ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ކުމުންދޫ ގަބުރުސްތާން ވިނަނޮޅާ ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 05 ޖަނަވަރީ 2022 13:23 ގައި ބާތިލް ކުރެވިފައެވެ.


                                              ނަންބަރު: (IUL)267/267/2022/2

އިއުލާން

 

ހދ.ކުމުންދޫ ގަބުރުސްތާން ވިނަނޮޅާ ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން

                   ހދ.ކުމުންދޫ ގަބުރުސްތާން 1 (އެކެއް) އަހަރުގެ މުއްދަތައް ވިނަނޮޅާ ކުނިކަހާ ސާފުކޮށްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވިމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު، ހުށަހެޅުއްވުން އެދެމެވެ.

                   އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 11 ޖަނަވަރީ 2022 ވާ (އަންގާރަ) ދުވަހުގެ  10:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން، ނުވަތަ މިއިދާރާގެ ނަމްބަރ 6520034 އަށް ގުޅުއްވައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކުން ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށް އެދެމެވެ.

ލިންކް: https://forms.office.com/r/rinxCw0fQi

 

ތަފްސީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުން ގަޑި

11 ޖަނަވަރީ 2022 (ހޯމަ)

10:00

މައުލޫމާތު ދިނުން

11 ޖަނަވަރީ 2022 (ހޯމަ)

13:00

އަންދާސީ ހިސާބު ހުށަހެޅުން

17 ޖަނަވަރީ 2022 (ހޯމަ)

13:00

                   މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުމުންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބް ހުށަހެޅުމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

                   މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.      

                    02   ޖުމާދަލްއާޚިރާ    1443ހ

                    05  ޖެނުއަރީ        2021މ

05 ޖަނަވަރީ 2022
ހޯދާ