މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ ކައުންސިލްގެ ބެލުމުގެދަށުގައި ހުރި ބައެއް ތަންތަނަށް ކަރަންޓް ކޭބަލް އެޅުމަށް ކޯރު ކޮނުމާއިބެހޭ.

 

 

އިޢުލާން

ހެނބަދޫ ކައުންސިލްގެ ބެލުމުގެދަށުގައި ހުރި ބައެއް ތަންތަނަށް ކަރަންޓް ކޭބަލް އެޅުމަށް ކޯރު ކޮނުމާއިބެހޭ.

                 ހެނބަދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މަސްޖިދުލް އައްވާބީ އާއި މަސްޖިދުލް ނޫރު އާއި ހިނަވާގެ އަދި ރަނިކަނބާ ރެސްޓޯރެންޓަށް ކަރަންޓް ކޭބަލް އެޅުމަށް ކޯރު ކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން  މި އިދާރާއިން ކޮށްފައިވާ އިޢުލާން ނަންބަރު IUL)285-D/285/2021/65) އާއި ގުޅިގެން ހުށަހަޅުއްވާފައިވާ އެސްޓިމޭޓްތަކުގެ އަގުތައް އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 03 ޖެނުއަރީ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 ޖެނުއަރީ 2022ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކަށް މި އިޢުލާނާގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވާފައިވާ ފަރާތެއްކަން އެނގޭނެ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި  މި އިޢުލާނާގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ރެޖިސްޓްރީގެ ކޮޕީއެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ރެޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

                      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                               24 ޖުމާދަލްއޫލާ 1443

                               28 ޑިސެމްބަރ 2021

                                       

                                                           

 

 

 

28 ޑިސެންބަރު 2021
ހޯދާ