ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ޕްރޮކިއުމެންޓް އޮފިސަރ

މި ޓްރައިބިއުނަލްގެ ޕްރޮކިއުމެންޓް އޮފިސަރގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް ކުރެވިފައިވާ ނަންބަރު 55/(IUL)223/1/2021 އިޢުލާނަށް ބަދަލުތަކެއް ގެނެވިފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޙަވާލާދެވުނު އިޢުލާނަށް ތަރުހީބުދީ ކުރިމަތިލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އެޕްލިކޭޝަންތައް މިޢުލާނާގުޅިގެން ބާޠިލް ކުރެވިފައިނުވާތީ އެ ފަރާތްތަކުން އަލުން މިމަޤާމަށް ކުރިމަތިލާން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. 

ޕްރޮކިއުމެންޓް އޮފިސަރ

TAT-127

01

ދާއިމީ

އޮފިސަރ

އެޑްމިން އެންޑް ފައިނޭންސް ސެކްޝަން، ޓެކްސް އެޕީލް ޓްރައިބިއުނަލް

- އަސާސީ މުސާރަ: -/6,000 ރުފިޔާ

- ނޮން ޕްރެކްޓިސިންގ އެލަވަންސް: -/2,400 ރުފިޔާ (އަސާސީ މުސާރައިގެ %40)

- ލިވިންގ އެލަވަންސް: -/3,500 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

  1. ކޮންމެ އަހަރެއް ފެށޭއިރު ޕްރޮކިއުމެންޓް ޕްލޭން ތައްޔާރުކޮށް ޕްރޮކިއުމެންޓް ޕްލޭނާއި އެއްގޮތަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. 
  2. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ގަންނަންޖެހޭ އެންމެހާ މުދާ ގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ޕްރޮކިއު ކުރަންޖެހޭ  މަސައްކަތްތަކާއި ޚިދުމަތްތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 10 ގައިވާ ގޮތުގެ މަތިން ޕޮރިކިއު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  3. ޓްރައިބިއުނަލްގެ މެއިންޓެނެންސް ރަޖިސްޓްރީ ބެލެހެއްޓުމާއި، މެއިންޓެނެންސްއާއި ގުޅޭ މަސައްކަތްތައް މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށް ކުރުވުން.
  4. ޕާރޗޭސް އޯޑަރތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، ބިލްތައް ހަމަޔަށް ލިބޭތޯ ޗެކްކޮށް ބިލްތައް ހޯދުން. އަދި ބިލްތަކާއި ގުޅޭ ލިޔުންތައް ހަމަކޮށް ފައިސާ ދެއްކުމަށްޓަކައި ފައިސާއާއި ބެހޭ ބަޔަށް ފޮނުވުން. 
  5. އެސެޓުގެ ގޮތުގައި ގަންނަ ތަކެތީގެ ތެރެއިން ވޮރަންޓީދީފައިވާ ތަކެތީގެ ލިސްޓް ވަކިން ބެލެހެއްޓުމާއި، ވޮރަންޓީގެ މުއްދަތުގެ ތެރޭގައި މައްސަލައެއްދިމާވޭތޯ ބެލުން.
  6. ބިޑު ޑޮކިއުމެންޓްތައް ތައްޔާރުކުރުމާއި، ބިޑް ބަލައިގަތުމާއި، ބިޑު އިވެލުއޭޓް ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށް ކުރިއަށްގެންދިއުން.
  7. ބިޑް ކޮމިޓީ އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8. ބިޑް ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމާއި ސެކްރެޓޭރިއޭޓް ބެލެހެއްޓުމާއި ބިޑްކޮމިޓީގެ އެންމެހައި މަސައްކަތް ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާއި ހެދިފައިވާ އުޞޫލުތަކާއި އެއްގޮތަށް ކުރުން.
  9. އެކިފަރާތްތަކަށް ފޮނުވާ ސިޓީފަދަ ތަކެތި ލިޔެ ފޮނުވުމާއި ސްކޭންކޮށް ބެލެހެއްޓުމާއި، ފައިލްކުރުން. 
  10. ޓްރިބިއުނަލުން ބާއްވާ އެކިއެކި ޖަލްސާތަކާއި ވޯކްޝޮޕްތަކާއި ސެމިނާރތައް ތައްޔާރުކޮށް ކުރިއަށްގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  11. އޮފީސް ހުޅުވާ ލެއްޕުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
  12. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ޙަވާލުކުރެވޭ މަސައްކަތްތައް ގަވާއިދުތަކާއި އުޞޫލުތަކާއިއެއްގޮތަށް ކުރިއަށްގެންދިއުން.

 މަޤާމަށް ބޭނުންވާ ތަޢުލީމީ ފެންވަރާއި ތަމްރީން

(ހުނަރުވެރިކަމާއި ތަޖުރިބާއާއެކު):

- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓޭޝަން ނުވަތަ ޕްރޮކިއުމެންޓް ދާއިރާއިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 6ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

-  ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓޭޝަން ނުވަތަ ޕްރޮކިއުމެންޓް ދާއިރާއިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަން ޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ޕަބްލިޝް ކުރެވިފައެވެ. އަދި މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެގޭގޮތަށް).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް). 
  4. ތަޢުލީމާއި ތަމްރީނާގުޅޭ ސެޓްފިކެޓްތަކުގެ ކޮޕީ. (ވަޒީފާ ހަމަޖެއްސުމުގެ ކުރިން ވަޒީފާއަށް ހޮވޭ ފަރާތަކުން އެޓެސްޓްކޮށް ހުށަހަޅަންވާނެއެވެ.) 
  5. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން. (ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، ކުރި މައިގަނޑު މަސައްކަތްތަކާއި، ވަޒީފާ އަދާކުރި މުއްދަތާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި ތައްގަނޑު އޮންނަންވާނެއެވެ).
  1. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.)
  2. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

-    އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

-          މިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިޓްރައިބިއުނަލްގެ ނަންބަރު 3015555 ފޯނަށް ގުޅުއްވުން އެދެމެވެ.            

ހުށަހަޅަން ޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ޕަބްލިޝް ކުރެވިފައެވެ. އަދި މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެގޭގޮތަށް).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް). 
  4. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.)
  5. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  6. ތަޢުލީމާއި ތަމްރީނާގުޅޭ ސެޓްފިކެޓްތަކުގެ ކޮޕީ. (ވަޒީފާ ހަމަޖެއްސުމުގެ ކުރިން ވަޒީފާއަށް ހޮވޭ ފަރާތަކުން އެޓެސްޓްކޮށް ހުށަހަޅަންވާނެއެވެ.) 
  7.  ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން. (ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، ކުރި މައިގަނޑު މަސައްކަތްތަކާއި، ވަޒީފާ އަދާކުރި މުއްދަތާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި ތައްގަނޑު އޮންނަންވާނެއެވެ).     

                      އެޕްލިކޭޝަން ހުށަހަޅާނެގޮތް

ތާރީޚާއި ގަޑި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް

(ގ.މާގަހަ، 3 ވަނަ ފަންގިފިލާ)  ނުވަތަ،

ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލްގެ [email protected] އަށް މެއިލްކުރެއްވުން . މެއިލްކުރައްވާނީ ހުރިހާ ޑޮކިއުމެންޓެއް އެއްފައިލެއްގައި PDF ކޮށްފައެވެ. (މެއިލް ކުރެއްވުމަށްފަހު އޮފީހަށް މެއިލް ލިބުނުތޯ ޔަޤީން ކުރުމަކީ ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ)

 

2022 ޖަނަވަރީ 11 ވަނަ ދުވަހުގެ 13:00 ގެ ކުރިން

04 ޖަނަވަރީ 2022
ހޯދާ