ކެނދިކުޅުދޫ ސްކޫލް
ދިވެހިރާއްޖެ
2022 ވަނަ އަހަރު ސްކޫލުގެ ސެކިޔުރިޓީ ބަލަހައްދައިދޭނެ ފަރާތެއް ހޯދުން

2022 ވަނަ އަހަރު މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްޓަކައި 2 ޑިސެންބަރ 2021 ވަނަ ދުވަހު ކުރެވުނު މި ސްކޫލުގެ (IUL)GS-67/2021/022 ނަންބަރު އިޢުލާނަށް އެކަށީގެންވާ އަގެއްގައި އަންދާސީ ހިސާބު ހުށަހެޅިފައިނުވާތީ މިފުރުސަތު އަލުން ހުޅުވާލީމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 5 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ 12.00 ގެ ކުރިން ސްކޫލް އޮފީހަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރި ވާ ހުރިހާ ފަރާތްތަކަށްވެސް ބިޑް ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ. ރެޖިސްޓްރީ ކުރުމަށް ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.

  1. ރަޖިސްޓްރީ ވާ ފަރާތުގެ ނަން
  2. ރެޖިސްޓްރީ ނަންބަރ
  3. އީ މެއިލް އަދި ގުޅޭނެ ފޯން ނަންބަރ

މި ބިޑާ ގުޅޭ މައުލޫމާތު ޝެޝަން އޮންނާނީ 5 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ 12:00ގައި ކެނދިކުޅުދޫ ސްކޫލްގައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ 12 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ 12:00ގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި ކެނދިކުޅުދޫ ސްކޫލްގައެވެ. ކަނޑައެޅިފައިވާ ތާރީޚް ގެ ކުރިން ރެޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން 13:00 އަށް 6560546 ނަންބަރު ފޯނާއެވެ.

01 ޖަނަވަރީ 2022
ހޯދާ