އއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް

މި މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު: (IUL)GS40/2021/25 (01 ޑިސެންބަރ 2021) އިޢުލާނަށް ކުރިމަތިލީ ފަރާތްތަކުގެ ޝަރުތު ފުރިހަމަ ނުވާތީ، އެއިޢުލާން ބާތިލުކޮށް އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.

  • މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ޖަނަވަރީ 03 އިން 2022 ޖަނަވަރީ 12 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 12:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. 
  • މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޖަނަވަރީ 12 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • މިބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2022 ޖަނަވަރީ 13 ވާ ބުރާސްފަތި ދުވަހުގެ 9:00 ގައި މި މަރުކަޒުގައި އޮންނާނެއެވެ.
  • ބިޑް ހުޅުވުން އޮންނާނީ 2022 ޖަނަވަރީ 18 ވާ އަންގާރަ ދުވަހުގެ 12:00 ގައި މި މަރުކަޒުގައި އޮންނާނެއެވެ.  
  • ބީލަމަށް ކުރިމަތިލެވޭނެ ފަރާތްތައް

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

  •  ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.
  •  ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
  •  ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
  •  އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
  • ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އއ.އަތޮޅު ތަޢުލީމީ މަރުކަޒު

އއ.ރަސްދޫ ، ދިވެހިރާއްޖެ.

ފޯން:  6660020

އީ-މެއިލް: [email protected]

03 ޖަނަވަރީ 2022
ހޯދާ