އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
އެއަރކަންޑިޝަނަރ ހަރުކުރުން

ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތައް ސްކޫލް އޮފީހުގައި 2 އެއަރ ކަންޑިޝަނަރ ހަރުކުރުން.

  1. މި ސްކޫލްގެ އޮފީހުގައި 2 އެއަރ ކަންޑިޝަނަރ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 ޖަނަވަރީ 11 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އުލިގަމު ސްކޫލަށް އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އީމެއިލުން ހުށަހަޅުއްވާނަމަ [email protected] އަށް އަގު ހުށަހަޅާ ފޯމް ފޮނުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.
  3. މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި، އަގު ހުށަހަޅާ ފޯމް ރަސްމީ ގަޑީގައި ސްކޫލް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ފޯމު ފޮނުވައިދެވޭނެއެވެ.
  4. މި މަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޖަނަވަރީ 10 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އުލިގަމު ސްކޫލުގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ފޯނުން ގުޅުއްވާނަމަ 6500548 ނަންބަރާ ގުޅުއްވުން އެދެމެވެ.
06 ޖަނަވަރީ 2022
ހޯދާ