މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނިން ޔުނީފޯރމުތަކެއް ހައްދަން ބޭނުންވެއްޖެ

 

 

1.   ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު 

މި ކުންފުނިން ޔުނީފޯރމުތަކެއް ހައްދަން ބޭނުންވެއްޖެއެވެ. މިކަމާ ބެހޭ މަޢުލޫމާތުދިނުން ތިރީގައިވާ ތާރީޚުގައި އޮންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ބިޑް/ޕްރޮޕޯރސަލް ހުށައެއް ނޭޅުއްވޭނެއެވެ. އަދި މިކަމަށް ކުރިމަތިލައްވާ ފަރާތްތަކަށް ބޭނުންވާ ޢާންމު މަޢުލޫމާތު މި ޢިއުލާނުގައި ވާނެއެވެ.

 

2.      މަޢުލޫމާތު ދިނުން: ތާރީޚް: 11 ޖެނުއަރީ 2022 (އަންގާރަ)  ގަޑި:  14:00

އެޑްރެސް/ތަން: މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 8ވަނަ ފަންގިފިލާ

 

2.1 ބިޑް ޕްރޮޕޯރސަލް ހުށަހެޅުން: ތާރީޚް: 17 ޖެނުއަރީ 2022 (ހޯމަ)  ސުން ގަޑި:.14:00

އެޑްރެސް/ތަން: މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 8ވަނަ ފަންގިފިލާ

 

3. މާރކްސް ދެވޭ ކްރައިޓީރިއާތަކާއި ދެވޭ މާރކްސް:

3.1 ފޮތީގެ ކޮލިޓީއަށް – 10 ޕޮއިންޓް

3.2 މުއްދަތުގެ އަވަސް މިނަށް (މުއްދަތު ހުށަހަޅާނީ ވަށައިގެންވާ ހުރިހާ ޙާލަތްތަކަށް ރިޢާޔަތްކޮށްފައެވެ.) – 35 ޕޮއިންޓް

3.3 އެންމެ ހެޔޮ އަގަށް (ހުށަހަޅާ އަގަށް ބަދަލެއް ނުގެނެވޭނެއެވެ.) – 50 ޕޮއިންޓް

3.4 ލޯކަލް ފަރާތަކަށް ވާނަމަ – 5 ޕޮއިންޓް

  

4. ބިޑް ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް

4.1 ކުންފުންޏެއް ނަމަ އިސްފަރާތަކީ ވޭތުވެ ދިޔަ ފަސްއަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިވާ ފަރާތަކަށް ނުވުން އަދި ވަކި ފަރުދެއް ނަމަވެސް ވޭތުވެ ދިޔަ ފަސް އަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިވާ ފަރާތަކަށް ނުވުން.

4.2 ޕްރޮޖެކްޓްއާ ގުޅޭ މަސައްކަތް ކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށްވުން.

4.3 ޕްރޮޖެކްޓާ ގުޅޭ މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށް ވުން

 

5. ބިޑް ޑޮކިއުމެންޓާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް

  5.1 ކޮމްޕެނީ ޕްރޮފައިލް އާއި ކޮމްޕެނީ ރަޖިސްޓްރޭޝަން، ވަކި ފަރުދެއް ނަމަ މުއްދަތު ހަމަ ނުވާ އައިޑީ ކާރޑް ކޮޕީ

  5.2 ޓެކްސް ކްލިއަރެންސް ރިޕޯރޓް

  5.3 ޢިއުލާން ކުރެވޭ ޕްރޮޖެކްޓާ ގުޅުން ހުރި މުދަލާ ޚިދުމަތް ދިނުމަށް ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުން.

  5.4 ބިޑް ހުށަހަޅާފަރާތުން ސޮއިކޮށްފައިވާ "ޑިކްލަރޭޝަން އޮން އެތިކަލް ކޮންޑަކްޓް އެންޑް ފްރޯޑް އެންޑް ކޮރަޕްޝަން" އިޤްރާރު  ފޯރމު.

 

6. ބީލަން ބާތިލުވުމާ ބެހޭ މަޢުލޫމާތު

6.1 ދޮގުމަޢުލޫމާތު ދީފައިވާ ބީލަންތައް

6.2 ޕްރޮޖެކްޓާ އެކަށީގެން ނުވާ ބޮޑު އަގުތައް ހުށަހެޅުން

6.3 ހުށަހަޅާ ޕްރޮޕޯރސަލްގެ ކޮލިޓީ ދައްވުން

6.4 ބީލަން ހުށަހެޅުމަށް ޝަރުތު ފުރިހަމަ ނުވާ ފަރާތަކަށް ވުން.

6.5 "ޑިކްލަރޭޝަން އޮން އެތިކަލް ކޮންޑަކްޓް އެންޑް ފުރޯޑް އެންޑް ކޮރަޕްޝަން" އިޤްރާރުގައި ސޮއިކުރުމަށް ދެކޮޅު ހެދުން.

 

7. ބީލަން ކާމިޔާބު ކުރާ ފަރާތާ އެކު ހެދޭ އެއްބަސްވުމުގައި ހިމެނޭނެ ބައެއް މުހިއްމުކަންކަން.

 7.1 ބިޑް ކާމިޔާބުކުރުމަށްފަހު ކުންފުނީގެ އިހުމާލެއް ނެތި މަސައްކަތް ހުއްޓާލައިފިނަމަ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު  ނެގޭނެ ގޮތް

 7.2 މަސައްކަތް ލަސްވާ ދުވަސްތަކަށް ގެއްލުމުގެ ބަދަލު ނަގާނެކަން

 7.3 މަތީގައިވާ ކަންކަމުގެ އިތުރުން މުހިއްމު ކަންތައްތައް އެއްބަސްވުމުގައި ހިމެނޭނެ.

 

8. އިތުރު މަޢުލޫމާތު.

  8.1 ބީލަމަށް ނުހޮވޭ ފަރާތްތަކަށް އެކަން އެންގުމުން، ރަސްމީ ފަސް ދުވަހުގެ ތެރޭގައި ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ.

  8.2   ބިޑް ހުށަހަޅަންވާނީ ދިވެހި ރުފިޔާއިން.

  8.3 ބިޑަށް ހޮވޭ ފަރާތާއެކު މުޢާމަލާތު ކުރުމަށް ދަތިވެއްޖެނަމަ (ފޯނަށް ޖަވާބު ނުދިނުން،ކޯލްބެކް ނުކުރުން، މެސެޖަށް ޖަވާބު ނުދީ ލަސްވުން، އީމެއިލްއަށް ޖަވާބު ނުދީ ލަސްވުން ފަދަ) މައްސަލަތަކުގެ ސަބަބުން ކޮންޓްރެކްޓް ހެދުމަށް ދަތިތައް ދިމާވާނަމަ ބިޑަށް ހޮވުނު ފަރާތް ކެންސަލް ކުރުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

  8.4 ރާއްޖޭގައި ފެހުމުގެ މަސައްކަތް ކުރާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. 


03 ޖަނަވަރީ 2022
ހޯދާ