ހުރާ ސްކޫލް، ކ.ހުރާ
ދިވެހިރާއްޖެ
ސާވިސް ޗާރޓާ - ހުރާ ސްކޫލް

ސަރވިސް ޗާޓަރ

ތަޢާރަފް

މިއީ، މި ސްކޫލުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޙިދުމަތް ދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާއި ، ޚިދުމަތުގެ ފެންވަރާއި ކަނޑައަލާފައިވާ އުޞޫލުތަކާއި އެއްގޮތަށް ޚިދުމަތްދިނުމުގައި ޢަމަލުކުރުމަށްޓަކައި އެކުލަވާލާފައިވާ ސަރވިސް ޗާޓަރެކެވެ.

ތަސައްވަރު

މިސުކޫލުގެ ތަސައްވަރަކީ ދަރިވަރުންގެ ހިތުގައި އުނގެނުމަށް ލޯބިޖެއްސުމެވެ.

އަމާޒު

މިސްކޫލުގެ އަމާޒަކީ ކޮންމެ ދަރިވަރަކަށްވެސް ރައްކާތެރި އަދި ފަހި މާހައުލެއްގައި ، އިސްލާމީ ރިވެތި އުޞޫލުތަކާއި ރިވެތި އަޚުލާޤާއި އަދި ކާމިޔާބުކަމާއި އެކު ތައުލީމު ހާޞިލުކުރުމުގެ ފުރުޞަތު ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމެވެ.  

ޚިދުމަތްދިނުމުގައި ހިފަހައްޓާނެ މައިގަނޑު އަސާސްތައް

  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހިނިތުންވުމާއިއެކު މަރުޙަބާ ކިޔައި، އިޙުތިރާމާއިއެކު މުޢާމަލާތްކުރުން
  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ބޭނުންތައް އަޑުއަހައި، ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން.
  • ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފުން ގުޅިގެން މަސައްކަތްކުރުން.
  • ނަޒާހާތްތެރިކަމާއިއެކު ހަމަހަމަކަމާއިއެކު ހާމަކަށް ބޮޑު ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުން.
  • ޚިދުމަތް ހޯދުމަށް އައި ތަރުތީބަށް އިސްކަންދީގެން ޚިދުމަތްދިނުން.
  • ފޯނުން ކުރާ މުޢާމަލާތްތަކުގައި އުފާވެރި އަޑަކުން މަޑުމައިތިރިކަމާއި އަދދަބުވެރިކަމާއެކު ދިވެހިބަހުން ވާހަކަ ދެއްކުން.

#

ޚިދުމަތްތައް

ޚިދުމަތުގެ ފެންވަރާއި މުއްދަތު

 

އެކަޑެމިކް ސެކްޝަން

 

އޮފީހުގެ ފޯނަށް އަންނަ ފޯނުކޯލުތަކަށް ޖަވާބުދިނުން

1

އޮފީހުގެ ފޯނަށް އަންނަ ފޯނުކޯލުތަކަށް ޖަވާބު ދިނުން

  • ރަސްމީ ދުވަސްދުވަހު ހެނދުނު 6:30 ން މެންދުރު 14:00ށް ޚިދުމަތް ހޯއްދަވަން ގުޅުއްވާ ފަރާތްތަކަށް ޙިދުމަތް ލިބިވަޑައިގަންނަވާނެއެވެ.
  • ޚިދުމަތް ހޯއްދަވަން ގުޅިފަރާތުން ބޭނުންވާ ޚިދުމަތެއް އޮޅުން ފިލުވައި ، ބޭނުންވާ ޚިދުމަތާއިބެހޭ މުވައްޒަފަކަށް ކޯލް ޕާސްކުރުން ، ނުވަތަ އެކަމަކާއި ގުޅިގެން ދޭންޖެހޭ ޖަވާބެއް ދިނުން.

އާއްމު ފަރާތްތަކުން ހުށައަޅާ ސިޓީތަކަށް ޖަވާބުދާރީވުން

2

އާއްމު ފަރާތްތަކުން ހުށައަޅާ ސިޓީތަކަށް ޖަވާބުދާރީވުން

  • ރަސްމީ 3 ދުވަހުގެ ތެރޭގައި ޖަވާބު ނުދެވޭނަމަ ، ޖަވާބު ދިނުން ލަސްވާ ސަބަބު އޮޅުން ފިލުވައިދެވޭނެ، ނުވަތަ ވަގުތީ ޖަވާބެއް ރަސްމީ 3 ދުވަހުގެ ތެރޭގައި ފޯރުކޮށްދެވޭނެ.
  • ދައުލަތުގެ އެހެން މުއައްސަސާއަކުން މައުލޫމާތު ހޯދައިގެން ޖަވާބު ދެވޭނެ މައްސަލަތަކަށް، ރަސްމީ މަސައްކަތު 3 ދުވަހާއި 15 ދުވަހާއި ދެމެދުގެ މުއްދަތެއްގައި ޖަވާބު ދެވޭނެއެވެ.

ދަރިވަރުން ސްކޫލުގައި ރަޖިސްޓަރ ކުރުން

4

ދަރިވަރުން ސްކޫލުގައި ރަޖިސްޓަރ ކުރުން

  • ދަރިވަރު ސްކޫލަށް ވެއްދުމަށް އެދޭ ފޯމް / ދަރިވަރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމަށް އެދޭ ފޯމް ސްކޫލަށް ބެލެނިވެރިޔާ ހުށައެޅުން
  • ދަރިވަރުންގެ މައުލޫމާތު މީމިސްއަށް އެޅުން / މީމިސް މެދުވެރިކޮށް ޓްރާންސްފަރ އަށް އެދުން
  • ދަރިވަރަށް އިންޑެކްސް ނަންބަރ ދިނުމާއި ސްކޫލުގައި ރަޖިސްޓަރ ކުރުން
  • ބެލެނިވެރިޔާއާއި މައުލޫމާތު ޙިއްސާ ކުރުން
  • ދަރިވަރުންގެ ރެޖިސްޓްރޭޝަން ފޯމް މިސްކޫލުން ލިބެން ހުންނާނެއެވެ.

ދަރިވަރުން ސްކޫލުން ވަކިވުން

5

ދަރިވަރުން ސްކޫލުން ވަކިވުން

  • އެހެން ސްކޫލަކަށް ބަދަލުވާ ދަރިވަރުން "ދަރިވަރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމަށް އެދޭ ފޯމް" ބަދަލުވާ ސްކޫލަށް ހުށައެޅުމާއި މީމިސް އިން ޓްރާންސްފަރ އަށް އެދުން .
  • ގްރޭޑް 10 ނިމި ސްކޫލުން ވަކިވާ ދަރިވަރުން ލީވިންގ ސެޓްފިކެޓްއަށް އެދި ފޯމް ހުށައެޅުން
  • ރަސްމީ 3 ދުވަހުގެ ތެރޭގައި ލީވިންގ ސެތްފިކެޓް ނިންމައި ދަރިވަރު ސްކޫލުން ވަކިކުރުން
  • ލީވިންގ ސެޓްފިކެޓް އަށް އެދޭ ފޯމް މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.   

ދަރިވަރުންގެ ތަޢުލީމީ ރެކޯޑްތައް ބެލެހެއްޓުން

6

ދަރިވަރުންގެ ތައުލީމީ ރެކޯޑް ބެލެހެއްޓުން

  • ދަރިވަރުންގެ ރެކޯޑްތައް ފައިލްކޮށް ބެލެހެއްޓުން
  • ކޮންމެ ޓާމަކު ދަރިވަރުންގެ ތައުލީމީ ރެކޯޑްތައް އަދާހަމަ ކުރުން

ބަޖެޓް ސެކްޝަން

ބިޑް ކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތަކަށް އިޢުލާން ކުރުން

7

ބިޑް ކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތަކަށް އިޢުލާން ކުރުން ( ސެކިޔުރިޓީ ބެލެހެއްޓުމާއި ، މަރާމާތާއި ތަކެތި ހޯދުން ފަދަ ކަންކަން ) 

  • އިޢުލާން ގެޒެޓް ކުރުން ، ނަންނޯޓް ކުރުމަށް މުއްދަތުދިނުން
  • ނަންނޯޓްކުރާ ޝީޓް ތައްޔާރުކުރުން
  • މަޢުލޫމާތަށް އަންނަ ފަރާތްތައް ނަންނޯޓްކުރާ ޝީޓް ތައްޔާރުކުރުން
  • ބިޑްފޮތް ތައްޔާރުކުރުން
  • ބިޑް ޚުލާސާ ޝީޓް ތައްޔާރުކުރުން
  • ޚުލާޞާ ޝީޓުގެ ކޮޕީ ހާޒިރުވި ފަރާތްތަކަށް ދިނުން

އަހަރީ ބަޖެޓް ތައްޔާރުކުރުން

8

ފައިސާ ބަލައިގަތުން ( ލީވިންގ ސެޓްފިކެޓް ހަދައިދީގެން ނުވަތަ ޓެބްލެޓް ނުވަތަ އެސެޓެއް ގެއްލިގެން ނުވަތަ ހަލާކު ކޮށްލައިގެން ނުވަތަ އިހުމަލުވެގެން ދައްކާ ފައިސާ)

  • ބެލެނިވެރިޔާ ކްލާސްޓީޗަރަށް، ރިޕޯޓްކުރުން، އިންވެންޓްރީ ބަލަހައްޓާ މުވައްޒަފަށް އެންގުން.
  • ޕޮލިސް ރިޕޯޓާއި އެކު ކަންހިނގިގޮތް ބަޔާންކޮށް ސިޓީ ބެލެނިވެރިޔާ ސްކޫލް އޮފީހަށް ހުށަހެޅުން.
  • 5 ދުވަސް ތެރޭގައި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބެލެނިވެރިޔާއަށް އެންގުން.

 

 

9

އިމާރާތާއި ތަކެތި ކުއްޔަށް ދޫކުރުން.

  • ސްކޫލުން ދޫކުރާ ފޯމެއްފުރާ ހުށަހެޅުން.
  • ތަނާއި ތަކެތި ދޫކުރެވެން އޮތްކަން ނުވަތަ ގިނަވެގެން 3 ދުވަހުގެ ތެރޭގައި ޖަވާބު ދިނުން.
  • ފޯމާއެކު ފައިސާ ބަލައިގަތުން، ތަންދޫކުރުން.
  • ތަނަ/ތަކެއްޗާ ސްކޫލުން ހަވާލުވާއިރު، ގެއްލުމެއް ލިބިފައިވާނަމަ ބަދަލުގެނައުން.

 

 

10

ބެޖް، ފަދަ ތަކެތި ގެއްލި ނުވަތަ ހަލާކުވުމުން ދައްކާ ފައިސާ ބަލައިގަތުން.

  • ގެއްލި ނުވަތަ ހަލާކުވެއްޖެނަމަ ބެލެނިވެރިޔާ ކްލާސްޓީޗަރަށް ރިޕޯޓްކުރުން. އެއަށްފަހު ފައިސާ ދެއްކުމަށް އެންގުން.
  • ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބެލެނިވެރިޔާއަށް އެންގުން.

 

 

11

ލީވިންގ ސެޓްފިކެޓް އަށް ފައިސާ ދެއްކުން

  • ލީޑިވިން ސެޓްފިކެޓް އަށް އެދި ރެޖިސްޓަރ ބެލެނިވެރިޔާ ސްކޫލަށް ހުށައެޅުން، ސްޓޫޑެންޓް އެފެއަރޒް އިން ބަޖެޓު ސެކްޝަނަށް އެންގުން.
  • ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބެލެނިވެރިޔާއަށް އެންގުން.

 

12

ކޭމްޕް ، ޔުނީފޯމް ފަދަ ތަކެއްޗަށް ފައިސާ ބަލައިގަތުން

  • ލީޑިންގ ޓީޗަރ މެދުވެރިކޮށް ބެލެނިވެރިންނަށް ސްލިޕް  ދިނުން.
  • ބަޖެޓް ސެކްޝަންނުން ހަވާލުވެ ހުންނަ މުވައްޒަފަކާއި ލިސްޓް ހަވާލުކުރުން.
  • ލިސްޓްގައިވާ ގޮތުގެ މަތިން ފައިސާބަލައިގަނެ ރަސީދު ދިނުން.

 

 

13

ބޭނުންވާ އިމާރާތާއި ތަންތަނާއި ތަކެތި

  • ސީނިއަރ މެނޭޖްމެންޓްގެ މަޝްވަރާގެ މަތިން، ސްކޫލަށް ބޭނުންވާ ކަންކަމުގެ ލިސްޓް އެކުލަވާލުން.
  • ކަމާގުޅުންހުރި ފަރާތްތަކުގެ މަޢުލޫމާތާއި އިރުޝާދުގެ ދަށުން ބަޖެޓެއް އެކުލަވާލުން. (ޢީޑީއެމަށް) ހުށައެޅުން.

 

ހިއުމަން ރިސޯސް ސެކްޝަން

 

14

މުވައްޒަފުން ބޭނުންވާ މަޤާމްތަކަށް އިއުލާންކުރުން

  • ސިވިލް ސަރވިސްގެ ޤަވައިދާއި އެއްގޮތަށް އިޢުލާން ގެޒެޓް ކުރުން. (އިޢުލާންގައި ހުށައަޅަންޖެހޭ ލިޔުންތަކާއި، އެޕްލިކޭޝަން ފޯމްގެ ލިންކް، އައްޔަންކުރުމުގެ އުސޫލުގެ ލިންކް އަދި އެޕްލިކޭޝަން ފޯމް ހުށައަޅަންވީ މެއިލް ހިމަނާފައިވުން.)

 

15

ވަޒީފާއަށްއެދި ހުށައަޅާ ފޯމްތައް ބަލައިގަތުން

  • އީމެއިލް މެދުވެރިކޮށް ހުށައެޅިފައިވާ ފޯމްތައް ޗެކްކޮށް ރަސްމީ ބަންދުނޫން 1 ދުވަހުގެތެރޭގައި އިދާރާއަށް ފޯމް ބަލައިގަތްކަމުގެ ސްލިޕް އީމެއިލްގެ ޛަރީއާއިން އެފަރާތަށް ފޮނުވުން.
  • އިދާރާގެ ކައުންޓަރަށް ހުށައެޅޭ ފޯމް ބަލައިގަތުމަށް ކަނޑައެޅިފައިވާ ހުރިހާ ގަޑިއެއްގައި ބަލައިގަނެވޭނެ އިންތިޒާމް ހަމަޖެއްސުން އަދި ފޯމް ޗެކްކުރުމަށްފަހު އިދާރާއަށް ފޯމް ބަލައިގަތްކަމުގެ ސިލިޕް ވަގުތުން އެފަރާތަށް ހަވާލުކުރުން.
  • ކޮންމެހެން ބޭނުންވާ ލިޔުންތައް ހަމަނުވާނަމަ އިއުލާންގެ މުއްދަތު ހަމަވުމުގެކުރިން އެންގުން.

 

 

16

ސްކްރިނިންގ މަރުހަލާ

  • ވަޒީފާއަށް އެދި ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތު ހަމަނުވާ ފަރާތްތައް ވަކިކޮށް އިދާރާގެ ވެބްސައިޓުގައި ނުވަތަ ގެޒެޓުގައި އާއްމުކުރުން.
  • ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކާއި އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް، ސަބަބު ބަޔާންކޮށް ލިޔުމުން އެންގުން ( އިންޓަރވިއު ބޭއްވުމުގެ ކުރިން )
  •  

 

17

އިންޓަރވިއު ބޭއްވުން

  • ވަޒީފާގެ އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތައް ކަނޑައެޅުމުން އިންޓަރވިއު ޕެނެލް އެކުލަވާލައި އިންޓަރވިއު ބާއްވާނޭ ތާރިޙަކާއި ގަޑި އަދި ތަން ކެނޑިޑޭޓަށް އެންގުން. އަދި  ޕްރެކްޓިކަލްއަށް ތައްޔާރުވާންޖެހޭ ގޮތުގެ މަޢުލޫމާތު ކެންޑިޑޭޓަށް އެންގުން.

 

18

އޭޓޫ ޝީޓް އާއްމުކުރުމާއި ޝަކުވާ ހުށައެޅުން

  • އިންޓަރވިއު ބޭއްވުމަށްފަހު ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އޭޓޫ ޝީޓް އިދާރާގެ ވެބްސައިޓްގައި ނުވަތަ ގެޒެޓުގައި އާއްމުކޮށް ކޮންމެ ކެންޑިޑޭޓަކަށް އެކެނޑިޑޭޓެއްގެ ނަނަބަރ އެންގުން އަދި ޝަކުވާއެއްވާނަމަ އެކަން ހުށައެޅުމަށް ތިން ދުވަހުގެ މުއްދަތެއް ދިނުން.
  • ޝަކުވާ ހުށާއެޅުމަށް ދެވިފައިވާ މުއްދަތުގައި ހުށައެޅޭ ޝަކުވާތައް ބެލުމަށްފަހު އެކަން ލިޔުމުން ޝަކުވާ ހުށައެޅި ފަރާތަށް އެންގުން، އަދި ހުށައެޅޭ ޝަކުވާއާއި ގުޅިގެން އޭޓޫ ޝީޓަށް ބަދަލެއް އައިސްފިނަމަ އިސްލާހުކޮށް އަލުން އިދާރާގެ ވެބްސައިޓްގައި ނުވަތަ ގެޒެޓުގައި އާއްމުކުރުން.

 

19

ވަޒީފާ ހަމަޖެއްސުން

  • އޭޓޫ ޝީޓަށް ހުށައެޅޭ ޝަކުވާ ހުށައެޅުމުގެ މުއްދަތުގައި ހުށައެޅޭ ޝަކުވާތައްބަލާ އެފަރާތްތަކަށް ޖަވާބު ދިނުމަށްފަހު އޭޓޫ ޝީޓުން އެންމެ މަތިން މާރކްސް ލިބުނު ފަރާތަށް އެކަން އަނގައި ލިޔުންތައް ފުރިހަމަކޮށް ވަޒީފާ ހަމަޖެއްސުމަށްޓަކައި ފޮނުވުން.

 

 

 

ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ފާޑުކިޔުން ހުށައެޅުން

  • އޮފީހުން ދޭ ޚިދުމަތަކާ ގުޅޭގޮތުން، ނުވަތަ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނުވަތަ ޚިދުމަތަށް ފާޑުކިޔުމުގެ ގޮތުން ހުށައަޅާ ހުށައެޅުންތަކަށް މަރުޙަބާ ކިޔަމުއެވެ. ހުށައެޅުންތައް ފޮނުވާނީ [email protected] މި އީ-މެއިލްގެ ޒަރީއާއިންނެވެ. ނުވަތަ އޮފީހުގެ އިސްބޭފުޅަކަށް އެޑްރެސްކޮށްފައި ސިޓީއަކުންނެވެ. ހުށައެޅުން ހުށައަޅާ ފަރާތްތަކަށް އެ ހުށަހެޅުން ލިބުނުކަން ލަސްވެގެން ރަސްމީ މަސައްކަތު 5 ދުވަހުގެ ތެރޭގައި ޖަވާބުދޭވެނެއެވެ.
  • މީގެ އިތުރަށް، އޮފިހުގެ އާންމު ނަންބަރު ކަމުގައިވާ 6640177 އަށް ގުޅައިގެންވެސް ހުށަހެޅޭނެއެވެ.
  • މިފަދަ ހުށަހެޅުންތައް ބަލައިގަނެ، ވަގުތުން ރަނގަޅުކުރެވެން ހުރި ކަންކަން ރަނގަޅުކޮށް، ޚިދުމަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެއެވެ.

ގުޅުއްވުމަށް

ފޯން ނަންބަރު: 6640177

އި-މެއިލް: [email protected]

 

  

ހުރާ ސްކޫލް

ކ.ހުރާ

30 ޑިސެންބަރު 2020
ހޯދާ