މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ ޚާއްޞަ ކޮމިޓީތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުމާއި ގުޅޭ

މާލެ ސިޓީ ކައުންސިލްގެ ނަންބަރު : (IUL)425-CB/1/2021/143 އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

އެ އިޢުލާނުގައި ބަޔާންކޮށްފައިވާ މާލެ ސިޓީ ކައުންސިލްގެ ޚާއްސަ ކޮމިޓީތަކުގައި ބައިވެރިވުމަށް އެދި ސިޓީ ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 31 އޮގަސްޓް 2021 ވަނަ ދުވަހު 14:00 ގައި ކަމަށް ވީނަމަވެސް ހުރިހާ ކޮމިޓީތަކަށް އެކަށީގެންވާވަރަށް ކޮމިޓީ މެމްބަރުން ހަމަޖެހިފައި ނުވާތީ، މިކައުންސިލްގެ ޚާއްޞަ ކޮމިޓީތަކުގައި ބައިވެރިވުމަށް އެދި ސިޓީ ހުށަހެޅުމުގެ ފުރުސަތު އިތުރު ކޮށްފީމެވެ.

މިގޮތުން މާލެ ސިޓީ ކައުންސިލްގެ ޚާއްޞަ ކޮމިޓީތަކުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 31 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ 14:00 ކުރިން މި ކައުންސިލްގެ އިދާރާއަށް އެކަމަށް އެދި ސިޓީ ހުށަހެޅުއްވުމުގެ ފުރުސަތު އިތުރުކޮށްފީމެވެ.

05 ޖަނަވަރީ 2022
ހޯދާ