތަކަށް ބޭނުންވާ ތަށި، މެޑަލްސް، ޝީލްޑް، ސެޓްފިކެޓް އަދި ބެނާތައް ހޯދައި ހަމަކުރުން
  8. މުވައްޒަފުން ބޭނުންވާ ތަކެތި ސްޓޮކްއިން ދޫކޮށް، ގަވާއިދުތަކާއި އެއްގޮތަށް ސްޓޮކް މެނޭޖްކުރުން
  9. އެސޯސިއޭޝަންގެ އިމާރާތުގެ އެތެރެއާއި ބޭރު ފޮޅާ ސާފްކޮށް ބަލަހައްޓާކަން ޔަގީން ކުރުން

10. މެންޑޭޓްގައިވާ އެހެނިހެން މަސައްކަތްތައް ޙާސިލް ކުރުމަށް އެސޯސިއޭއޭޝަންގެ މުވައްޒަފުންނާއިއެކު މަސައްކަތްކުރުން

11. އެސޯސިއޭޝަން އިމާރާތުގެ އެތެރެއާއި ބޭރުގެ މެއިންޓަނަންސް ކަންތައްތަކާއި މިނިސްޓްރީގެ ޢިމާރާތްތަކުގައި ބެހެއްޓިފައިވާ އާލާތްތަކަށް ދިމާވެފައިވާ މައްސަލަތައް ކަނޑައެޅިފައިވާ މުއްދަތުގެރޭގައި ޙައްލުކުރެވިފައިވޭތޯ ޗެކްކުރުން

12. އެސޯސިއޭޝަން އަންނަ ލިބޭ ސިޓީ ތަކަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޖަވާބު ފޮނުވުން

13. އެސޯސިއޭޝަން އަށް އަންނަ އަދި ފޮނުވާ ލިޔެކިއުންތަކުގެ ސޮފްޓް އަދި މެނުއަލްކޮށް ފައިލް ކުރުން

14. މުބާރާތްތައް އިއުލާން ކުރުމާއި ބައިވެރިވާ ފޯމުތައް ހަދައި ޓީމް ލިސްޓް ތައްޔާރުކުރުން

 

ހުށަހަޅަންޖެހޭ ލިޔެކިއުންތައް

ހ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް.

 

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

-          މި ވަޒީފާ އަށް އެދި ހުށަހަޅާނީ އެމެއިލް މެދުވަރިކޮށް [email protected] އަށެވެ.

-          ވަޒީފާއަށް އެދޭ ލިޔެކިއުންތައް ހުށަހަޅަންޖެހޭ ސުންގަޑި އަކީ 2022 ޖަނަވަރީ 17 ވާ ހޯމަ ދުވަހުގެ 14:00 އަށެެވެ.

 

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3317015 ފޯނަށް ގުޅުއްވުން އެދެމެވެ

06 ޖަނަވަރީ 2022

 

06 ޖަނަވަރީ 2022
ހޯދާ