Ministry of Higher Education
Maldives
Russian Government Scholarship 2022/2023 (Re-announced)

Russian Government Scholarship 2022/2023 (Re-announced)

މިއީ މި މިނިސްޓްރީން 12 ސެޕްޓެމްބަރ 2021 ގައި ކުރެވުނު Schol/475/2021/196-475(IUL) ނަންބަރު އިޢުލާނާއި ގުޅިގެން ޝަރުތުހަމަވާ ފަރާތެއް ކުރިމަތިލާފައި ނުވާތީ އަލުން ކުރެވިފައިވާ އިޢުލާނެކެވެ. 

1 ފުރުޞަތު

 ކޯހުގެ ފުރުޞަތު

ކޯހުގެ ދާއިރާ ތަކުގެ މަޢުލޫމާތު https://education-in-russia.com  އިން ލިބެން ހުންނާނެއެވެ

ކޯހުގެ ދާއިރާ

ރަޝިއާ

ޤައުމު

ބެޗްލަރސް ޑިގްރީ / މާސްޓަރސް ޑިގްރީ

ކޯހުގެ ލެވެލް

 

ބެޗްލަރސް ޑިގްރީ

1.ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން. (މި މާއްދާ ތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާއާ ގުޅޭ މާއްދާތައް ހިމަނަންވާނެއެވެ.)

2. ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން. (މި މާއްދާ ތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާއާ ގުޅޭ މާއްދާތައް ހިމަނަންވާނެއެވެ). 

3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހަކަށެވެ. 

ހ. CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

ށ. IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި

ނ. TOEFL 550 އިން ފެށިގެން މަތި.

ރ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް.

4. އެމް.ބީ.ބީ.އެސް އަށް ކުރިމަތިލާ ކެންޑިޑޭޓުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވުން.

5. ހުށަހަޅުއްވާ ޔުނިވަރސީޓީން ކޯހާއިގުޅިގެން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

 

މާސްޓަރސް ޑިގްރީ

1. ހުށަހަޅުއްވާ ކޯހަކާއި ގުޅޭ ދާއިރާ އަކުން ބެޗްލަރސް ޑިގްރީ ޙާސިލް ކޮށްފައިވުން.

2. ހުށަހަޅުއްވާ ޔުނިވަރސީޓީން ކޯހާއިގުޅިގެން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

 

އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1.ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެފަހުގެ އެހީއަށްފަހު،  މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 (ދޭއް) އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 (އެކެއް ޕޮއިންޓް ފަހެއް) އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 (އެކެއް) އަހަރު

2. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން.

 

ކޯހުގެ ޝަރުތު:

 

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅުއްވަން ޖެހޭ ތަކެތި.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).

3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4. ޕާސްޕޯޓް ޑޭޓާޕޭޖް ކޮޕީ.

5. މެޑިކަލް ސެޓްފިކެޓް ( އެޗް.އައިވީ ވައިރަސް ނެތްކަން އަދި ޢާއްމު ސިއްޙީ ހާލަތު)

6. ކޯހަށް އެދޭ ޔުނިވަރސިޓީގެ ވެބްސައިޓުގައި ކޯހާއި ގުޅޭގޮތުން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާގުޅޭ ލިޔުން.

7. ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތް ކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތް ކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

8. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް.

9. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

10. ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ޙަވާލުވާނަމަ، ޙަވާލުވާ ފަރާތުގެ ލިޔުން.

 

ހުށަހަޅަންޖެހޭ ތަކެތި

 

 

- މި ސްކޮލަރޝިޕަށް ހޮވޭ ކެނޑިޑޭޓުގެ ކޯސްފީ ފިޔަވައި އެހެން ހުރިހާ ޚަރަދެއް ހަމަޖައްސަން ޖެހޭނީ ކެނޑިޑޭޓު އަމިއްލައަށެވެ.

- މި ސްކީމްގެ ދަށުން ހަމަޖެހޭ ކޯސްތަކުގައި ކިޔަވަން ހަމަޖެހިފައިވަނީ ރަޝިއާ ބަހުންނެވެ. އަދި ކޯސް ފެށުމުގެ ކުރިން ރަޝިއާ ބަސް 1 އަހަރު މުއްދަތައް ކިޔެވުމުގެ ފުރުޞަތު ދަރިވަރަށް ލިބޭނެއެވެ.

- މި ސްކޮލަރޝިޕަށް ނޮމިނޭޓްކުރާ ކެނޑިޑޭޓުން އޮންލައިންކޮށް އެޕްލިކޭޝަން ހުށައެޅުމަށް މި މިނިސްޓްރީން އަންގާނެއެވެ.

- އެޕްލިކޭޝަން ހުށަހަޅާ ކޯހާއި، ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ކޯހެއްތޯ ކަށަވަރު ކުރައްވަންވާނެއެވެ.

- މި އިޢުލާނާއި ގުޅިގެން ކޯހަށް ހުށަހަޅުއްވާ ކޮންމެ ކެނޑިޑޭޓަކުވެސް ހުށަހަޅުއްވަންވާނީ އެންމެ ކޯހަކަށެވެ.

-  ކޯހަށް އެދި ހުށަހަޅުއްވާ ކެނޑިޑޭޓަކީ، އިޢުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއް ކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާއި އެއްފެންވަރުގެ ކޯހެއް ފުރިހަމަކުރާ ކެނޑިޑޭޓަކަށްވެގެން ނުވާނެއެވެ.

- ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓަކަށް މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަނޭޅޭނެއެވެ.

- އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

- މި މިނިސްޓްރީ ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑިޕޯލްޓެއް ނެތި އެލޯނެއް ގަވާއިދުން އަނބުރާ ދައްކަމުންދާ ފަރާތަކަށް ފުރުޞަތު ދެވޭނީ، ޑިފޯލްޓެއްނެތި ގަވާއިދުން ލޯން ދައްކާ ފަރާތްތަކުގެ ތެރެއިން، ކުރިން ކިޔެވި ލެވަލްއަށްވުރެ މަތީ ލެވަލްއެއްގެ ކޯހެއް ކިޔެވުމަށާއި، އަދި ކޯހުގައި ކިޔަވާ މުއްދަތުގައިވެސް، ގަވާއިދުން ލޯނު ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދޭނެކަން ލިޔުމުން ހުށަހަޅާ ފަރާތްތަކަށެވެ.

- މި މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ކެންޑިޑޭޓަކަށް ހޯދައެއްނުދެވޭނެއެވެ.

- މި މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. މިގޮތަށް ޕޮއިންޓްދޭގޮތުގެ ތަފްޞީލު މި މިނިސްޓްރީގެ ވެބްސައިޓްގައި ވާނެއެވެ.

- އެހެން ސްކޮލަރޝިޕަކަށް ހޮވިފައިވާ ކެނޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

- ބެޗްލަރސް ޑިގްރީ ކޯސްތަކަށް ހުށަހަޅާ ކެނޑިޑޭޓުންގެ ތެރެއިން، އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ކެންޑިޑޭޓަކު ހޮވުމުގައި ބައިވެރިވެފައިވާ ހުރިހާ މާއްދާތަކަށް (އެޗް.އެސް.ސީ އިމްތިހާނުގެ އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ބެލެވޭނެއެވެ.

- މާސްޓަރސް ޑިގްރީ ކޯސްތަކަށް ހުށަހަޅާ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ކެންޑިޑޭޓު ހޮވުމުގައި ބެޗްލަރސް ޑިގްރީ ނިންމުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތުގެ ދިގުމިނަށެވެ.

- ހުށަހަޅުއްވާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކުރައިޓީރިއާ މިމިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، އެތަނެއްގެ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ.

- އެދިވަޑައިގަންނަވާ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.

- ކިޔެވި ޔުނިވަރސިޓީން ސެޓްފިކެޓް ދޭ ދުވަސް ޖެހުމުގެ ކުރިން ބޭނުން ކުރެއްވުމަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ސެޓްފިކެޓެއް/ ލިޔުމެއް ސެޓްފިކެޓްގެ ބަދަލުގައި ހުށަހަޅާނަމަ، އެއާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓެއް ހުށަހަޅުއްވަންވާނެއެވެ.

- ހުށަހަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ (ޕްރޮވިޝަނަލް ކަމުގައި ވިޔަސް) ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރައްވާފައެވެ.

- އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.

- ކޯހަށް ހޮވޭ ފަރާތްތަކާއި މި މިނިސްޓްރީއާއިމެދު ވެވޭ އިޤްރާރާއި އެއްގޮތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރަންވާނެއެވެ.

- ކޯހަކަށް އެދި ހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 (ހައެއް) މަސްދުވަސް ވަންދެން މި މިނިސްޓްރީން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.

- ކޯހަށް ނޮމިނޭޓްވެއްޖެކަން މިމިނިސްޓްރީން އަންގާފަހުން ކޯސް ދޫކޮށްލައިފިނަމަ، "މަތީ ތަޢުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުޞަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދުގައްޔާއި ޚިދުމަތް ނުކުރާ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

- "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހަޅުއްވާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓުން އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިނިސްޓްރީން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރު ކުރައްވާފައި ބެހެއްޓެވުން އެދެމެވެ.

- އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

- މި ސްކޮލަރޝިޕްއާއި ގުޅޭ އިތުރު މަޢުލޫމާތު https://education-in-russia.com  އިން ލިބެން ހުންނާނެއެވެ.

- ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ކެންޑިޑޭޓުންނަށް މުހިއްމު މަޢުލޫމާތު ކަމުގައިވާ ކޯސްތަކަށް ކެންޑިޑޭޓުން ހޮވުމަށް ޕޮއިންޓްދޭ ގްރޭޑިން ކްރައިޓީރިއާއި، ނޭޝަނަލް ޓްރެއިނިންގް ނީޑްސް ލިސްޓާއި، ސްޓައިޕެންޑް ޝީޓާއި، އަދިވެސް އެފަދަ ލިޔުންތައް މި މިނިސްޓްރީގެ ވެބްސައިޓުގެ ރިސޯސަސް ޓެބުން ލިބެން ހުންނާނެއެވެ.

އިތުރު      މަޢުލޫމާތު:

ސުންގަޑި: 11 ޖަނަވަރީ 2022 ވާ އަންގާރަ ދުވަހު 10:30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި  3026947 / 3026966 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.  އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

 

03 January 2022
ހޯދާ