މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހުރަވީ ސުކޫލުގެ ގުރޭޑް1-9 އަށް ދަރިވަރުން ވެއްދުމަށް ގުޅޭ

 

މިނިސްޓްރީ އޮފް އެޑިޔުކޭޝަން            

    މާލެ، ދިވެހިރާއްޖެ

 

                                                 ނަންބަރު: (IUL)22-E/22/2022/1

އިޢުލާން

ހުރަވީ ސުކޫލުގެ ގުރޭޑް1-9 އަށް ދަރިވަރުން ވެއްދުމަށް ގުޅޭ

2021-2022 ވަނަ ދިރާސީ އަހަރުގެ ދެވަނަ ޓާމުން ފެށިގެން ހުރަވީ ސުކޫލުގައި ތިރީގައި މިދަންނަވާ ގުރޭޑްތަކަށް ތިރީގައިވާ އަދަދުތަކަށް ޖާގަ ދިނުމަށްވަނީ ހުޅުވާލެވިފައެވެ. ދަރިވަރުން ސުކޫލަށް ވެއްދުމުގައި ބަލާނީ ކުދިން ސުކޫލަށް ވައްދަން އެދި ފޯމް ހުށަޅަޅާފައިވާ ތަރުތީބުންނެވެ.

ގްރޭޑް 1 – 32

ގްރޭޑް 2 – 64

ގްރޭޑް 3 – 64

ގްރޭޑް 4 – 64

ގްރޭޑް 5 – 32

ގްރޭޑް 6 - 64

ގްރޭޑް 7 - 192

ގްރޭޑް 8 - 224

ގްރޭޑް 9 - 224

 

ވީމާ، ދަރިވަރުން ސަރުކާރު ސްކޫލަކަށް ވައްދަން / ސްކޫލު ބަދަލު ކުރަން އެދޭ ފޯމު (https://myoffice.moe.gov.mv/forms/id/2) ހުށަހެޅުއްވުން އެދެމެވެ.

 

 

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

30 ޖުމާދަލްއޫލާ 1443 

3 ޖަނަވަރީ 2022

 

03 ޖަނަވަރީ 2022
ހޯދާ