ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2022 ވަނަ އަހަރު ތަކަންދޫ އިޖްތިމާޢީ ސަރަހައްދު ކުނިކަހާ މުވައްޒަފުން ހޯދުން

 

ވަޒީފާގެ ފުރުޞަތު

 

މަޤާމް:

މަސައްކަތު (ވަގުތީ)

މަސައްކަތް ކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

ހިއުމަންރިސޯސް ސެކްޝަން

އެލަވަންސް:

-/3000 ރުފިޔާ

ބޭނުންވާ ޢަދަދު:

10 (ދިހައެއް)

އަސާސީ ޝަރުތު:

1- ލިޔަންކިޔަން ދަތުން ، ނުވަތަ

2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން،

މަޤާމުގެ މަސްޢޫލިއްޔަތު:

  •  ތަކަންދޫ ބަނދަރާއި ރަށްވަށައިގެން ހިމެނޭ އިޖްތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކުރުން.
  •  ކައުންސިލް އިދަރާ އިން ބޭނުންވެގެން ހިންގާ ރަށުތެރެ ސާފުކުރުމުގެ ޕްރޮގުރާމްތަކުގައި އެހީތެރިވެދިނުން.
  •  ސަރުކާރުގެ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 3 ގަޑިއިރު ކުނިކެހުމުގެ މަސައްކަތް ކުރުން
  •  ޙާއްސަ މުނާސަބަތުތަކާއި ގުޅިގެން އިދާރާއިން އަންގާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

1- ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

2- ކުނިކެހުމުގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރެވޭ ފަދަ ޤާބިލް ކަންހުރި މީހެއްކަމުގައިވުން.

3- ސަރުކާރު ވަޒީފާއެއް އަދާކުރާ މީހެއްކަމުގައި ނުވުން.

  • އިންޓަރވިއު: މިމަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ އިންޓަރވިއު އޮންނަ ތާރީޚެއް މިއިދާރާ އިން އަންގާނެ ވާހަކަ ދަންނަވަމެވެ
  • އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން: 17 ޖަނަވަރީ 2022 ވާ )ހޯމަ( ދުވަހުގެ 13:00 ކުރިން ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ އަށެވެ
 
  • ހުށައަޅަންޖެހޭ ލިޔުންތައް

1)  ފުރިހަމަކޮށްފައިވާ އެޕްލިކެޝަން ފޯމް

2)  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް

މިއިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6500034 ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

 

03 ޖަނަވަރީ 2022
ހޯދާ