ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

މި ޓްރައިބިއުނަލްގެ ފައިނޭންސް އޮފިސަރގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް ކުރެވިފައިވާ ނަންބަރު 54/(IUL)223/1/2021 އިޢުލާނަށް ބަދަލުތަކެއް ގެނެވިފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޙަވާލާދެވުނު އިޢުލާނަށް ތަރުހީބުދީ ކުރިމަތިލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އެޕްލިކޭޝަންތައް މިޢުލާނާގުޅިގެން ބާޠިލް ކުރެވިފައިނުވާތީ އެ ފަރާތްތަކުން އަލުން މި މަޤާމަށް ކުރިމަތިލާން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ.  

މަޤާމް:

ފައިނޭންސް އޮފިސަރ

މަޤާމް ނަންބަރު:

TAT-126

ބޭނުންވާ ޢަދަދު:

01

މަޤާމް ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިން އެންޑް ފައިނޭންސް ސެކްޝަން، ޓެކްސް އެޕީލް ޓްރައިބިއުނަލް

މުސާރަ، ޢިނާޔަތްތަކާއެކު:

- އަސާސީ މުސާރަ: -/6,000ރުފިޔާ

- ނޮން ޕްރެކްޓިސިންގ އެލަވަންސް: -/2,400 ރުފިޔާ (އަސާސީ މުސާރައިގެ %40)

- ލިވިންގ އެލަވަންސް: -/3,500 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މުވައްޒަފުން ނެގުމާއި ވަކިކުރުމާއި ގުޅޭ ގޮތުން ބަޑޭރި ޕޯޓަލް އަދި ސެޕް ސިސްޓަމް ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މުސާރަދިނުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް މުސާރަދިނުން.
  2. ޕާޗޭސް އޯޑަރއާއި ގުޅޭ ބިލްތަކާއި އެހެނިހެން ބިލްތައް ހަމައަށް ލިބޭތޯ ބެލުމާއި، ބިލްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، އޭ.ޕީ މޮޑިއުލްގެ ބިލްތަކަށް ފައިސާ ދެއްކުމަށްފަހު ބިލްތަކުގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް، ފައިސާ ލިބެންޖެހޭ ފަރާތަށް އެފައިސާ ލިބޭތޯ މޮނިޓަރކޮށް ބެލެހެއްޓުން.
  3. ބަޖެޓް ކޮންޓްރޯލް ހެދުމާއި ބަޖެޓް ކޮންޓްރޯލްތަކާއި ގުޅިގެން ބަޖެޓަށް އަންނަ ބަދަލުތައް ދެނެގަތުމާއި، ދުވަހުން ދުވަހަށް ބަޖެޓް އައިޓަމްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  4. ކުރީއަހަރަށް ލަފާކުރާ ބަޖެޓްތައްޔާރުކޮށް ފޮނުވުމާއި، ބަޖެޓުގެ ކޭޝްފްލޯ ތައްޔާރުކޮށް ފޮނުވުން.
  5. ފައިނޭންޝަލް ޕްލޭން އަދި ޕްރޮކިއުމެންޓް ޕްލޭން ހެދުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި ފައިނޭންޝިއަލް ޕްލޭން ތައްޔާރުކުރުން.  
  6. ފައިނޭންޝިއަލް ރިޕޯޓް ތައްޔާރުކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންޖެހޭ ތާރީޚަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް ރިޕޯޓު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  7. ބަޖެޓުން ޚަރަދުކުރެވޭ ގޮތުގެ ކޮމްޕެރިޒަން ހެދުމާއި، ޚަރަދު ކުޑަކުރުމަށް ކުރެވިދާނޭކަންތައްތައްދެނެގަނެ އަދި ބަޖެޓަށްލިބޭ ފައިސާ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރެވޭކަން ޔަޤީންކުރުން.
  8. ޓްރައިބިއުނަލްގެ އިންޓާރނަލް  ކޮންޓްރޯލް ނިޒާމް ޤާއިމްކުރުމަށް ރަނގަޅު ފައިނޭންޝަލް  ސިސްޓަމެއް ޤާއިމްކުރުމަށް  ބޭނުންވާ ޕޮލިސީއާއި  ޕޮރޮސީޖަރތައް  ލިޔުމުގައި އެހީތެރިވެދިނުން.
  9. ޓްރައިބިއުނަލްގެ މާލީހިސާބުތައް އޮޑިޓްކުރުމުގައި އޮޑިޓަރުންނަށް ފެސިލިޓޭޓްކޮށް ދިނުމާއި، އޮޑިޓާގުޅިގެން ޓްރައިބިއުނަލުން ޖަވާބުދާރީވާން ޖެހޭ ކަންކަމުގައި ޖަވާބުދާރީވުމުގައި ޓްރައިބިއުނަލްގެ ކަމާބެހޭ ވެރީންނަށް އެހީތެރިވެދިނުން.
  10. ޕެޓީކޭޝް ފައިސާ ބެލެހެއްޓުމާއި ޕެޓީކޭޝް ފައިސާއާއި ގުޅުންހުރި މަސައްކަތް ކުރުން. 
  11. ތިޖޫރީ ބެލެހެއްޓުމާއި، ތިޖޫރިއާ ގުޅޭ ހަފްތާ ހިސާބު އަދި މަސްދުވަހުގެ ހިސާބު ހަދަންޖެހޭ މުއްދަތުގެ ތެރޭގައި ތައްޔާރުކުރުން.
  12. ކޮންމެ މަހެއް ނިމުމުން އޮޕެން ޕާރޗޭސް އޯޑަރތައް ސެޕްސިސްޓަމުގެ ތެރެއިން ޗެކްކޮށް އެ ޕާރޗޭސް އޯޑަރތަކާއި ގުޅޭ ގުޑްސް/ސަރވިސް ރިސީވްވެފައިވާކަން ކަށަވަރުކުރުމާއި، އަދި އެމަހެއްގައި ލިބިފައިހުންނަ ބިލްތަކަށް މަހުން މަހަށް ފައިސާދެއްކޭކަން ކަށަވަރުކުރުން.
  13. ފައިސާއާބެހޭ ކަންތައްތައްކަމުގައި  ފާހަގަކުރެވޭ އެހެނިހެން ކަންކަން އެޑްމިނިސްޓްރޭޓަރގެ މަޝްވަރާއާއިއެކު ކުރުން.
  14. ފައިސާއާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް ލިޔުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، ރައްކައުތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.
  15. އޮފީސް ހުޅުވާ ލެއްޕުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
  16. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ޙަވާލުކުރެވޭ މަސައްކަތްތައް ގަވާއިދުތަކާއި އުޞޫލުތަކާއިއެއްގޮތަށް ކުރިއަށްގެންދިއުން.

މަޤާމަށް ބޭނުންވާ ތަޢުލީމީ ފެންވަރާއި ތަމްރީން

(ހުނަރުވެރިކަމާއި ތަޖުރިބާއާއެކު):

- އެކައުންޓިންގ، ބިޒްނަސް މެނޭޖްމެންޓް، ބިޒުނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ފައިނޭސް ދާއިރާއަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 6ގެ ސަނަދެއް ނުވަތަ އެއާއި އެއްފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

-  އެކައުންޓިންގ، ބިޒްނަސް މެނޭޖްމެންޓް، ބިޒުނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ފައިނޭސް ދާއިރާއަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 5ގެ ނުވަތަ އެއާއި އެއްފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަން ޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ޕަބްލިޝް ކުރެވިފައެވެ. އަދި މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެގޭގޮތަށް).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް). 
  4. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.)
  5. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  6. ތަޢުލީމާއި ތަމްރީނާގުޅޭ ސެޓްފިކެޓްތަކުގެ ކޮޕީ. (ވަޒީފާ ހަމަޖެއްސުމުގެ ކުރިން ވަޒީފާއަށް ހޮވޭ ފަރާތަކުން އެޓެސްޓްކޮށް ހުށަހަޅަންވާނެއެވެ.) 
  7. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން. (ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، ކުރި މައިގަނޑު މަސައްކަތްތަކާއި، ވަޒީފާ އަދާކުރި މުއްދަތާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި ތައްގަނޑު އޮންނަންވާނެއެވެ).

އެހެނިހެން މަޢުލޫމާތު

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

މިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިޓްރައިބިއުނަލްގެ ނަންބަރު 3015555 ފޯނަށް ގުޅުއްވުން އެދެމެވެ.            

                      އެޕްލިކޭޝަން ހުށަހަޅާނެގޮތް

ތާރީޚާއި ގަޑި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް

(ގ.މާގަހަ، 3 ވަނަ ފަންގިފިލާ)  ނުވަތަ،

ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލްގެ [email protected] އަށް މެއިލްކުރެއްވުން . މެއިލްކުރައްވާނީ ހުރިހާ ޑޮކިއުމެންޓެއް އެއްފައިލެއްގައި PDF ކޮށްފައެވެ. (މެއިލް ކުރެއްވުމަށްފަހު އޮފީހަށް މެއިލް ލިބުނުތޯ ޔަޤީން ކުރުމަކީ ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ)

 

2022 ޖަނަވަރީ 11 ވަނަ ދުވަހުގެ 13:00 ގެ ކުރިން

04 ޖަނަވަރީ 2022
ހޯދާ