ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަރުން ހޯދުމަށް

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އަންހެން އެގުޒަމިނަރުން ބޭނުންވެއްޖެއެވެ.

 

  • ބޭނުންވާ ޢަދަދު:2  ( ދޭއް )

      ޝަރުތު:  

  • ލިޔަންކިޔަން އެނގުން.
  • އޭޒޯންގެ ޑްރައިވިންގ ލައިސަންސްAO,A1,B1  ކެޓަގަރީ އޮތް މީހަކު ކަމުގައިވުން.
  • މި އިދާރާގެ މުވައްޒަފަކު ކަމުގައި ނުވުން.
  • ފާއިތުވި ފަސްއަހަރު ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން.( 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް )
  • ފަސް އަހަރު ވެފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޑްރައިވިންގ ލައިސަންސް އޮތުން.
  • ޑްރައިވިން ސްކޫލެއްގެ ޙިއްޞާ އޮންނަ ފަރާތެއްކަމުގައި ނުވުން.

 

އެގުޒަމިނަރުކަން ކުރައްވާ ފަރާތްތަކަށް ދުއްވާކޮންމެ އޭ ކެޓަގަރީގެ އުޅަނދަކަށް -/35 ރ (ތިރީސްފަސް ރުފިޔާ) ބީ، ކެޓަގަރީގެ އުޅަނދަކަށް -/50 ރ (ފަންސާސް ރުފިޔާ)ގެ އެލަވަންސެއް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، އައިޑީކާޑް ކޮޕީއާއެކު 2022 ޖަނަވަރީ 13 ވާ ބުރާސްފަތި ދުވަހު 12:00ގެ ކުރިން މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

30 ޑިސެންބަރު 2021
ހޯދާ