ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޗް އާރ އޮފިސަރ

އިޢުލާން

 

                  މި އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ. މިއީ ސިވިލްސާރިވިސްގެ ވަޒީފާއެއް ނޫނެވެ.

                 

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އެޗް އާރ އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

ރޭންކް:

ޖީ.އެސް 3 

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (01 އަހަރު)

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ

މުސާރަ:

4465.00 ރުފިޔާ

މަޤާމް އޮތް އޮފީސް:

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ

ސަޕޯރޓިންގ ކޯ އެލވަންސް:

700.00 ރުފިޔާ

މިނިމަމް ވޭޖް އެލަވަންސް:

1100.00 ރުފިޔާ

ސެކްޝަން

އެޗް އާރ އެންޑް ޑީ (ކޯރޕޮރޭޓިވް އެފެއާރޒް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ،   ގދ. ތިނަދޫ

މަޤާމުގެ ޝަރުތު:

1-     ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ،

2-     މަތީ ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިބަސް ހިމެނޭ ގޮތަށް 2 މާއްދާ އިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

1-     އިދާރާއިން އެކިފަރާތްތަކުން ފޮނުވަންޖެހޭ ސިޓީއާއި މެސެޖުތަކާއި ރިޕޯރޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއެކު މުވައްޒަފުންނާ ގުޅޭ ގޮތުން ޖަވާބު ފޮނުވަންޖެހޭ ލިޔުންތަކަށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ސުޕަރަވައިޒަރުގެ ލަފާގެ މަތިން ޖަވާބު ތައްޔާރުކޮށް ފޮނުވުމާއި ފޮނުވޭ ލިޔެކިޔުންތައް ފަސޭހައިން ފެންނާނޭ ގޮތަކަށް ފައިލްކޮށް ބެލެހެއްޓުން.

2-     ކައުންސިލްގެ އިދާރާގައި މަސައްކަތްކުރާ (ސިވިލްސާރވިސް  އިދާރީ އަދި މިސްކިތު މުވައްޒަފުން، ކައުންސިލަރުން، ކޮންޓްރެކްޓް މުވައްޒަފުން، އިޖުތިމާޢީ ސަރަޙައްދު ބަލަހައްޓާ މުވައްޒަފުން)  އެންމެހާ މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުމާއި ކަނޑައެޅިފައިވާ ތާރީޚަށް ޙާޟިރީ ރިޕޯޓްތައް ތައްޔާރުކޮށް ބަޖެޓް ޔުނިޓަށް ފޮނުވުމާއެކު މުވައްޒަފުންގެ ޗުއްޓީ ތާވަލް ތައްޔާރުކުރުމާއި ޗުއްޓީ ދިނުމާއި ޗުއްޓީގެ ރެކޯރޑުތައް ބެލެހެއްޓުމާ ގުޅޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުމާއި ސުޕަރަވައިޒަރުގެ އިރުޝާދާއެކު ވަޒީފާދިނުމާއި ވަޒީފާއިން ވަކިކުރުމުގެ އެންމެހާ މަސައްކަތްތަކާއި ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުން އެކުލަވާލުމާއި މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.

3-     މުވައްޒަފުންގެ މަސައްކަތްތައް އެޕްރެއިޒް ކުރުމާއި މޮނިޓަރުކުރުމުގައި ސުޕަރަވައިޒަރަށް އެހީތެރިވުމާއި ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމާއި މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުމާއި މަޤާމުގެ ކުރިއެރުމާއި ބޯނަސް ލިބިދިނުމާބެހޭ އެންމެހާ މަސައްކަތްކުރުމާއި މުވައްޒަފުން މަސައްކަތަށް ފަރުވާތެރިވާ މިންވަރަށް ބަލައި އެކަން ފާހަގަކޮށް އިނާމާއި ހަނދާނި ފިލާދެވޭނޭ އިންތިޒާމް ހަމަޖެއްސުން.

4-     މުވައްޒަފުންނަށް ތަމްރީނުގެ ފުރުޞަތުތައް ހޯދައިދިނުމަށް މަސައްކަތްކުރުމާއެކު، މުވައްޒަފުންނަށް އެކި ކަހަލަ ސެމިނާރ ވާރކްޝޮޕް އަދި ކޯސްތަކުގެ ފުރުސަތު ހޯދައިދިނުމަށް ސުޕަރަވައިޒަރގެ އިރުޝާދާއެކު މަސައްކަތްކުރުން.

5-     ކައުންސިލްގެ އިދާރާއިން  ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތައްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުމާއި  މުވައްޒަފަކު އެއްވެސް ބާވަތެއްގެ ޗުއްޓީއެއް ނަގައިފިނަމަ، އެމުވައްޒަފުގެ މަސައްކަތުގެ ތެރެއިން ސުޕަރަވައިޒަރު ޙަވާލުކުރާ މަސައްކަތްތައް ކުރުން.

އެހެނިހެން އިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލްތަކާއި އެއްގޮތަށް އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް

  1. އަސާސީ ޝަރުތު ހަމަވުން – %30
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު - %5
  3. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - %5
  4. އެސެސްމެންޓް (އިމްތިޙާން އަދި ޕްރެކްޓިކަލް) - %25
  5. އިންޓަރވިއު - %35

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއަކު ޖުމުލަ %60 (ފަސްދޮޅަސް އިންސައްތަ) އަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އަދި އިމްތިޙާން އޮންނާނީ، 16 ޖަނަވަރީ 2022  އާއި 18  ޖަނަވަރީ 2022 އާ ދެމެދު، ތިނަދޫ ކައުންސިލްގެ އިދާރާ ގައެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-     ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2-   ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ

3-     ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

4-     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5-     ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ( ([email protected]މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު

މިއިޢުލާނާއި ގުޅިގެން މައުލޫމާތެއް ސާފްކުރައްވުމަށް ގުޅުއްވާނީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ 6842596 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ ( ނަންބަރ: 6841018 ) އެވެ.

03 ޖަނަވަރީ 2022
ހޯދާ