މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭގައި ތަރައްޤީކޮށްފައިވާ 211 ޕާކިންގ ސްލޮޓަށް އެދި ހުޅުވާލާފައިވާ އިޢުލާންތައް ބާތިލް ކުރުމާއި ގުޅޭ.

މާލެ ސިޓީ ކައުންސިލްގެ ނަންބަރ: (IUL)425-B6/1/2021/109 އަދި (IUL)425-B6/1/2021/119 އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން މާލޭގައި ތަރައްޤީކޮށްފައިވާ 211 ޕާކިންގ ސްލޮޓަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ މެދުގައި 05 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ ރޭ ބާއްވަން ހަމަޖެހިފައިވާ ގުރުއަތު ނެގުން ބާތިލް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. ޕާކިންގ ސްލޮޓްތަކަށް ކުރިމަތި ލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި އިދާރީގޮތުން އޮޅުންތަކެއް އަރާފައިވާކަން ފާހަގަކޮށް، ޕާކިންގ ސްލޮޓްތައް ދޫކުރުމުގެ މަސައްކަތް އަލުން އިޢުލާންކޮށްގެން ކުރިޔަށް ގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނަންބަރ: 123-C1/425/2021/15 ސިޓީން އަންގަވާފައިވާތީ، ޕާކިންގ ސްލޮޓަށް ކުރިމަތިލުމަށް ކޮށްފައިވާ އިޢުލާންތައް ބާތިލް ކޮށް އަލުން ޕާކިންގ ސްލޮޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވާ ވާހަކަ އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. މިގޮތުން ހުޅުވާލެވިފައިވާ 211 ޕާކިންގ ސްލޮޓަށް އަލުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ވާހަކަ ދެންނެވީމެވެ.

04 ޖަނަވަރީ 2022
ހޯދާ