ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫގައި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫޢޫގެ ދަށުން ނަރުދަމާ ސިސްޓަމްތައް ބަހައްޓަންޖެހޭ ބިންތަކުގައިހުރި ރުއްގަހާއިގުޅޭ؛

ގދ.ހޯނޑެއްދޫގައި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫޢޫގެ ދަށުން ނަރުދަމާ ސިސްޓަމްތައް ބަހައްޓަންޖެހޭ 5 ބިމުގެ ތެރެއިން 3 ބިމެއްގައިހުރި މިއިދާރާއިން 1 އިން 9 އަށް ނަންބަރ ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތްތަކާއި، 1 އިން 2 އަށް ނަންބަރ ޖަހާފައިވާ ހިރުނދުގަސްތަކުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވައެވެ.

ވީމާ، އެސަރަޙައްދުތަކުގައި ހުރި ރުއްތަކުގެ ވެރިފަރާތްތަކުން އެމީހެއްގެ ރުކުގެ ޢަދަދު (ގިނައެއްޗެތިގަންނަ ވަކަރުލާމޮޅުރުއް، ފޯދުނު ރަގަޅުރުއް، ފޯދުނު އާދައިގެރުއް، ފޯދުނު ދެރަރުއް، ނުފޯދޭ ބޮޑުރުއް، ނުފޯދޭ އާދައިގެރުއް، ނުފޯދޭ ކުޑަރުއް) އާއި ހިރުނދު ގަސް (ވަށަމިން ސެންޓިމީޓަރުން ބަޔާންކޮށް) އެގޭނެގޮތަށް 2022 ޖަނަވަރީ 12 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެސަރަޙައްދުތަކުގެ ޗާޓްތައް މިއިޢުލާނާއިއެކު ޢާންމު ކުރީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޖަނަވަރީ 2022
ހޯދާ