ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ނަޑެއްލާ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް މުވައްޒަފުން ހޯދުން

ގދ. ނަޑެއްލާ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް މުވައްޒަފުން ހޯދުން

މަޤާމް:

ލޭބަރ  

ބޭނުންވާ ޢަދަދު:

03 (ތިނެއް)

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 02 އަހަރުދުވަހުގެ މުއްދަތަށް ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. މިއީ ސިވިލް ސާރވިސްގެ ވަޒީފާއެއް ނޫނެވެ.)

މަޤާމު އޮތް އޮފީސް:

ނަޑެއްލާ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ( ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ )

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނަޑެއްލާ ވޭސްޓް މެނޭޖްމަންޓް ސެންޓަރ 

މަޤާމުގެ މުސާރަ:

6000.00 (ހަހާސް ރުފިޔާ) މަހަކަށް

އިތުރު ގަޑި:

މުސާރައިގެ އިތުރުގަޑީގެ ފައިސާގެ ގޮތުގައި ލިބޭނެއެވެ.

ރަމަޟާން އެލަވަންސް:

ރަމަޟާންމަހުގެ އެލަވަންސްގެ ގޮތުގައި 3000/- (ތިންހާސް) ރުފިޔާ ލިބޭނެއެވެ.

މަސައްކަތުގެ ވަގުތު

ހަފުތާއަކު 06 ދުވަހު ކޮންމެ ދުވަހަކު 6 ގަޑިއިރު (ކައުންސިލުން ނިންމާ ވަކި ގަޑިތަކެއްގައި)

ކޮންމެ ހަފުތާއެކު 01 ދުވަސް އޮފު ދުވަހެއްގެ ގޮތުގައި ލިބޭނެއެވެ.

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތުގެ ހުނަރު އަދި ޤާބިލުކަން ލިބިފައިވުން.
  2. ޢުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދު ޢުމުރުފުރާގެ މީހެއް ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. ކުނީގެ ބާވަތްތަކުގެ ތެރެއިން އަންދާލައިގެން ނައްތާލަންޖެހޭ ތަކެތި ނައްތާލުމާއި، ކުނި އަންދާ ބެޑްތައް ދުވަހުން ދުވަހަށް ސާފުކޮށް ބެލެހެއްޓުން.
  2. ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދާ ކުނި ޑަސްބިންތައް ހުސްކުރުމާއި، ކުނި އަޅަން ޚާއްސަ ކުރެވިފައިވާ ތަންތަނަށް ކުނި ގެންގޮސް ކުނި ޑަސްބިންތައް ހުސްކޮށް ކުނިބައިބައި ކުރުން.
  3. ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ ސައިޓަށް ޖަމާވާ ކުނީގެ ބާވަތްތަކުގެ ތެރެއިން، ރީޔޫސެބަލް އަދި ރީސައިކަލް ކުރެވިދާނެ ކުނި ބައިބަޔަށް ބައިކުރުން.
  4. ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ ސައިޓަށް ޖަމާވާ ކުނީގެ ބާވަތްތަކުގެ ތެރެއިން މެޝިނަރީޒް ބެނުންކޮށްގެން ރެޑިއުސްކުރެވޭ ދަޅާއި ބިއްލޫރިފަދަތަކެތި ރެޑިއުސްކޮށް ބަންޑެލިކޮށް ވަކިކޮށް ޖަމާކޮށް ބެލެހެއްޓުން.
  5. ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އެތެރެއާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބޭރުގައި ވަށައިގެން ފަޅާފައި ހުންނަ ގަސްތައް ނޮޅައި ސާފުކޮށް ބެލެހެއްޓުން.
  6. ކުންޏާއިބެހޭގޮތުން ހަމަޖެހިފައި އޮންނަ އުޞޫލާ ޚިލާފުވާ ފަރާތްތަކުގެ މަޢުލޫމާތު ކައުންސިލްގެ އިދާރާއަށް ދިނުން.
  7. ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ލިބޭގެއްލުންތައް ކައުންސިލްއިދާރާއަށް އެންގުން އަދި ރަނގަޅު ކުރުމަށް މަސައްކަތްކުރުން.
  8. ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ބޭނުން ކުރާ އަދި މަސައްކަތުގައި ގެންގުޅޭ އެންމެހާ ތަކެތި ރައްކާތެރިކަމާއެކު ސާފުކޮށް ބެލެހެއްޓުމާއިއެކު ސެންޓަރުގައި ތިބި އިލެކްޓްރިކް މެޝިނަރީތަށް ކޮންމެ 3 މަހަކުން 1 މަހު ސާފުކުރުމާއިއެކު މެޝިނަރީޒްތަކަށް ތެޔޮ ޖަހައި ބެލެހެއްޓުން.
  9. ކުނި ކަލެކްޓްކުރާ ކަލެކްޓިންގ އޮފިސަރަކު ޗުއްޓީ ނަގައިފިނަމަ ސްޕަވައިޒަރު އަންގާ ގޮތެއްގެމަތިން ގޭބިސީތަކުން ކުނި ކަލެކްޓުކޮށް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދިއުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ސްކޫލް ލީވިންގ ސެޓްފިކެޓް / ލިޔަންކިޔަން ދަންނަ ފަރާތެއްކަން އަންގައިދޭ ލިޔުން.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  5. ލިބިފައިވާ ތަޢުލީމީ އަދި ތަމްރީން ތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  6. އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް އޮތްނަމަ ލައިސަންސުގެ ކޮޕީ.

މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

  (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުޏެއްގައިވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޯކޮށްފައިވާ ލިޔުން.

ނޯޓް: ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި މިހާރު ވަޒީފާ އަދާކުރާ ފަރާތްތަކުން މި ލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ޖަނަވަރީ 2022 ވާ އަދިއްތަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ  [email protected] އެވެ.

ވަޒީފާއަށް މީހުން އައްޔަންކުރުން.

މި ވަޒީފާއަށް މީހުން ހޮވާނީ "ނަޑެއްލާ ކުނި މެނޭޖުކުރާ މަރުކަޒުގެ މުވައްޒަފުންނާބެހޭ އުޞޫލު" ގައިވާ ގޮތުގެ މަތިންނެވެ. ތިރީގައިއެވާ ގޫގުލް ޑުރައިވް ލިންކުން އުސޫލް ލިބިވަޑައިގަންނަވާނެއެވެ.

https://drive.google.com/drive/folders/1VGomdrcFIaLw5ivDtGcRwyvP6uYjRGev?usp=sharing

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު:6840007 ފޯނަށް ގުޅުއްވައިގެންނާއި އީ-މެއިލް މެދުވެރިކޮށް އަދި މި އިދާރާއަށް ޙާޟިރުވެގެން ވެސް މަޢުލޫމާތު ސާފުކުރެވޭނެއެވެ.

05 ޖަނަވަރީ 2022
ހޯދާ