ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އިންޓާރނުން ހޯދުން

އިޢުލާން

މި އޮތޯރިޓީގައި އިންޓަރނުންގެ ގޮތުގައި މަސައްކަތްކުރުމަށް ތިރީގައި މިދަންނަވާ ގޮތަށް މީހަކު ބޭނުންވެއެވެ.

މައިގަނޑު މަސައްކަތް:

  • ރިފަރަލް އެންޑް މޮނިޓަރިންގ ޑިޕާޓްމަންޓްގެ ދަށުން ބަލަހައްޓާ ޑޭޓާބޭސްއަށް ޑޭޓާ އެންޓްރީ ކުރުން
  • ރިފަރަލް އެންޑް މޮނިޓަރިންގ ޑިޕާޓްމަންޓްގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

ބޭނުންވާ ޢަދަދު:

  • 2 (ދޭއް)

ޝަރުތު:

  • މަތީ ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތައް؛
  • ރާއްޖެއާއި ނުވަތަ ރާއްޖެއިން ބޭރުގައި ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ތެރޭގައި ހިމެނޭ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ 6 (އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ފައުންޑޭޝަން ޑިގްރީ) ނުވަތަ 7(ބެޗްލަރސް ޑިގްރީ) ގެ ސަނަދެއް ހާސިލުކޮށްފައިވާ ނުވަތަ ހާސިލުކުރަމުންދާ ދަރިވަރަކަށްވުން؛
  • ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރުން؛
  • މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތަކަށް ފަރިތަވެ، ބޭނުންކުރަން އެނގުން (ވޯޑް، އެކްސެލް، ޕަވަރޕޮއިންޓް، ޕަބްލިޝަރ ފަދަ އެފްލިކޭޝަންތައް)؛
  • 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ތަޖުރިބާގެ ގޮތުގައި ޑޭޓާ އެންޓްރީ ކުރުން، ރިސާޗް އެކްސްޕީރިއަންސް، ނުވަތާ މައިގަނޑު މަސައްކަތާއި ގުޅުންހުރި އެހެނިހެން ތަޖުރިބާ ބަލައިގަނެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ވަގުތު:

  • ހަފްތާއަކު މަދުވެގެން 20 ގަޑިއިރު.

މުއްދަތު:

  • 3 (ތިނެއް) މަސް

އެލަވަންސް:

ތަޢުލީމު

މަސައްކަތުގެ ތަޖުރިބާއާ ނުލައި ދެވޭ އެލަވަންސް (ގަޑިއަކަށް ދެވޭ އެލަވަންސް، ރުފިޔާއިން)

މަސައްކަތުގެ ތަޖުރިބާއާއެކު ދެވޭ އެލަވަންސް (ގަޑިއަކަށް ދެވޭ އެލަވަންސް، ރުފިޔާއިން)

އޭ ލެވެލް

15

20

ޑިޕްލޮމާ (ލެވެލް 5)

20

25

އެޑްވާންސްޑް ޑިޕްލޮމާ/ 25 30 އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ )ލެވެލް 6)

25

30

ބެޗްލަރސް ޑިގްރީ (ލެވެލް 7)

35

40

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

  • ފުރިހަމަ ކުރައްވާފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު؛
  • ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  • ކޯސް ފުރިހަމަކުރަމުންދާ ދަރިވަރުން ކޯސް ފުރިހަމަކުރާކަމުގެ ލިޔުން؛
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަނަވަރު (ކަރިކިއުލަމް ވީޓާ).

 

ވީމާ، މި އޮތޯރިޓީގައި އިންޓަރނެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަކުރައްވާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 10 ޖަނަވަރީ 2022 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އިންޓަރނެއްގެ ގޮތުގައި މަސައްކަތްކުރުމަށް އެދޭ ފޯމް މި އިޢުލާނާއިއެކު ގެޒެޓުކުރެވިފައިވާނެއެވެ، ނުވަތަ މި ފޯމް މި އޮތޯރިޓީގެ ވެބްސައިޓްގެ ތިރީގައިވާ ލިންކުން ޑައުންލޯޑު ކުރެވޭނެއެވެ.

 

http://www.fpa.gov.mv/uploads/downloads/Internship_Application_Form.pdf

 

ނޯޓް: އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

02 ޖަނަވަރީ 2022
ހޯދާ