ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ރަސްމީ ފާލަން ޞަރަޙައްދުގައި މަސް ބޭނުން މަނާ ކުރުން

އިޢުލާން

 

ތިނަދޫ ރަސްމީ ފާލަން ޞަރަޙައްދުގައި މަސް ބޭނުން މަނާ ކުރުން

 

               ތިނަދޫ ފާލަމުން ފެށިގެން 300 ފޫޓުގެ ސަރކަމްފަރެންސް ސަރަޙައްދުގައި މަސް ބޭނުމަކީ މަނާ ކަމެއްކަމަށް ތިނަދޫ ކައުންސިލުން ނިންމާފައިވާތީ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. އެހެން ކަމުން 05 ޖެނުއަރީ 2022 ވަނަ ދުވަހުން ފެށިގެން މި ދެންނެވި ސަރަހައްދުގައި ތެރޭގައި އެއްވެސް ބާވަތެއްގެ މަސް ބާނައިފިނަމަ ތިނަދޫ ކައުންސިލުން އެކުލަވައި ގެޒެޓް ކޮށްފައިވާ ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދުގެ ދަށުން ތިނަދޫ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ގުޅިގެން މިކަން ކުރާ ފަރާތްތައް -/1000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

05 ޖަނަވަރީ 2022
ހޯދާ