ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ވާދޫ ކައުންސިލްގެ 2022 ވަނަ އަހަރުގެ ސެކިއުރިޓީ ބެލެހެއްޓުން

 

އިޢުލާން

ނަންބަރ:

 (IUL)421/421/2021/40

ތާރީޚް

‏ 26 ޖުމާދިލްޢޫލާ 1443

 30 ޑިސެމްބަރ 2021

 

 

ގދ.ވާދޫ ކައުންސިލްގެ އިދާރާގެ 2022 ވަނައަހަރުގެ ސެކިއުރިޓީ ބެލެހެއްޓުން.

 

01 ޖެނުއަރީ 2022 އިން 31 ޑިސެމްބަރ 2022 ގެނިޔަލަށް ގދ.ވާދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެންކުރި މިއިދާރާގެ ނަންބަރ:(IUL)421/421/2021/36 (07 ޑިސެމްބަރ 2021 ) ގެ އިޢުލާނާ ގުޅިގެން އެކަށީގެންވާ ޢަދަދަކަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ،މިޚިދުމަތް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 30 ޑިސެމްބަރ 2021 އިންފެށިގެން 09 ޖެނުއަރީ 2022 އާއި ދެމެދު ބީލަމުގައި ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި ސަރުކާރު ބަންދުނޫން ދުވަސް ތަކުގައި މިއިދާރާގެ ފޯނުނަންބަރު 6840005 އާއި ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން ރަޖިސްޓްރީ ކުރެވޭނެއެވެ. އެގޮތުން ރަޖިސްޓްރީވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމެނޭގޮތަށް ރަޖިސްޓްރީވުމަށް ހުށަހަޅަންވާނެވެ.

  1. ކުންފުނި / އިންވެސްވެސްޓްމަންޓް،ފަރުދުންގެ ވިޔަފާރީގެ ނަން
  2. މަސްޢޫލުވާ ފަރާތުގެ ނަން
  3. ކުންފުނި / އިންވެސްވެސްޓްމަންޓް،ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރ
  4. އީމެއިލް އެޑްރެސް
  5. ގުޅޭނެ ފޯނުނަންބަރ

           މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 2014/19 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ. އަދި ދަންނަވަމެވެ. މިއިޢުލަނާ ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާ އެކު ދިވެހިރާއްޖޭގެ ގެޒެޓްގައި ޝާއިޢުކުރެވިފައި ހުންނާނެވެ.

އަންދާސީ ހިސާބް ހުށަހެޅުން

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބު ހުށަހެޅުން

 11 ޖެނުއަރީ 2022

ހޯމަ

13:00

 

 

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.                                                                                                                                                                  

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

                                                          ޙަސަން ޢަބްދުﷲ

                                                         ކައުންސިލްގެ ރައީސް

30 ޑިސެންބަރު 2021
ހޯދާ